ރައްޔިތުންނަށް ހެޔޮ އެދިގެން އައި ސަރުކާރަކުން ރައްޔިތުންނާ މެދު ނާއިންސާފުން ކަންތައް ކުރަމުންދާ ކަމަށް ވިދާޅުވެ، މި ވެރިކަން ވައްޓާލައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން ބޭލުމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
އުފަން ރަށް ޅ. ހިންނަވަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ ސަރުކާރު މިވަނީ ހަމަ މަގުން ނައްޓާފައި ކަމަށާއި ދޮގުތައް ހަދައިގެން ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމެއް ނުކުރާ ކަމަށެވެ.
މިގޮތުގައި ކުރިއަށްދާ ނަމަ ކުރިޔަށް އޮތީ ނާމާން ދުވަސްތަކެއް ކަމަށް ވިދާޅުވެ ސޯލިހު ވަނީ ވެރިކަން ވައްޓާލަން ގޮވާލައްވައިފައެވެ.
"މިތަނުގައި ނޫންތޯ އެވާހަކަ ދެއްކީ. ކުންފުނިތަކުގެ ވެރިންނަށް މިއަންގަނީ ތިމަންނަމެންނާ އެކީގައި މަސައްކަތްކުރަން އަންގާށޭ. ނުކޮށްފިއްޔާ އަޅަންޖެހޭ ފިޔަވަޅު އަޅާށޭ. ވަކިކުރާށޭ. ދެން އަނެއްކާ ދިއްދޫގައި ހަމަ އެބޭފުޅުން ކެމްޕެއިންގައި އެ ގޮވާލީ. ކަރަންޓަކީ ދޭންވާނެ އެއްޗެއް. އެއީ އަސާސީ ޚިދުމަތެއް. ތިމަންނަމެންނަށް ވޯޓު ދޭ މީހުންނަށް އެކަންޏޭ ކަރަންޓް ދޭންވާނީ. މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ. އެފަދަ ދުއްތުރާ ކުރާ ކަށް ނުވާނެ. އަޅުގަނޑު ބޭނުމެއް ނޫން މިހެން ބުނާކަށް. އެކަމަކު ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ މިބޭފުޅުން މިކަމުން ދުރުކުރުން. އެހެންނޫންނަމަ އަޅުގަނޑުމެންނަށް އޮތީ ވަރަށް ނާމާން ދުވަސްވަތެއް." ސޯލިހު ވިދާޅުވިއެވެ.
މި ސަރުކާރުން ބޭނުންހާ ގޮތަކަށް މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށާއި އެކަންތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް ސޯލިހް ވިދާޅުވިއެވެ.
"ތިބޭފުޅުންނަށް ޔަގީންކަން މިއަރުވަނީ މަޖިލީހުގެ މެޖޯރިޓީ ނަގަން ބޭނުންވާ އެންމެ މުހިންމު ސަބަބަކީ އެއީ. އެގޮތަށް ބޭނުންހާ ގޮތަކަށް މީހުން ވަޒީފާއިން ވަކިނުކުރެވޭނެކަން ގާނޫނީ ގޮތުން ކަށަވަރުކޮށްފައި ބޭއްވުން. މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު އެންމެ ފުރަތަމަ ކުރާނެ އެއްކަމަކީ އެއީ. ކުންފުނިތަކުގެ މުވައްޒަފުންގެ ވަޒީފާ ގާނޫނީ ގޮތުން ކަށަވަރުކޮށްދިނުން. ބިލެއް މަޖިލީހަށް ހުށަހަޅާ ބޭނުންހާ ގޮތަކަށް މީހުން ވަޒީފާއިން ވަކިނުކުރެވޭނެކަން ގާނޫނުގައި ލިޔެ ތަންފީޒުކުރާނަން." ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ 2019 ވަނަ އަހަރު ބޭއްވުނު މަޖިލިސް އިންތިހާބުގައި އެމަނިކުފާނުގެ ވެރިކަމުގައި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ވަޒީފާގެ ބިރު ދައްކާފައި ނުވާނެ ކަމަށާއި މިހާރު މަންޒަރު ތަފާތު ކަމަށެވެ. އަދި ސަރުކާރުގެ މިސްރާބު ހުރިގޮތް ވިސްނޭތީ އެމަނިކުފާނު ގޭގައި އަރާމުކޮށްލައްވަން ނުހުންނަވައި ރައްޔިތުންގެ ހައްގުގައި އަޑު އުފުލަން ނުކުންނެވީ ކަމަށް ވަނީ ވިދާޅުވެފައެވެ.
"ދަންނަވަންތޯ. އަޅުގަނޑަށް ވެސް ގޭގައި ހަމަޖެހިލައިގެން ހުރެވުނީސް. ވަރަށް ހަމަޖެހިލައިގެން އާއިލާއާއެކީގައި އަރާމުކޮށްލައިގެން ހުރެވުނީސް. އެހެން ނަމަވެސް ރާއްޖޭގައި ވެރިކަން ފަސް އަހަރު ކުރި މީހެއްގެ ހައިސިއްޔަތުން މި ރާއްޖެ މި ދާ މިސްރާބު ކަންތައްތައް ވަމުން މި ދާ ގޮތް އިހުސާސްކުރެވޭތީ މީ ގައި ކަންތައްތަކެއް ކުރަން ޖެހިއްޖެކަން އަޅުގަނޑަށް އިހުސާސް ކުރެވުނު،" ސޯލިހު ވިދާޅުވިއެވެ.
ތި ރީނދޫބައިގަނޑުގެ ޑިމޮކްރެޓިކް އަގުތަކުގެ އެންމެ ރީތި ލަފުޒު ކަލޭމެންގެ ލިޔުންތަކުން ފެންނާނެ: އެއީ 'ވެރިކަން ވައްޓާލުން"
ރީނދޫ ހުންޖެހުނީމަ ހީވަނީ ޑިމޮކްރަސީގެ އަސާސަކީ އެއިރެއްގަ އޮންނަ އެހެން ޕާޓީއެއްގެ ވެރިކަމެއް ވެއްޖިޔާ ޖެހޭނީ ވައްޓާލަން ކަމަށް.
