އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން މިހާތަނަށް އައިއިރު 10 ޝަކުވާއެއް ހުށަހަޅާފައިވާ އިރު، ރަޖިސްޓްރީކޮށްގެން ބަލަމުން އަންނަނީ އަށް މައްސަލައެވެ. ބާކީ އޮތް ދެ މައްސަލައާ މެދުގައި އޭސީސީން އަދި ވަކި ގޮތެއް ނުނިންމައެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި ރިޝްވަތު ހުށަހެޅުމާއި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުން ހިމެނެއެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ކަރަޕްޝަންގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ، އެ މައްސަލައެއް އޭސީސީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން މީގެކުރިން ވަނީ އެދިފައެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ވަރަށް ފޯރިއާ އެކުގައި ކުރިއަށްދާ އިރުގައި މި އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭ ހިމެނެނީ 326 ފިރިހެން ކެންޑިޑޭޓުން 43 އަންހެން ކެންޑިޑޭޓުންނެވެ. މިފަހަރު 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙާލަތު

    އަދި ކިރިޔާދޯ މި އިންތިޚާބެއް މި ރާއްޖޭގަ މި ބާއްވަނީ

    • ޢަޒްރާ

      އމްޑީޕީ ގުންޑާއިންތައް މިގައުމު ސުންނާފަތިކޮށް ކޮރަޕްޝަނާ ފަސާދަ ޢާންމު ކޮށް މަޖިލިސް މެންބަރުން ގަނެހެދި އިރު ކޮބާ

  2. ހިކި ކިރު

    އިނބަމެން ބަލަބަލާ ތިބޭ! އެވެރިން ކަންކޮއް ނިންމާނެ!

  3. އަލޮމް މިއާ

    އޭސީސީން 5 އަހަރުގެ ބޮޑު ޗުއްޓީއަކަށްފަހު މަސައްކަތް ފެށުނީ ހާދަ ބުރަކޮށޭ
    ނޭވާ ނުލެވިފަ ދާހެން ހީވޭ ބައެއްފަހަރު

  4. އަހައްމަދޫ

    މިމީހުން ކަންތައް ބަލައިގެން ކަމެއް ވޭތަ. އަބަދުވެސް ކޮންމެސް ކަމެއް ބަލާ ވާހަކައެއް. އެއްވެސް ފިޔަވަޅެއް އަޅަވާހަކައެއް ނީވޭ.