ހަ ރޯދައިގައި ދިވެހި ރައްޔިތުންނަށް ޗަމްޕާ ބްރަދާސްގެ ފަރާތުން 25 ޓަނުގެ ކަރާ ހަދިޔާކޮށްފިއެވެ.
ހަ ރޯދަވެރިންނަށް ހާއްސަކޮށްގެން ޗަމްޕާ ބްރަދާސްގެ ކަރާތައް ބަހަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީ މެދުވެރިކޮށެވެ.
ޗަމްޕާ ބްރަދާސް އިން މިއަދު ބުނީ، މި އަހަރުގެ ރޯދަމަހަށް ގެނައި ފަހު ޝިޕްމެންޓު އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޗަމްޕާ ބްރަދާސް އިން ވަނީ މިދިޔަ ރޯދަމަހުގެ ތެރޭގައި މާލެ ސަރަހައްދުގައި އުޅޭ މީހުންނަށް 70 ޓަނުގެ ކަރާ އާއި 75000 ކާއްޓާއި 10 ޓަނު ފިޔާ އަދި 10 ޓަނު އަލުވި ބަހައިފައެވެ.
ޗަމްޕާ ބްރަދާސްއަކީ، ދިވެހި ރައްޔިތުންގެ ލާބަ އާޢި މަންފާއަށްޓަކައި އަދި ޖަމާއަތުގެ ތަރައްގީއަށްޓަކައި ދީލަތި އެހީތަކެއްވާ ކުންފުންޏެކެވެ. މިގޮތުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި ތައުލީމީ އަދި ސިއްހީ ކަންކަމުގައި، އަދި ކުޅިވަރާ އިޖްތިމާއީ ކަންކަމުގައިވެސް ފަރުދުންނަށާއި ޖަމާޢަތްތަކަށް އެ ފަރާތުން އަބަދުވެސް ގެންދަނީ އެހީތެރިވަމުންނެވެ.
މިދިޔަ ރޯދަ މަސްތަކުގައި ވެސް ޗަމްޕާ ބްރަދާސް އިން ރޯދަ ހަދިޔާ ބަހާފައިވެއެވެ.
ކޮބާތަ ބުރުލޯބި ރައްޔަތުންނައް އެއްޗެއް ނުބަހާތަ؟؟؟؟؟
ކޮބާތޯ ވިލާ ، ޔުނިވާރސަލް ؟؟؟
މި ލިބުނީ ކޮންބަޔަކަށް؟ އަހަރެމެނަށް ތީގެ ރާހަތެއް ނުކުރޭ
ދިވެހިން އަތުން ކަރާ ގަނެގެން ބަހާ ބަލަ!