ޑިމޮކްރަސީގަ މަސައްކަތް ކުރަންޖެހެނީ މިހެންބާ؟ ނޫނީ އެފަދަ ލަފްޒާ ވިސްނުން ގެންގުޅޭ ގަމާރު، ތަނެއް ދޮރެއް ނޭނގޭ މީހުންބާ؟
އަދިވެސް ވައްކަން ކުރެވުނުލެއް މަދީތޯ
ޗޯރު ގައުމައް ހެވެއް ތަރައްގީއެއް ދުވަހަކުވެސް ނޭދޭނެ
1988 ނޮވެމުބަރު 3 ގަ ބަފާބެ މިފަހަރު މީނާ ކިހާދެރަކަމެއް
ބަޔަކު މިމީހުންނައް ވުރެން ރަނގަޅައް ވެރިކަން ކޮއްފާނެތީ ބިރުގަންނަނީ. އެމްޑީޕީން ވެރިކަން ކުރިއިރު ރާއްޖެ ދިޔައީ ދަށައް އާމު ދިރި އުޅުމުގެ
މަޖިލީސް ރައްޔިތުން ނުދޭނެހެން ހީވީ މުއިޒުއައް އޮތަް ތާއީދު ފެނީފަ
މިކަލޭގެޔާ ހަދާގެން މިހާރު ކުރިމަތިލާފަ ތިބި އެންމެންގެ އަގުވެއްޓި ޕާޓީ އުވެނީ.. ލީޑަރސިޕު ފެއިލުވީމަ ވާނީ އެހެން ދެން ކުރިއަރާނީ ޑިމެކުރެޓުން
ތަރައްގީ އަށް ހުރަސް އަޅާ ގައުމު ބަނގުުރޫޓު ކޮއްލަން ތިޔާ އެމުޑީޕީ ހޮވަންވީ
މީނަ ޖަލަށް ދާނެހެން ވަރަށްހީވޭ!
މީނަ ހައްޔަރުކުރަންޖެހޭ!! މީނާގެ ވެރިކަމުގައި ކޮށްފައިވާ ގާނޫނާ ޚިލާފް ކަންކަން ބެލުމަށް!!
ސޭހު ދަރިފުޅު މަގުމައްޗައް އެއްލާލުމައް ފަހު ސޭހު ދަމާ ކޫތާފަ ދަރިފުޅު ކުރިމަތީ ހައްޔަރުކުރީ މީނަގެ އަމުރައް ކައިރި ގައުމެއް ރުއްސަން އެދަރިފުޅައްަ އަދިވެސް ހުްނނަނީ ނަފުސާނީ އަސަރުކޮއްފަ
މީނާ ޖަލައްލާންޖެހޭ ކުރީގެ ރައީސްކަން ކޮއްފަހުރިމީހަކު 5 އަހަރު ވަންދެން ޖަލުގަ ބާއްވައިގެން އަނިޔާކުރީ ސުލޯލިހު
ސޯލިހް ޖެހޭނީ މިފަހަރު ކުޑަކަކޫ މައްޗަށް ތިރިވާން. ވެރިކަން ވައްޓާލަނ ނުތެޅޭތި. އަހަރުމެން ލޭ އޮހޮރުވައިގެން މި ވެރިކަން ދިފާއު ކުރާނަން.
ނޮވެންބަރު 3ގަ އޭނަގެ ބަފާބެ ތަމަޅަ ޓައިގަރުން ގެނައިގޮތަށް، މިފަހަރު މޯދީގެ ހިންދުވްތާ ޓެރަރިސްޓުން ގެންނަންތޯއްޗެއް އެއުޅެނީ. އިބޫގެ ޖަރީމާތަކަށް ހައްގު އަދަބު ދޭން ގޮވާލަން!
އިބުރާހީމް ދައުލަތުގެ މާލިއްޔަތު ލޫޓުވާފައި ހުރިލެއް ބޮޑުކަމުން ނިދި ނައަންނަނީތޯ !
މިކަލޭގެ ވަގުތުން ހައްޔަރުކުރަންޖެހޭ. މުޅި ޤައުމުވަނީ ދަރާވިއްކާފަ. ބަައިތުލް މާލް އައުވާނުންނަށް ބަހާފަ.
އިބްރާހީމް އާއި އެމްޑީޕީ މަޖިލިސް މެމްބަރުން ދައުލަތުގެ މާލިއްޔަތު ލޫޓުވާފައިވަނީ ހީވެސް ނުކުރާވަރަށް ބޮޑުކޮށް އެހެންވީމާ ނުނިދިގެން އުޅޭނީ!
ބަލަ ގައުމުގެ ހަޒާނާހުސްކޮއް ގައުމުކުޑަފައިސާކޮޅަކައްބޭރުގެ ގައުމަކައް ވިއްކާލާއާއިލާގެ ރޭޕްކޭސްތަކާ އަލަންގިރި މައްސަލަޔާ އަންހެނުންތަކަކައް ޖިންސީއަނިޔާއަދިގައުމުކޮވެޑުއިރު ވެންޓިލޭޓަރުގެހިޔާނާތާ އިރުކޮބައިތިޔަރައީސްސޯލިހު؟މިކަހަލަ ނުބައިއެތައްކަމެއްކޮއްހެދިއިރުއަދިނުވިތާކައްހުލުމާލެއިން ތޭރަސަތޭކަބިން ނުހައްގުން ކާރިމީހުނައްދީފައިއަދިވެސް ބާރުލާފައި ރައީސް މުއިއްޒުވެރިކަން ވައްޓަންގޮވާއިރު މިރައީސް ސޯލިހުގެމައްސަލަބެލެންޖެހޭ އެގޮތައްޕޯޑިއަމުތަކުގާވާހަކަދެއްކިގެންނުވާނެ ގައުމައްގައްދާރުވެފައިވާމީހެއް ޕޮލިހުން މިނިވަންމުއައްސިސާގެމީހުން ނިދީތަ؟؟ބަލަމިރައީސް ސޯލިހުއިންސާފުގެކުރިމައްޗައްގެނައުމަންގޮވާ އިންސާފާކޮބައިތޯ ވެރިކަންކުރިއިރުކޮއްފައިވާކަންކަންބެލެންވާނެ ނިކަމެތިމީހާޖަލައްއިންސާފުތަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ހާދަ ލަދު ޙަޔާތްކުޑައޭ
ދިވެހި ކަނޑު ވިއްކާލި ޗޯރޭ
ޤައުމުގެ މިނިވަން ކަމާ ދޭތެރޭ ނުވިސްނާ އިންޑިޔާއަށް މޮޅުކޮށްދިން ވެރިކަމެއްކުރީ. ޤައުމު އޮތީ ދަރުވާލައިފައި. ލަދު ކުޑަކަން މިފެންނަނީ. އާ މިކަލޭގެ ދޭ އެއްޗެއް ވިއްޔަ ވެރިކަންމީ. ރައްޔިތުން ނޫނެކޭ ބުނެފަ ބާލާފައި ތިހިރީ. ހަޖަމުނުވެގެން އަދިވެސް. ޔާﷲ ދިވެހި ޤައުމަށް އައްދާރު ޚިޔާނާތްތެރިންގެ ކިބައިން މިޤައުމު ސަލާމަތް ކުރައްވާދޭންދޭވެ. އާމީން
މިނުފޮރޮއްޕާންގެ އާއިލާވެސް ވައްޓާލަން ވީ މީދެން ތަންކޮޅެއްބޮޑުވަރު، މިކަލޭގެ އެންނޫނޭ މިވެރިކަން ގެންނަން ވޯޓު ދިނީ. ތަކުރާރުކޮށް ބުނަން ހަނުހުރުންކަލެއަށް ރަނގަޅީ
ބަލަ އިބޫ.. ތިބޭފުޅާ ބުނާ ބަހެއް ޤަބޫލުކުރާ މީހަކު އަމިއްލަ އުފަންރަށަކުވެސް ނެތޭ. 25 އަހަރު މަޖިލީހުގައި ހަމައެކަނި މުސާރަނަގައިގެން، ރައީސްކަމުގައި 5 އަހަރު ހަމައެހެން އުޅެފައި ވެރިކަމުގެ ވައްޓަފާޅިއެއްވެސް ތިމާގެ ކިބައިން ނުފެނި ފޭލްވި މީހަކު ދެން ކޮން ކޮހެއް ގޮވާކަށް. ނޫން... ގޮވޭނީ ހަމަކޮސްތާދޯ.. އެހެން އުޅެން ހަދައިގެން ބައިކޮޅަށް ތި ގޯލްޖެހެނީވެސް. މިހާރުގެ ރައީސަކީ ކޮން ބޭފުޅެއްކަން އެނގިވަޑައިގަންނަވާތޯ؟ ނޭނގެންޏާ ބުނަން. އެއީ ޑރ މުޢިއްޒު. ޑރ މުޢިއްޒު. ނަމުގެ ކުރިއަށް އޮތް ބަޔަށްވެސް ބަލާލާ.. ވިސްނިއްޖެތޯ؟ ބޮޑުރިޔާ ކައިރިން ނޫނީ ޕްރިޕެޢިޑް ކާޕެޓް ކައިރިން އަހާލާ..
މި ފެންވަރުގެ ވާހަކަ ދައްކާ މީހުންގެ މީހުން މަޖިލީހަށް ހޮވީމަ ދެންވާނެގޮތް ރައްޔިތުން ވިސްނަވާ. ސަރުކާރަށް ޖެއްސުންކޮށް ހާޖާނު ހެދުން ނޫން ކަމެއް މި މީހުން ނުކުރާނެ. ރައްޔިތުންނޭ ވިސްނާ، ސަރުކާރާ ދެކޮޅު ކެނޑިޑޭޓުންނަށް ވޯޓު ނުދީ، ސަރުކާރަށް އެއްބާރުލުން ދީ.
ފައްކާ ވަގެއް ލޮލް
ހާދަވަރެކޭ މީނަމިހިރީ ވެރިކަމާހެދި. ލަދެއްވެސް ގަންނަ އިންސާނެއްނޫން މީނަމީ. ކޮވިޑޭ ކިޔައިގެން އަދިވެސް އެ ހިފާއްޓަނީ. އޭގަވެސް ގޭކުދިންލައްވާ ޕާޓީކުދިންލައްވާ ވައްކަން ކުރުވާފަ މި ކިޔަނީ މެނޭޖްކުރީއޭ. ފަހުންވެސް ވައްކަން އިންޑިއާ ޕަޓާނީންނާ ގުޅިގެން ކުރީ
ބުހުތާނު ކަލޭގެ އަރާ އެހެން މީހުން ދޮގު ހަދަނީއޭ ކިޔާ ގޮވަންފެށީމަ ހިނި އަންނަނީ. އަނގަ ނުގަޅާ މައިތިރިވެގެންހުރޭ ވަގު ޗޯރޭ. މި ވެރިކަން ދަމަހައްޓަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން. ރީނދޫ ބައިގަނޑަށް ސަލާމް
މިކަލޭގެ އަރާތަނަކުން ފަހަންވީ ދެން ބޮޑު މުސީބާތަކަށް ޗޯރު އިބްރޭއާއި ހެދީ ވެއްޖެ ހައަގައިން ވާހަކަ ދައްކާ ދެއްކޭ ވާހަކައެއް އެގޭ ވާއެއްނުވާއެއް ނޭގޭ މިފަދަ ގަމާރުންނަށް ވެރިކަން ދިނީމާ ވާ ގޮތް މިއޮތީ މިކަލޭގެ ވެސް ދެން ބުނަމުން ދާނެ ތިމަންނަގެ ފަސްއަހަރޭ ކިޔައިގެން އެކަމު މީނައަކަށް ނޭގޭ ތިމަންނަ ވެރިކަމުގައި ތިމަންނައަކީ ޕަޕެޓެއްކަމެއް ދަށުގައި ތިބި މީހުން ލޫޓްވަމުން ދިޔައިރުވެސް އިމްރާނު ގޮވައިގެން އުޅުނީ ސްލެފީ ނަގަމުންކަން ހެޔޮނުވާނެ ރައްޔިތުން މިމޮޔަކަލޭގެ ދައްކާ ވާހަކަ އަޑުނާހާ އެވަގުތު ބާރަށް ޤުރުއާން ޖަހަންވީ
ކިނބޫ ވެރިކަމުގަ ކިތައްމީހުން ފެލިވަރު ވަޒީފާއިން ވަކިކުރީ، ދޮގު ހަދަން މީނަ ހާދަ މޮޅޭ�
ނުކިޔަވާ ސަންގޯރަކުވެސް ރައްޖޭގައި ވެރިކަންކޮށްފިއެވެ. ލަދެއްވެސް ނުގަންނަ މީހެއް!
ރައްޔިތުން ހަދާނެއް ނުނެތޭ ސޯލިހުގެ ވެރިކަން ދިޔަގޮތް މުޅިގައުމު ހަލާކުކޮށްލާ މިގައުމު ބޭރުބަޔެއްގެ އަތްދަށުވެ ނިމެން ކާރިވެފައި ވަނިކޮށް الله ހެޔޮރަހުމަތް ފުޅުން މުއީޒް އަށްވެރިކަން ލިބި މިގައުމު ހަމަމަގަށް އަޅުއްވަމުން އެގެންދަވަނީ ވީމާ އަޅުގަޑުމެން ހުރިހާރައްޔިތުން ވެސް ވިސްނަންވީ މިގައުމުގެ ސަލާމަތާއި ކުރިއެރުން ހޯދައި ދިނުމަށްޓަކައި އެމްޑީޕީ އަށް މެޖޯރިޓީ ނުލިބޭގޮތް ހެދުމަށް އެމްޑީޕީއަކީ މިގައުމުގެ ހަލާކު!
ޗޯރެއް ވަގެއ! ސަންގޯރެއް!
ރައީސްކަން ކުރައްވާފައިވާ ފޭފުޅަކު ރާއްޖޭގެ ވެރިކަން ވައްޓާލަން ގޮވާލުމަކީ ވަރަށް ޚުދުމުހްތާރު ކަމެކެވެ ރަނގަޅު
ގޮތަކީ ސަރުކާރަށް އެއްބާރުލުން ދީގެން ކުރިއަށް ވަޑައި
ގަތުމެވެ ސަރުކާރާތޮޅެ ބަޣާވާތްކޮށް ވެރިކަން ވައްޓާލުމަކީ
ރައްޔިތުންނަށް ދެވޭ ވަރަށްބޮޑު އަނިޔާއެކެވެ ގައުމަށް ޣައްދާރު ވުމެވެ.
އިބޫ ކަލޭ ކުފޫ ހަމަވޭތަ ވެރިކަމައް...؟؟؟
ކޮބާހޭ ކަޅު ދަބަހުގަ ގެންދިޔަ 35 މިލިއަން. !!
ޢެކަން ފަޅާއަރާފާނެތީ ނޫންތޯ އަދީބުގެ ޝަރީޢަތް ސިއްރުކޮށް ވެރިކަން ނިމެން ދެދުވަހަށްވީމަ އަދީބަށް މާފު ދިނީ.
ނުވާނެ ތިކަމެއް ސްލޯބެ ގަނޑާ ތީ ރައްޔިތުންނަށް އޮޅުވާލީ މޭސްތިރިޔާ ކޮވިޑުން ވައްކަން ވެންޓިލޭޓަރުން ވައްކަން ރޭޕް
ކޭސް ތަކުން ވައްކަން އެތްކެއް ދަރަނި ތީ ހާހަކުން އެއްފަހަރު އޮޅުމަކުން އާދެވުނު ފުރަތަމަ ސްލޯމޯ ރައީސް
ކަލޭތީ ބުރާންޗެއްތަ ހަމަ ކަލޭ ފަޅޮލޭ ގޮވާލާއިރަށް ވެރިކަން ވަށްޓާލަން.. ވެރިކަން މީ ކުޅޭކުޅިވަރެއްނޫން ތިކަހަލަމީހުން ނާހެދި މިގައުމު ހަލާކުމިވަނީ
ވޯޓުން ރައްޔިތުން ހޮވާފަ އޮތް ސަރުކާރެއް ރައްޔިތުންގެ ފައިސާއިން އިނާޔަތް ދޭ ކުރީގެ ރައީސަކު މިފަދަ ތާކުންތާކު ނުޖެހޭ ވާހަކަދައްކައި ފިތުނައާއި ހަމަނުޖެހުނަށް މަގުފަހިވާ ވާހަކަ ދައްކަންޏާ އިނާޔަތް ކަނޑާ މީނާ ހައްޔަރުކޮށް އިބޫ ސަރުކާރުގައި ހިންގާފަހުރި ބިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލަތައް އަވަސްކޮށް މީނަ ޖަލަށްލާން އެބަޖެހޭ!
ރ ސޯލިހް ސަރުކާދެކޮޅަށް ތިޔަ ކުރައްވާ ތުހްމަތް ތަކަކީ އޮއްޓަރެއް ހުރިއެއްޗެއްނޫނެވެ ވަޒީފާއިން މީހުން ވަކިކުރާ ވާހަކަ ތަކުރާރުކޮށް ވިދާޅުވާއިރު އެމީހުންނަކީ ކޮބައިކަން ވެސް އެގެން އެބަޖެހެއެވެ ތިޔަވިދާޅުވާ މީހުންނަކީ މަނިކުފާނު ވެރިކަމުގެ ފަހުވަގުތު ރިޔާސީ އިންތިޚާބާ ދިމާކޮށް ވޯޓްގެ ބޭނުމުގެ ކުންފުނިތަކަށް ވެއްދި މީހުންކަމަށް
ވާނަމަ އެއީކީ ވަޒީފާއަށް ބިރުދެއްކުމެއްނޫނެވެ އެއަށްވުރެ
ބޮޑަށް މޑޕ ސަރުކާރުން ހިންގާފައިވާ ޖަރީމާއެކެވެ.
އިބްރާހީމް މުޙައްމަދު ސާލިޙަށް
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
މަނިކުފާނު ލަދު ޙަޔާތް އަރުއްވައިގެންފައިވާތީ ހިތާމަކުރަމެވެ. މިވެރިކަމުގައިވެސް ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުއްޓެވެ. އެކަމަކު މަނިފާނުގެ ވެރިކަމަށްވުރެ މިވެރިކަން އެތައް ހާސްބައި ރަނގަޅެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
މޑޕ ގެ އަސްލުސިފަ މިފެއްނަނީ ކިޔަމުން އައީމެޖޯރިޓީދޭށޭ ސަރުކާރު ޖަވާބުދަރީ ކުރުވާނަމޭ ރައްޔިތުން ބޭނުންވާކަންކަން ކުރުވަދޭނަމޭ، މެޖޯރިޓީ ހޯދަންއުޅުނީ ވެރިކަންވައްޓާލަން އެނޫންކަމަކުނޫން ވީގޮތަކީ މެޖޯރިޓީ ނުލިބޭނެކަން ޔަގީންވެއްޖެ ދެންއެވީ ވެރިކަން ވައްޓާލަން ބަލަތީ ރައްޔިތުންގެ ތާއީދުއޮތް މީހެއްނޫނޭ ވެރިކަމައް ޢާދެވުނުގޮތް ހަނދާންއެބަހުރިތަ؟ ފަސްއަހަރު ވެރިކަންކުރިގޮތް ކަމުނުދިޔާއިމަ ތިހިރީފެއިލްވެފަ އައްނި އައްދޯކާދީފަވެސް ވެރިކަން ރަނގަޅައް ކުރިނަމަތިހިން ނުވިސް ވީޚިޔާނާތައް ޖަވާބުދާރީވާން ތައްޔާރުވޭ ގޮވާލާނެ ވ އަވަހައް
ޤައުމު ނިކަމެެތި ހާލަތަށް ވައްޓާލީތީ މިކަލޭގެ ހިފާ ހައްޔަރުކޮށް ޖަލަށްލާން ރައީސް މުޢިއްޒަށް ދަންނަވަން!
ބަލަ ސޯލިހޫ. ވެރިކަމައިގެން ދަހިވެތިވިޔަސް ތީ ބޮޑުވަރު. ފަސްއަހަރުގެ ޓާރމް އެއްގައި އަދި މިއުޅެނީ ހަމަސްދުވަސް ނުވެ. ދެން ކިހިނެއް ތިބުނާ ކަންތައް ކުރާނީ. އެބަޖެހޭދޯ އެންމެ ކުޑަމިނުން އައްނި ބެއަށް ނޫނީ ވަޙީދު ބެއަށް ދިންވަރުގެމުށްދަތެއްވެސް ބަލާލަން ކިހިނެއްތޯވަނީ. ފުރަތަމަ ޝުކުރުކޮށްބަލަ އިންޑިއާގެ ކިބައިން މިގައުމު ސަލާމަތްވި ކަމަށްޓަކާ.
ވަގުތުން ވަގުތައް ހައޔަރުކުރުމައް ގޮވާލަން . ކޮންމެކޮންމެ އެއްޗެއް ނުގޮވޭނެ . ޓެރެރިޒަމްގެ ދައުވާއުފުލާ . ހިއްތިރިވެގެން ނުވާނެ . މިކަހަލަ ނުބައިނުލަފާ މީހުން ގެ ކިބައިން މިގައުމު ސަލާމާޠް ކުރައްވާންދޭވެ. އާމީން .
ސޯލިހުގެ ސަރުކާރުން އެތަކެއް ބިލިއަންޑޮލަރު ބަހާލީ ބަދަލުގެ ގޮތުގަ. މިކަންކަމަކީ ދައްލަތަށް ހަރާންކޯރުވުން. ތިޔަ ސަރުކާރުން ހުޅުމާލެ އަދި ގުޅިފަޅު، ގިރާވަރު ފަޅުން 9 ބިލިއަން ޑޮލަރުގެ ގޯތި ހިލޭ ބަހާލީ 2 ވަނަ ދައުރު ބޭނުންވެގެން. މިޔަށް ކިޔާނީ ރިސްވަތުދިނުން. ކޮބާތޯ އިންސާފަކީ؟؟ އަތޮޅުތެރޭގެ ރައްޔިތުން މާލޭގަ އުޅެ މުސްކުޅިވީމަވެސް 25 އަހަރު 35 އަހަރު ނުވަ 45 އަހަރު މާލޭގަ ކުލިދައްކައިގެން މިއުޅެނީ! އައްޑޫއިން ތުރާކުނަށް އެތުރިފަވާ ހުރިހާ ރަށެއްގެ ދިވެހި ރައްޔިތުން މިއުޅެނީ ބިކަހާލުގަ. މާލޭގެ ރައްޔިތުންގެ ތެރެއިން އިންކަމް ޓެކްސްދައްކާ އާއިލާތަކަށް ބިން ހިލޭ ދިނުމަކީ ގައުމަށް ހިޔާނާތްތެރިވުން. ސަބަބަކީ މާލޭގެ ބިމުން ގެދޮރުއަޅައިގެން 10 ނުވަތަ 12 ފްލޯރ އަށް ބިލްޑިންގެ ހެދީމަ އެބަޔަކަށް ބިމަށް ފައިސާދެއްކޭނެ. މިކަހަލަ ވައްކަމާ ހިޔާނަތަކީ ސޯލިހު ސަރުކާރުން ހިންގި ބޮޑެތި ޖަރީމާ. އަދި ދިވެހި ރައްޔިތުންނަށް އޮޅުވާލާ މުޅި ގައުމުވަނީ 120 ބިލިއަން ޑޮލަރަށް ދަރުވާލާފަ. މިހުރިހާ ކަމެއް ކުރީ ސޯލިހަށް މަޖިލީުގެ ސުޕަމެޖޯރިޓީ ދީފަވަނިކޮށް. އަދިވެސް މަޖިލީހޭ ކިޔައިގެން އަނގަހުޅުވަނީ ލަދު ހަޔާތުގެ ކަންފުޅެއްވެސް މަނިކުފާނުގެ ނެތީމަކަން ދިވެހިން މިއަދު ގަބޫލުކުރާނެ.
މީ ހަޤީޤަތް. އޭނަ ޖެހޭ ޓްރީޒަން ތްރައި ކުރެވެން. ދިވެހި މެޖޯރިޓީ މީހުންގެ ޙައްޤު މާލެ މީހުންޢި ގާތް މީހުންނަށް އެއްވެސް ހައްޤުވެރިކަމެއް ނެތި ބަހާ އެތައް ބަޔެއް ހަލާލް ހައްޤުން އުނިކުރުން. ޢެއީ ޤާނޫނަށާއި ހުވަޔަށްވެސް ޣައްދާރުވުން
ވެރިކަމުގަތިބެ ސުޕަރ މެޖޯޜިޓީ އޮވެ، ރައްޔިތުންނައް ޖެއްސީ ކޮންފަދަ ބަލާމުސީބާތެއްތޯ، މިކަން އެންމެ ރަނގަޅައް އެނގޭނީ ހިންނަވަރު، ނައިފަރު ޕޕމ ކުދިންނައް. ކޮއްކޯފުޅާ، ޅިޔަންފުޅު، އަދި ދައްތާފުޅު ޖެއްސިހާ ވައްތަރާ ކުރިނޮހޮރޮއްޕާން ކުރިމަތިލި މީހުން އަދި ދުނިޔޭގަ އެބަތިބި. ތިމާމެން ކަންކުރި އަނިޔާވެރުކަން އެހެންމީހުންވެސް ކުރާނެކަމައް ބަޔަކައްވިސްނައިދޭން އުޅުނަސް ތިކަމެއް ނުހިނގާނެ. އޯގާތެރި ސަރުކާރެއް މިއަދު އޮތްކަން %90 ރައްޔިތުން ގަބޫލުކުރެ. އެކަންދަނީ ފެންނަމުން
ރައްޔިތުންނޭވެ! ވަޒީފާ ތަކުގައި ތިބި ދިވެހި ދަރިން ޕޕމ އަދި ޕނސ އަށް މަޖުލިހުގެ މެޖޯރިޓީ ލިބުނަސް ނުލިބުނަސް ވަޒީފާ ތަކުން ކަނޑާ ވަކި ކުރާނެ ކަމަށް މި ރަށުތެރޭ ރައްޔިތުން ދައްކާ ވާހަކަ އަޑު އެހީމު! މިހާރު އެވެރިންނަށް ވަޒީފާ ދެނީ މަޖުލިހުގެ ގޮނޑިތައް ކާމިޔާބު ކުރުމަށްޓަކައި. ނިމުމާއިއެކު ވަޒީފާތަކުން މީހުންތައް ވަކި ކުރާނެކަން 100 ޕަރސެންޓް ޔަޤީނޯ! އަދުރޭ އަށް ވެސް މަޤާމާއި ދޭތެރޭ ގެރެންޓީ ނެތީމަޔޯ އެ ސޮރުވެސް މަޖުލިހަށް ކުރިމަތިލީ !
ސޯލިހަކީ ކޮންކަހަލަ ބޮޑު ޚައިނެއްކަން ފަސް އަހަރުން ސާބިތުވެއްޖެ
ނުކިޔަވާ ޖާހިލަކަށް އަންނި ވެރިކަން ހޯދައިދިނީމާވެސް ވެރިކަން ކުރަން ނޭނގި ފޭލްވި މީހަކު އަރައިގެން ފޮނި ކަނޑާނެކަމެއްނެތް. ވީމޮޅައިގެ ކުރީގެ ރައީސަށް ދޭ އެލަވަންސް ކާލައިގެން ގޭގެ އިނދެބަލަ. ޑރ މުޢިއްޒާ ކަލޯ އަޅާ ކިއިގެންވެސްނުވޭ. ހަމަޔަށް އިނގިރޭސި ބަހުން އެއްޗެއް ބުނަން ނޭނގޭތާ ދިވެހިވެސް ނޭނގޭތީ މައިތުރުވާންވީ. މުޅި ޤައުމު އެތައް ބިލިޔަނަކުން ދަރުވާލާ ގާތް މީހުންނަށް ފައިސާތައް ބަހާ ހަދާފަ ބުރިޖު އަޅަން އުޅެގެން ފޭލްވެފަ ހުރި މީހަކު ފޮނި ނުކަނޑާ. ކަލޯ ކަހަލަ މީހަކު މިރާއްޖޭގެ ވެރިކަން ކުރި މީހުންގެ ލިސްޓުގަ އިންނާތީވެސް އަހަރެމެން ދަރަވޭ. މީގެ ކުރިން ވެރިކަން ކުރީ ވަރަށް ކޮލިޓީ މޮޅުމީހުން.
ފްރުޓްސް ކަހަލަ މޭވާ އާއި ވެޖިޓަބަލް ކަހަލަ ތަރުކާރީ ކާގެން
މާތިރިވާންވީއެންނު .
ގާނޫނީ ހަމަތަކުގެ މަތިން މިހާރުން މިހާރަށް މުއިއްޒު އަޒުލު ކުރަންވީއެވެ. ރަށްރަށާ އަރާ ހުސްދޮގު ހަދަނީއެވެ. ކޮންމެ ރަށަކަށް ޓާޝަރީ ހޮސްޕިޓަލެއް ވެލާނާ އެއަރޕޯޓަށްވުރެ ބޮޑު އެއަރޕޯޓެއް އާރުޓީއެލުން 15 މިނިޓުން ދެވޭތަނަކަށް 2 ގަޑިއިރުން ދެވޭގޮތަށް އަޅަންބުނާ ބުރިޖް އަންޑަވޯޓަރ ކެނަލްތަކާއި އޭގެން ދަތުރުކުރަން އޮޕިޓިކަލް ބިއްލޫރިން ހަދާފައިވާ ރޭލު މިހެންގޮސް ޓޮންއެންޑްޖެރީގައި ކަންކުރާގޮތަށް ރާއްޖޭގައި ކަންކުރާނަމޭ ކިޔަމުން ދޮގުހަދަމުންދާތީ އެކަން ހުއްޓުވުމަކީ ގައުމީ ވާޖިބެކެވެ.
އަދި 3 މަސް ވީ ސުޕަމެޖޯރިޓީގަ 5 އަހަރު ކީއަްވެތަތިކަން ނުވީދެން
ބޭރުގެ ސިފައިން ނެތޭ ކިޔާ ދޮގުހެދީ ކާކތަ؟
ނުކިޔަވާ ޗޯރު ސަންގޯރެއް ދައްކާ ވާހަކަ ކަލޭވެސް ތިޔަ ގަބޫލުކުރަނީ
ރައީސު ނަޝީދު ބުނީ އިބުރަޙީމް އަކީ ޗޯރެކޭ ޗޯރް އިބްރާހީމް ކިޔާށޯ !
ސިއްރުން ކުރަން އުޅޭކަންތައް ތިހާ އަވަހަށް ފަޅާއަރުވާލީމަ ދެން ނުވިނުން ކަމެއް! ކަލޭމެން ތިަކަން ކުރަން ވަރަށް ބޭނުން އަދި ދަނީ ސައްލާކުރަމުން ކަންވެސް އެއްމެނައް އެގޭ ! މަޖިލީސް އިންތިހާބައްފަހުން ދާނެ ތިހުރިހާކަމެއް ފަޅާއަރަމުން!
ދިވެހި ގައުމު ބނގަރޫޓު ކޮއްލި ޗޯރު ގަމާރޭ ކަލޭގެ ނުފޮރޮއްޕާނުން ދިވެހިން ސަލާމަތް ވޭތޯ ދުއާކުރަން
ޑޮކްޓަރ މުޢިއްޒު އަރިހުގައި ވަރަށް އާދޭހާއިއެކު ދަންނަވަމެވެ. މަނިކުފާނު މިރާއްޖޭގެ ވެރިކަމަށް ހޮވާފައިތިޔަހުރީ ޤާނޫނީ ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ އުއްމީދުގައެވެ. ރާއްޖޭގެ މާލިއްޔަތު ހިތުހުރިގޮތަށް ލޫޓުވާލައި އަޢުވާނުންނަށް ބައިއަަޅައިގެން ކައި ހުސްކޮށް، ޤަވްމު ސަލާމަތްނުވާވަރަށް ދަރުވާލައި، ޤަވްމުގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލި، ޤަވްމު އަޅުވެތިވާހިސާބަށް ބޮޑު އަނދަވަޅަކަށް ވައްޓާލައިފައި ތިބި ބަޔަކު، ސިޔާސީ މުކައްބަ ޖަހައިގެން ހިމާޔަތްކޮށްދިނުމުގެ މަޤްޞަދެއްގައެއްނޫނެވެ. މިބާވަތުގެ ޖަރީމާތައް ހިންގާފައިތިބި މީހުން، ލަދެއް ޙަޔާތެއްނެތި ޕޯޑިއަމްތަކަށް އަރައި، "ރޯބުހުތާން ދޮގު" ދޮގުހަދައި ޤަވްމު ފަސާދަކުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ. މިހާރުން މިހާރަށް މިފަދަ މީސްމީހުންނާއިމެދު ޢަދުލުވެރި ޝަރީޢަތެއް ހިންގައި ޢަދުލުއިންސާފު ޤާއިމްކޮށް، ރައްޔިތުންގެ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދެއްވުމަށް ގޮވާލަމެވެ.
ކަލޭގެ ވެރިކަމުގަ ހުސް މަކަރާއި ހީލަތް ހެދީ. ލަދެއް ނުގަނޭތަ އަނގަ ތަޅާކަށް؟
1988 ނޮވެމުބަރ 3 ގަ ވެސް ހަމަ އެއްބައެއ
ޚަލޭ ނައިފަރަށް އަރާބަލަ
5 އަހރު ސުޕަމެޖޯރިޓީގަ ވަޒީފާޔާ ބެހޭ ބިލެއް ފާސްނުކުރީ ކީއްވެތަދެން
ސުލޯބެ ދައްކާވާހަކަ މީހަކު އަޑެއަްނާހާނެ
120 ބިލިޔަނުން ގައުމު ދަރުވާލި އިރު ގައުމައް ކޮއްދިން ކަމެއްނެއް
ގާނޫނީ ގޮތުންއުފެދިފައިވާ ސަރުކާރު ވައްޓާލަން ބަގާވާތް ކުރަން ގޮވާލުމަކީ ކުށްވެރި އަމަލެއް.މިހާރުން މިހާރަށް ބަގާވާތް ކުރަންގޮވި މައްސަލަ ތަހުގީގު ކުރަންގޮވާލަން.
ކުރީގެރައީސް އިބުރާހިމްމުހައްމަދު ސޯލިހު ވާހަކައެށް ދަންނަވަންތޯ އަޅުގަޑަކީ މައުމޫނު ވެރިކަމާ ނަސީދުވެރިކަމާ ވަހީދު ވެރިކަކަމާ އަޅުގަނޑުމެންގެ ތަރައްގީގެބާނީ ހިއްތަކުގެރައީސް ޔާމީނުގެ ވެރިކަން ފެނިފަހުރިމީހެއް އެކަމަކު އިބުރާހިމް ހައިހަޔާތްކުޑަކޮށް ވެރިކަންކުރެއްވިބޭފުޅަކުނުދެކެންއަޅުގަނޑަކީ 34އަހަރު ގައުމައްޙިދުމަތްކޮއްފަހުރިމީހެއް
ސަރުކާރާ ސަރުކާރު ހުރިހާ ކުންފުނިތަކެއްގަ މެދުފަންތީގަ މިހާރުވެސް ތިބީ މަގާމުތަކަށް ކުފޫހަމަނުވާ އޑޕ ހާޑުކޯ އެކްޓިވިސްޓުން.
ސަރުކާރާ ސަރުކާރު ހުރިހާ ކުންފުނިތަކެއްގަ މެދުފަންތީގަ މިހާރުވެސް ތިބީ މަގާމުތަކަށް ކުފޫހަމަނުވާ އޑޕ ހާޑުކޯ އެކްޓިވިސްޓުން.......
މަޖްލީސް ނުލިބޭނެހެން ހީވާތި ތިއުޅެނީ ވެރިކަން ވައްޓާލަންތަ! ދޮގު ހަދާ މީހުންނާއި ތެދުހަދާމީހުން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭ!!!
ޖަލުގޮޅި ތައްޔާރު މާލަސްވެޖެ
އިންޑިޔާމީހުންގެ އަޅުވެތިކަމުގެ ދަށަށްރާއްޖެ ފޮނުވާލަންވެގެން ރީދޫމީހުން އުޅޭވަރުން އިބުރާހީމަށް ކެތްނުވެގެން އެއުޅެނީ މަޖުލީހުގެ އެއްމެ ގޮޑިއެއްވެސް ރީދޫ އެމްޑީފީހުންނަށް ވޯޓްނުދޭންވީ
ރާއްޖޭގެ ހަލާކަށް ވެރިކަންކުރި ބޭފުޅެއް . އަންނިވެސް ހަމަ ސޭމް.
މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީގެން ގައުމު އަދަވަޅަކަށް ވައްޓާލި ޕާޓީއަށް ނޯވޯޓް.
ޤާނޫނީ އިމުގެ ތެރެއިން ވީހާ އަވަހަށް މިވެރިކަން ނިންމަން އެބަޖެހޭ!
ތިޔަހެން ގާނޫނުގެ ތެރެއިން ވެރިކަން ވައްޓާލާން 1988 ނޮވެމުބަރުގަ އައީ އެކަމެކު ދިޔައީ 19 ދިވެހިން ސަހީދުކޮއްލަާފަ ބަފާބެ
ދެން ކުރިޔައް އޮޔްތާނގާ އެއާކްރާފްޓް ކެރިއާ އެއް އިންނަމާދޫ މީހުންލައްވާ ބަންނަންވީ .
މިގައުމު މިހާރުމިދާ މިސްރާބުން ކަނޑުގެ އެއްމެ ވަރުގަދަ ފްލީޓް އޮޔްގައުމައް ރާއްޖެހަދަނވީ . ރާއްޖެކަރިރިގައިވާ މިނިކޯ އާއި ދިއޭގޯ ހޯދަންވީ . މިހެން ތިބެގެނވާކައްނެއް .
މީނާ ވަގުތުން ހައްޔަރުކުރަން ރައީސް މުއިއްޒުއަށް ގޮވާލަން. ކިޔޭ ނުކިޔޭ ނޭންގެ ބުރާންތި
ތިހާ ފޫހި ގޮތަކަށް އެއްވެސް ކަމެއް ހާސިލްނުވެ 5 އަހަރު އިސްރާފު ކޮއްލި *****އެއް އަހަރެމެ ނުދެކެން..
ހެޔޮ ނުވާނެ އިބްރާހިމާ ކަލޭ ތީ ނުކިޔަވާ ހުރި މީހެއް . މުއިއްޒު އަކީ ކިޔަވާގެން ހުރިމީހެއް.
މިދިޔަ 5 އަހަރު ކީއްކޮށްފައި ތިޔަ ދިޔައީ. ވަރައް ސަލާމް
ސޯލިހުގެ ލެގަސީ ހާދަ ހަޑީކޮންނޭ ތިދަނީ. ޑިމޮކްރެޓިކް ހަމަތަކާ މުޅިން ހިލާފަށް ތިއުޅުއްވަނީ. ވެރިކަމުގައި ކަމެއް ކުރަން ބޭނުންވާ ނަމަ އަވަހަށް އެކަންފަށާފައި އަވަހަށް ނިންމަންވީ. ހުރިހާ ކަމެއް ކުރަން އުޅެން ހަދައިގެން އެއްވެސް ކަމެއް ނުނިމިދާނެ. އަނެއްކާ ކުރާކަމެއް ތިވެރިން ކިޔަމުން އައިގޮތަށް މުއިއްޒުވުން ވެސް ވަރަށް ގިނަވެދާނެ.
ވެރިކަމަށް އަންނަ ރައީސަކު ދުރުކުރަންވާނީ ޤާނޫނު އަސާސީގައި ހުރި އެހެން އިންސްޓޫރޫމެންޓް ބޭނުންކޮށް ޖަވާބުދާރީކުރުމަށްފަހު އެކަން ރަނގަޅު ނުކޮށްފިނަމަ. އެފަދަ ކަމެއް މެޖީރިޓީ އޮތް އިރުވެސް ކުރާތަނެއް ނުފެނޭ. ވަކި ޝަރުތުތަކެއް އުނިވިކަމަށް ކޯޓުން ނިންމައިފިނަމަ ވަކިކުރަން އުޅެވިދާނެ މަޖިލިސް ތެރެއިން. އެފަދަ ކަމެއް ނެތް އަދި.
ވަޒީރުންނަށް ރުހުން ނުދެވެންޏާ ނުދެވޭ ސަބަބުވެސް ބުނަންޖެހޭ އެބަ ޑިޕްލޮމެޓިކް ކޮށް. ސުޢޫދު ސ.ކޯޓަށް ލެވިފައި، އަމީން ޑިފެންސަށް ލެވިފައި ވަނީވެސް އަޑުތަކެއް އިވެނިކޮން.
ރަށްރަށަށް އަރާ މިހެން ތިމަންނާ ކުރީމުހޭ މިޔަނިކަމެއް އޮންނާނީ މިހެންނޭ ބުންޏަސް އަދި ކަމަކުނުދާނެ.
ސޯލިހުގެ ދައުރުގައި ކޮވިޑް އައި. ހަމައެއާއެކު ސީޔާސީ އިދިކޮޅެއް ނެތް. ކޮންމެ ދުވަހަކު ސަރުކާރު ހޫނުފެނައްލާ ހަދާކަށް. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް. ބިލިޔަނުން ބިލިޔަނުން ފައިސާ ޗާޕްކުރަމުން ދިޔައީ. ބޭނުން ވަރަކަށް ދަރަނި ނަގަމުން ދިޔައީ. ބޭނުންވާހާ ޤާނޫނެއް ހެދެން އޮތް. ޖޭއެސްސީ މިނިވަން ކުރެެވެން އޮތް. ކުރަމުން އައި ވެރިކަމާ ދެން އަންނަން އޮތް ވެރިކަން ތަކުގައި ރީތިކޮށް ކަންކަން ކުރެވޭނެ ގާނޫނުތައް ވުޖޫދު ކުރެވުނީސް. މިސާލަކަށް:
1- ދައުރުގެ ފަހު 6 މަސްދުވަހުގެ ތެރޭގައި ނުކުރެވޭނެ ކަންކަން ކަނޑައެޅުނީސް. މިސާލަކަށް ވަކިވަރަކަށްވުރެ އަގުބޮޑު މަޝްރޫޢު އެވޯޑް ނުކުރެވޭ ގޮތަށް ހެދުން.
2- ގޯތި ދޫކޮށް ހެދޭނީ ހިއްކިފަައި އޮންނަ ވަގުތުން އިން ވަކިކުރެވޭ ތަނަކުންކަން ގާނޫނުގައި ލިޔުން.
3- ފްލޯ ކުރޮސް ނުކުރެވޭ ގޮތް ހެދުން.
4- ސިޔާސީ މަޤާމްތަކާއި މިނިސްޓްރީތައް އުފެއްދޭނެ ގޮތުގެ އޮނިގަނޑެެއް ޤާނޫނުގައި ހިމެނުން.
5- ގައުމީ ތަރައްޤީގެ ޕްލޭންއެއް ހަދާ އެޕްލޭންއާ އެއްގޮތަށް އާންމު ރައީތުންގެ ލާބައާ މަސްފާއަށްކުރާ ޤާނޫނުގައި ބުނާ ވަކި ކަންކަމެއް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަން އަމަލުކުރުން ލާޒިމްވާގޮތަށް ގާނޫނު ހެނދުން. މިފަދަ ޤާނޫނެއް ނެތުމުން އެއްވެރިޔަކު ކުރާކަންކަން އަނެއް ވެރިޔަކު އައިސް ބަދަލުކުރަމުން އެދަނީ. އެކަކުއަޅާ ތަންތަން އަނެއް ވެރިކަމުގައި ފަޅަށް އެހުންނަނީ. މިޤާނޫނު އޮންނަ ނަމަ އެވެރިން ފެށި ކަމެއް މިވެރިން ކުރިއަށް ނުގެންގޮސްގެން ޝަކުވާ ކުރާކަށް ނުޖެހޭނެ.
މިފަދަ ކަންކަން ނުކޮށް ތިބެ ވެރިކަމުގެ އެންމެ ފަހުދުވަހު ދައުލަތުގެ އެތައް ބިލިއަން ފައިސާއަށް ޚިޔާނާތްތެރިވި 2 ކުއްވެރިން މިނިވަންކުރުން ކުއްވެރިކުރަން. އެކަމަށް ތިޔަ މަޖިލީހުން ނުވަތަ އަންނަ މަޖިލީހަކުން ޖަވާބުދާރީ ކުރުވަން އެބަޖެހޭ. ޤާނޫނުގައި އޮންނަ ބާރެއް ނާޒާއިޒްގޮތަށް ބޭނުމެއް ނުކުރެވޭނެ.
ނުކިޔަވާހުރި އަދި ވެރިކަންކުރަން ނޭގޭ އެކަމަކުވެރިކަމާހެދި ހޭބަލިވެފައިހުރި މީހެއްމިނޫނީ ނުދެކެން
މާބޮޑަށް ފުއްޕަން ނޫޅޭތި.
ރާއްޖެއަށް ޑިމޮކްރަސީ އައިފަހުން މިއިބްރާހީ މުޙައްމަދު ޞޯލިޙް އަށްވުރެ ވިޔާނުދާ ވެރިކަމެއްކުރި މީހެއް ފެނިފައެއް ނުވޭ. ޒީރޯ ޓޮލަރަންސޭ ކިޔަމުން ވައްކަމާއި ޚިޔާނާތް ހިންގުން މުޅި ޤައުމުގައި ވަނީ ޢާންމު ކޮށްފަ. އަދި ދައުުލަތުގެ ވަޒީފާގައި ތިބި މީހުންނަށް ބިރު ދައްކައި އެމީހުނަށް ނުފޫޒު ފޯރުވުންވެސް އިންތިހާއަށް ބޮޑު. މިހާ ނުބައިކޮށް ވެރިކަން ކުރި މީހާ ތަންތަނުގައި ހުރެ ވާހަކަ ދައްކަމުން "މިހާރުގެ ސަރުކާރުން ނުފޫޒު ފޯރުވަނީއޭ " ކިޔައިގެން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ.