ގެދޮރުވެރިކަމުގެ މައްސަލައަށް އޮތް ހައްލެއްގެ ގޮތުން މި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ" މަޝްރޫއު ހުއްޓާލައި އެއްބަސްވުން ބާތިލް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ގޮވާލައްވައިފިއެވެ.

ފުވައްމުލަކު ސިޓީ ރައްޔިތުންނާ ބައްދަލު ކުރައްވައި ޔާމީން ވިދާޅުވީ ރަސްމާލެ މަޝްރޫއުއަށް އާއެކޭ ވިދާޅު ނުވާނެ ކަމަށާއި ނުއަގުގައި ބިންތައް ވިއްކާލަން މިއަދުވެސް ދެކޮޅު ހައްދަވާނެ ކަމަށެވެ.

"މިހާރު ރަސްމާލެ ހިއްކަން އެ ކުރާ މަސައްކަތަށް އަޅުގަނޑުމެން ނުބުނާނަމޭ އާއެކޭ. އަޅުގަނޑުމެން އަޅުވެތިވާ ގޮތަށް އަޅުގަނޑުމެންގެ ބިންތައް ނުއަގުގައި ވިއްކާލާ ވިއްކާލުމަށް މިއަދުވެސް މި ބުނަނީ ނޫނެކޭ، އެ އެގްރީމެންޓު ބާތިލް ކުރާށޭ،" ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ އެވެ. އަދި މި މަޝްރޫޢުގެ އަގު އަދާކުރަން ނިންމާފައިވަނީ ސީއެމްސީސީ އަށް 99 އަހަރަށް ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން 60 ހެކްޓަރުގެ ބިން ދީގެންނެވެ.

މިކަމާ ނުރުހުން ފާޅުކުރަމުން ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ރަނގަޅު ކަންކަމަށް ދަތިކުރަން ނިކުމެ ހުންނެވި ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން އެއްބަސްވެވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއު އާއި ވަޒީރުންނާއި ގުޅޭ ކޮރަޕްޝަނުގެ މައްސަލަތައް ފަދަ މައްސަލަަތައް ކޮންމެ ޕާޓީއަކުން ހުށަހެޅި ނަމަވެސް އެ ޕާޓީއަކާ އެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

"އެއްގޮތަކަށްވެސް މީ އަޅުގަނޑުމެން ވަކި ބަޔަކާ ދެކޮޅުވެރިވެގެނެއް ނޫން އަދި ވަކި ބަޔަކާ އެއްކޮޅުވެގެނެއް ވެސް ނޫން. އަޅުގަނޑުމެން މަސައްކަތް ކުރަން ބޭނުންވަނީ މެރިޓް ބޭސް ރައްޔިތުންނަށް ފައިދާހުރި ގައުމީ މަސްލަހަތު އިސްކުރާނެ މަޝްރޫއުތަކަކާއެކީ އަޅުގަނޑުމެން މަސައްކަތް ކުރާނީ." ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރުގެ ތިންގުނަ ބޮޑު ސަރަހައްދެކެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާނެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ރައީސް ޑރ. މުއިއްޒު އެންމެ ފަހުން "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަސްމާލެ މަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭ ކަމެއް ނޯންނާނެ ކަމަށާއި ކޮރަޕްޝަންގެ މައްސަލައެއް އުޅޭ ކަމަށް ފާހަގަވާ ނަމަ، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންވީ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނު މަގާމެއް ދެއްވާފައި ހުރި އެއްވެސް ބޭފުޅަކު ގާނޫނާ ގަވައިދާ ހިލާފަށް އަދި ކޮރަޕްޝަންގެ އަމަލަކަށް ލީޑް ކުރާ ގޮތަށް ވިޔަސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު އެއް ގޮތަކަށް ވެސް ގަބޫލު ކުރާނެ ކަމެއް ނޫން ދައުލަތުގެ މުދާ، ނަހަމަ ގޮތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބޭނުން ކުރުމަކީ. އެއީ ރައްޔިތުންގެ މުދާ. އެއީ ފައިސާ ކަމުގައި ވިޔަސް، އެހެން އެއްޗެއް ކަމުގައި ވިޔަސް. އެކަން ކުރުމަކީ އަޅުގަނޑު ފުރުސަތު ދޭނެ ކަމެއް ނޫން. މިސާލަކަށް އިދިކޮޅު ފަރާތްތަކުން އެ ވާހަކަ ދައްކާ ނަމަ، އަޅުގަނޑު އެދެނީ ވަޑައިގަންނަވަން އޭސީސީ އަށް. ވަޑައިގެން ބައްލަވަން." ރައީސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއު ދަނީ ޕްލޭނާ އެއްގޮތަށް، ކޮރަޕްޝަނެއް ނޯންނާނެ: ރައީސް

ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއަކީ މާލެ ސިޓީގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެހެން ރައްޔިތުންނަށް ދާއިމީ ގެދޮރުވެރިކަން ގާއިމުކޮށް ދިނުމަށްޓަކައި ހިންގޭ މަޝްރޫއެކެވެ. އެއީ ރާއްޖޭގެ ރައްޔިތުންނަށް އޭގެ ފައިދާ ވާނެ މަޝްރޫއެއް ކަމުގައި ރައީސް ވިދާޅުވިއެވެ. ރަސްމާލެ ހިއްކަނީ ގުޅިފަޅާއި ގިރާވަރާއި ހުޅުމާލެ ތިން ވަނަ ފިޔަވަހި އެކަނި ހިއްކައިގެން ނުފުދޭނެތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. މުއިއްޒު ކުރިއަށް

    ރަސްމާލެއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިއްޖެނަމަ ޔާމީންކަހަލަ މާލޭގެ ގެދޮރުވެރިންގެ ޕްރޮޕަޓީތަކުގެ އަގުދައްވެދާނެތީ ހިއްޕުޅާނުވަނީތޯ؟

    121
    22
    • Anonymous

      2018 ގަ ޔި ފުށިދިއްގަރު ފަޅުން ގޯތިދޭނެކަމަށް ކެމްޕޭނުގައި ޔާމީން ވައުދުވެގެން އަހަރެމރންވީ ފޯމުވެސް ލާފަ. މިއޑު ޔާމީން ނޫން މީހަކު އެކަން ކުރާތީ އެކަން ގޯސް. ކޮންފަދަ ޖާހިލު އަމިއްލަ އެދުންބޮޑު ޖައްބާރު ނުލަފާ ދެފުއް ދެގޮތް އިބިލހަކަށް ޔާމީން ޔިވީ. ﷲ ޔާމީން ފަދަ ބޮޑާ ގޮތްދޫނުކުރާމީހަކަށް 2023 ގައި ވެރިކަން ނުލިބުނު ކަމަށ.

      9
      3
    • ހނހ

      އަސްލު ޔާމީން ބޭނުންވަނީ ވެރިކަން ކޮންމެ އެއްޗެކޭ ބުންޔަސް ހަޖަމެެއް ވެސް ނުވާނެ އޭނާޔައް ބޮޑާ ކިބުރުވެރި މީހެއް

      29
      4
    • ދޮގުބެ

      އެހެން ނޫނަސް އިނގޭ އެމްޑީޕީއާ ގުޅުނު ފަހުން މިސަރުކާރު ރަނގަޅު ނުވާނޭ ކަން ދެން އެމީހުން ޖަހާ ބެރައް ނަށަން ޖެހޭނީ

      37
      5
    • ދޯދިޔާ

      ރިޒޯޓްތައް ވެސް ކުއްޔައްދީފަ ހުންނަނީ އެއުސޫލުން 99 އަހަރައް. މިއީ ސީދާ ރައްޔިތުންނައް ފައިދާ ވާކަމެއް. ރިޒޯޓްތަކުން ސީދާ ރައްޔިތުންނައް ފައިދާނުވޭ. އެހެންވެ ފުރަތަމަ ރިޒޯޓްތައް އަތުލާފަ ތިތަން އަތުލަން ޖެހޭނީ. އެއީ މުޅި ރާއްޖޭގެ ރައްޔިތުންގެ އެއްޗެއް. މުއީޒު ބުނެފައިވަނީ މުޅި ރާއްޖޭން ބޭނުންވާ އެންމެނައް މާލެ ސަރަހައްދުން ގޯތި ދޭނަމޭ.

      25
      3
    • މޮހޮނާ

      ޔާމީނާ އެމްޑީޕީއާ ޑީލް ހެދިތާ 2 ދުވަސް ނުވޭ ދޫކޮއްލީ އެހެންވީމަ އިނގޭ އެމްޑީޕީކަން ރަނގަޅުވާނީ

      4
      1
    • Anonymous

      ނަހަމަގޮތުގައި މުދާ ބޭނުންނުކުރާތީ އަދީބުމެން ދައުލަތް ހުސްކޮށްލީއިރުވެސް ހަނު ހުރެފަ. ތިމާއަށް ވިހަ ލީމާ އެހާ ހިސާބުން އަދީބު ގޯސްވީ. އޭގެކުރިން އޯކޭ. ތިއަށް ކިޔަނީ އިޚްލާޞްތެރިކަމުގެ އިދިކޮޅު.

      3
      1
  2. Anonymous

    ކަލޭ ހާދަ ހަސަދަވެރިއޭ! ކިބުރުވެރިކަމާ ، ބޮޑާކަމުގެ އިންސާނާ ހީކުރަނީ ތިމަންނަ ނޫނީ ކަމެއް ދަންނަ ކަން ވާނެ މީހަކު ނެތީކަމަށްތަ؟

    106
    19
    • ހަމްދު

      މިހާރު ޔާމީނައް ރަނގަޅުވާނެ.
      އަވައްޓެރި ގައުމަކައް ނާދީ ބިމާއި މަޖީދީ މަގުން ބިންދިނުން، ކަނޑުގެ ޗާޓް ބަޔަކަށް ދީފަ،120 އަށް ދަރުވަަި، ކުންފުނިތަށް 9 ބިލިޔަނަށް ދަރުވައި، 8 ބިޔަން ޗާޕްކޮށްގެންވެސް ފުލެޓެއް ނޭޅުނު، ބުރިޖެއް ނޭޅުނު، ތާރެއް ނޭޅުނު، ބިން ހިއްކާ ގޯތި ނުދެވުނު، މަސްވެރިންނަށް ފައިސާ ނުދެވުނު، މަހުގެ ޑިއުޓީ ކަނޑާ ނުލެވުނު

      19
      2
    • ދީޔާނާމީ

      ބޭނުންވަނީ ވެރިކަން ކޮންމެ ގޮތެއް ހަދާފަ ވެސް. މުޅި އުމުރުގަ ވެސް އެންމެ ބޮޑު އަނިޔާ ދިން މީހުނާ ގުޅިގެން ސަލާމަތް ކުރި މީހުންގެ ދުވަސް ދުއްވާލަން ވެރިކަމާހެދި. ކޮންމެ އެއްޗެކޭ ބުންޏަސް ނުނިދާ ތިއުޅެނީ އެއީ ހަގީގަތް

      23
      3
  3. މުލު ވަގު

    މިކަލޭގެޖެހޭ ސުކުރު އަދަަކުރަންޖެހޭ މުއިޒައް ލަދެއްވެސް ނުގަނޭ މުއިޒު އެކިޔަަ އަނގަ އަރުވަން މޑޕ ވެރިކަމުގަ ތިބިނަމަ އޮންނަންޖެހޭނީ ޖަލުގެ ތޭރިތަކުގެ ތޭރިގަ ތެރޭގަ މުއިޒަައް ވެރިކަން ލިބިގެން މިކަލޭގެ ޖަލުން ސަލާމަތްވީ މިކަހަލަ ވަގުން ވާނީ ޖަލުގަ ބައިތުއްބަން އަދިސް ކުރާނީ ވައްކަން ރިހަަކުރު ފުަލި ނެގިމީހާ އަދިވެސް އޮތީ ޖަލުގަ މިކަލޭގެ އެތަަށް ބިލިޔަން ރ ވަގައްނެގީމަ މިނިވަން ވީމަ ސުކުރު ވެރިވާން އެބަޖެހޭ

    89
    12
  4. ހައްވަ

    ޖަހާނެ ސުރްޚީއެއް ޖަހައި، ކިޔާނެ އެއްޗެއް ކިޔަސް އެއަށް ފުރިހަމައަށް ޒިންމާ ނަގަންޖެހޭ ކަމަށް އިއްޔެެގެ ޚުތުބާގައި ކިއީ.

  5. Anonymous

    ތިމާ ނުންމީހަކު ރަގަޅު ބޮޑުކަމެއްކޮށް ތިމާޔަށް ކަޓު ނުލިބޭ ކަންކަން ހުއްޓާލަން ގޮވާނީ އިހުލާސްތެރިންތޯ، ޝަރީއަތުގެ މަޖިލިސް ތަކުގައި ތިމާގެ އެކައުންޓަށް ދައުލަތުގެ ފައިސާ ޖަމާވެފައި ހުރިކަން އެގިހުރެ އެފައިސާ ދައުލަތާއި ހަވާލު ނުކޮށް ހުރުމަކީ އިހުލާސް ތެރިކަންތޯ !

    7
    2
  6. ނަންނު

    މަ ހަމަ ބުނާނެ އެއްޗެއް ނެތް. ޖަމީލު އާއި މަލީހު މެންނަށް ހަމަ ސަލާމް. ސުވާލަކީ މަލީހުމެން ނަށް ތިޔަ ރަސް މާލޭން ގޯއްޗެއް ނުލިބޭނެހޭ؟ އާއިލާ މީހަކަށް ވެސް؟

    5
    2
  7. ފާތު

    ރ.ޔާމީން ދެއްކެވިއަސް އެދެއްކީ ރަނގަޅު ވާހަކަ.

    3
    27
  8. Anonymous

    ކިތައް މީހުން ތި ބައްދަލުވުމަށ

    13
  9. ފޫހި

    ކިތައް މީހުން ތި ބައްދަލުވުމަށް ދިޔަބާ. ޠިތަނަށް ދިޔަ މީހަކު ބުނެލަދީބަލަ. ޠާމީން މޮޔަ ވާހަކަ ދައްކާއިރު. ޢެތަން ބަލަން އެމްޑޕީ މީހުން ދާނެ. ﷲިތުނަވެރި ގްރޫޕް ތައް

    10
    2
    • ކޮއްކޮ

      ޔާމީނާ ދިމާއަށް ވަގަށް ގޮވި ގުރޫޕުގައި ހިމެނޭ މަހުލޫފާއި އޭނާގެ އަންހެނުން ނަޒުރާ ނަސީމް ދިޔަޔޯ ޔާމީނަށް މަރުޙަބާ ކިޔަން އެއަރޕޯޓަށް. ފައްކާދޯ؟ މިއޮތީވާ ދެފުށްކެހެރިން ގިނަ ގައުމެއް.

  10. މަތަރަސް

    ބަލަ ހަޖަމުނުވިއަސް ދެންބޮޑުވަރުއެބޫދޫ ބޮޑު ފިނޮޅު ވިއްކާލީ ނުވަދިހަނުވައަހަރައް ސާޅީސްމިލިއަން ޑޮލަރ ކިތައްފަޅުނުވައަގުގާ ބުރޯޔާގުޅިގެން ވިއްކާލީ ޔާމީނު އާ ނަޝީދު ބަލަ މާލޭގެބިންތަައް ޓާޓާމީހުނައްވިއްކިއިރު ދެރިސޯޓާ ދައުލަތުންފައިސާދޭނެކަމުގެގެރެންޓީވެސްދީމިކަން ޔާމީނަކައްނުފެނުނު އަދި އެމީހުންބޭނުންއަގަކައްވިއްކަނީ އެޕާޓްމެންޓެއްހަތްމިލިއަނަރުފިޔާ ދެންސޯލިހު ދެފަޅު ނޫނު އަތޮޅުންދީގެ ގުޅީފަޅާ ގިރާވަރުފަޅުހިއްކަނީ ސޯލިހު މުއިއްޒުމިކަން ކުރައްވާތީޔާމީނު ހަޖަމުނުވެގެންތިޔައުޅެނީރީދޫއާގުލިގެން ވެރިކަން ވައްޓާލަންތިޔައުޅެނީ މުއިއްޒު ބާރައްތަރައްގީކުރތިހަޖަމުނުވަނީ ދެންޔާމީނުގެއޮފުކެޑިފައި އަބުރުގެއްލިކަތިވަޅިގެއްލިފައިތިހިރީދެން؟؟

    15
    1
  11. އަހުމަދު

    ޔާމީނޫ......
    ކަލޭ ތި ފޮނިވަނީ ޖަލުން މިނިވަން ވީމަތަ؟ ބަލަ އެމްޑީޕީ ވެރިކަމުގަ އޮތް ނަމަ ތި ވެރިކަމަށް ދަހި މީހާ ގަނޑު އޮއްނާން ޖެހުނީހީ އަދިވެސް ޖަލުގަ.....
    ފުށި ދިއްގަރު ފަޅު އެ ހިއްކަނީ ބަޖެޓަށް އެނގި ވެސް ނުލާ.. ބޭނުން ވެެއްޖެ ނަމަ ބަދަލު ދީފަ އެމީހުނަށް ދިން ބިން ލިބޭގޮތަށް. ދެން ކީއްވެ އެކަމާ ތި ދެކޮޅުވެރިވަނީ؟ ކަކޭ ނޫން މީހަކު ވެރިކަމަށް އެރީމަ ހިތަށް ކެތްނުވަނީ.....
    ދެން ވެސް މައިތިރި ވެގެން ހުރެބަލަ..

    19
    2
  12. the Maldivians

    ރާއްޖެ ތެރޭ މީހަކަށް ފައިދާ އެއް ވަންޔާ ކިނބިގަސް ދޮށުގޭ މީހަކަށް ކެތެއް ނުވާނެ...

    17
    2
    • ޖަޒީރާމަނިކު

      ޔާމީނަކީ ކިނބިގަސްދޮށުގޭ މީހެއްނޫން.

      4
      1
  13. ގޮއްޔެ

    ދަފްތަރުގަ ތިބި ލޮބުވެތި ރައްޔިތުންނަށް ގޮވާލަން ވިސްނާ ހޭއަރަން ވެއްޖެނު މޑޕ ވެރިކަމުގަ ގޯއްޗާ ފުލެޓްދޭންވީމަ މާލޭ މީހުނަށްނުވި އަހަރެމެން ބާކީކޮށްލީ ވޯޓް ހޯދަންވީމަ މާލޭ ރައްޔިތުން ހިޔަޅުތަކެއް އެއީ މުނާފިގުން މިފަހަރު ވާނެ ހޭ އަރުވާލަން މިފަހަރު މީ އަހަރެމެންނަށް މޑޕ އަށް ވަރުގަދަ ފިލާވަޅެއް ދެވެން އޮތް ދަނޑިވަަޅު ފުލެޓަަ ގޯތިން މަހުރޫމުކޮށް މާލޭމީހުނަަށްބަހާލީ މޑީޕީ ވޯޓް ހޯދަންވީމަ މާލޭ ރައްވެން އަހަރެމެންގެ ހައްގުފޭރިގަތް ބަޔަކަށް ވޯޓް ނުދޭނަން ފަފްތަރު މި މެސެޖް ސެޔާކުރޭ

    17
    2
  14. Anonymous

    މީ އެއްމެން ދަންނަ ކިބުރުވެރި ބޮޑާމީހާ ، ވެރިކަން ނުލިބުނީމަ އިހު އެއްމެ އަރިސް މީހާވެސް މިވީ ނުކިޔަވާހުރި މީހަކަށް ، މީނަ ހީކުރަނީ ތިމާ ނޫނީ ދެން އުޅެނީ އިންސާނުން ނޫންކަމަށް. ދޭބަލަ އިޒްރޭލަށް. ހަދާން ނައްތާލާ ދެން ކަލެޔަށް ވަރިކަން ދޭނެ މީހެއް މިގައުމުގަ ނެތް.؟

    16
    1
  15. މުލޭ

    މަނިކުފާނު ކުރަން އުޅުނުކަމެއް މުޢިއްޒުވެސް ކުރަން މިއުޅެނީ. މަނިކުފާނު ވެސް ކުރަން އުޅުނީ މިހެން. މަނިކުފާނަކީ އެންމެބޮޑަށް މިކަމަށް ސަޕޯޓްދޭންޖެހޭ މީހާ. މަނިކުފާނުގެ މިހާރުހެ އަރިސްބޭކަލުންނަކީ ރަނގަޅުބައެއް ނޫންކަން މަނިކުފާނަށް ވެސް އެނގޭނެ.

    27
    4
  16. ޚަގީ

    މީ ވަރަށް ހަޔާތް ކުޑަ މީހެއް މޑޕ ވެރިކަމުގަ އޮތްނަމަ އަދިވެސް އޮންނާނީ ޖަލުގަ މުއިއްޒު ގާނޫނުތެރެއިން މިކަލޭގެ މިނިވަން ކުރީމަވެސް އަނގަ ފުޅާކުރަން ލަދެއްނުގަނޭ ވަގުންނަށް އަދިވެސް ނުވިސްނޭ

    25
    5
  17. ހައްގު

    ޜ.ޔާމީން ތިޔަ ވިސްނުންފުޅު ކަޑައޭ! މިހާރު އަންނި އަށް ތިޔަވީ! ޟި ގައުމުއޮތީ ގެދޮރުހަދާވިެއްކުން. މަނިކްފާނުބެސް ކުރެއްވީ އެކަން. ޜައްޔިތުންނަށް ރަނގަޅުކަމެއް ޑކ މުއިއްޒު އެކޮށްދެއްވަނީ އިންޝަﷲ. ޜ ސާލިހު ވެސް ފްލެޓް ބިން ބެހީ! ގާނޫނެއް ޤަވަޢިދެއް ނުހިނގާ!
    ޠިޔަ ހުރިހާ ރައީސުންވެސް މި ގައުމަށް ފުރިހަމަ ޝަރީޢަތަކާއި ޢަދުލު ވެރި ޥެރިކަމެއް ޝަރީ ޢަތެއް ކޮށްދެއްވަބަލަ. ޥެރިކަމާެއި ނުތޮޅެ އެންމެންވެސް ވެރިކަން ނުލިބިގެން

    16
    4
  18. ޓިނު

    ޔާމިނަކަށް ދެނެއް މިގައުމުގެ ރައްޔަތުން ތާއީދެއް ނުކުރާނެ. ތީމާޒީ.ދެން އަމިއްލަފުޅައް ރައީސްޔާމިން ރައީސްޔާމީން ކިޔަކިޔާ އިންނަވާ.

    23
    7
  19. ލަކީ

    ހެހެ އެންހަފުތާވީތަނާ މަސްރޫއު ހުއްޓިއްޖެ 3 މަސް ވީ ހުއްޓިފަ އޮންނަތާ އެއީ މަކަރު ވެރިކަމެއް ކަން މިހާރު ރައްޔިރުންނަށް އެނގޭ

    9
    28
  20. ސުހައިލް

    ހުޅުމާލެ ފޭސް2 އިން ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ހިއްކި ބިމުން ބޮޑުބައެއް ވިއްކާފަ ރަސްމާލެ ހިއްކަން ނުޖެހޭ ރައްޔިތުން ގޯތި ބެނުންވަނީ މާލެ އިންވެގެން

    4
    9
  21. އަޒީޒް

    ރަގަޅު ވާހަކައެއް ހުޅު،މާލެއިން ބޮޑު ބިމެއްދީފަ ރަސްމާލެ ހިއްކަކަށް ނުޖެހޭ ހުއްޓާލާ. ބިންބޭނުމީ ހުޅުމާެލެއިން

    4
    6
  22. އަޒްރާ

    ކީއްވެހޭ ކީއްވެހޭ ކިއްވެހޭ ހުޅުމާލޭ ބިން ވިއްކާފަ ރަސްމާލެ ހިއްކަންވީ ހުޅުމާލޭ ބިން ހިއްކީ ރައްޔިތުންނަށް ގޯތި ގެދޮރުދޭން ރަސްމާލެއިން ގޯތި ބޭނުމެއް ނޫން

    3
    8
  23. Anonymous

    ބޮޑު ކަނޑުކޮހެއް މާ އެއްޗެހިއެގޭކަމަށް ވެގެން އުޅެނީ ވައަކަން ކުރުމުގެ ތަޖްރިބާހުންނާނެ އޭ މިރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އެނގޭނެކަމެއް!

    8
    4
  24. ސުރައުހު

    "ރަސްމާލެ" މަޝްރޫއު ހުއްޓާލައި އެއްބަސްވުން ބާތިލް ކުރަންޖެހޭ އަދި ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ހުޅުމާލެއިން ހިއްކި ބިމުން ގޯތި ދޭންވީ

    4
    9
  25. އަބްދޫ

    ވަރަށް ތަންދޮރު ނުދަންނަ ޖާހިލެކޭ ބުނަންޖެހެނީ މިހެންވެ. އެމްއެމްޕީއާރުސީ އިން މީރާއަށް ޖަމާކުރަން ޖެހޭ ފައިސާއިން ޕްރައިވެޓް ކުންފުނިތަކުގެ އެކައުންތް ތަކަށް ޖަމާކޮށްގެން ޗެކް މާރު ކޮށް ގެ ތިބޭފުޅާގެ އެކައުންތަށް ޖަމާކުރި ފައިސާ ދަވްލަތުގެ އާމަދަނީއަށް ވަތް ނަމަ ފުށި ދިއްގަރުފަޅު ހިއްކަން ބިން ނުދީ ފައިސާއިން އަގު އަދާކޮށް ގެން ހިއްކާ ނިންމާލެވުނީސް ވީމާ އެފައިސާތައް ގެނޭ.

    14
    4
  26. މަބޮޑޭ

    ޔާމީނު ގަބޫލެއްނޫން މުއިއްޒު ރައީސްކަމަށް އަންނާކަށްވެސް. އެކަމަކު ރައްޔިތުން ބޭނުންވެގެން މުއިއްޒުހޮވީ. ޔާމިނުރުހޭތޯ ނުރުހޭތޯ ބަލާކަށް ނުޖެހޭ .ރައްޔިތުން ރުހެންޏާ އެނިމުނީ.

    5
    3
    • ބަރާބަރު

      ބަރާބަރު ވާހަކައެއް. ރޔ ވިދާޅުވީ އިންތިޚާބު ބޮއިކޮޓް ކުރާކަށްނޫންތޯ؟ އެވާހަކަ އަދުރޭ ގަބޫލު ނުކުރެއްވީ އުފުލަންޖެހޭ ތަކުލީފު ބޮޑުވީމާ، ރިޔާސީއިންތިޚާބުގެ ފޯމްލުމުގެ މުއްދަތު ކުޑަތަންވަމުންދާތީ، ޑޮކްޓަރ މުޢިއްޒު އިލެކްޝަންސަށް ފޯމްލައްވަން ވަޑައިގަތް މަގުމަތީން "ރައީސްޔާމީންއެންޑޯޒްކުރެއްވި" އަޑުގަދަވެގެން ދިޔައީ. އެހިސާބުން ހުސްގޮޑިއެއް ކޮންމެ ޖަލްސާއެއްގައި ހުންނަން މަޖުބޫރު ކުރުވީ ހަމައެބޭފުޅާ.

      1
      1
  27. ޙަސަނާ

    މުއިއްޒުކުރިއަސް ތީރަގަޅުކަމެއްނޫން ހަމަކޮންމެގޮތެއްހަދާފަވެސް ރާއްޖޭގެ އެންމެން މާލޭގަ އެލިގަނެގެންތައުޅެންވީ ރައްފުށު ސަރަހައްދު ތަރއްގީގޮއް އެރައްޔިތުންގެ ވަޒަނުގަ ތިބުމުގެ ހައްގެއްހަމަނެތީތޯ...

    3
    5
  28. ސިނބެޅި

    މިހިނގާ ހުރިހާ ކަމަކުން އެނގެނީ މިރާއްޖެޔަކީ ކުރިމަގުގައި އިންސާނުން އިންސާނީ ކަރާމަތާއެކު އުޅެން އެއްގޮތަކަށްވެސް ފުރުސަތު އޮންނާނެ ތަނެއް ނޫންކަން. ހިޖުރަ ކުރެވެން ތިބި ޒުވާނުން އަވަހަށް ބޭރަށް ހިޖުރަކުރޭ. އަމިއްލަ ދަރިފަސްކޮޅު މިތަނުން ސަލާނަ

  29. އޭނާ

    އަދިތިއުޅެނީ ޖަލުގެވަސްނުކެނޑިގެން މިހާއަވަހައް ފުއްޕަންފެށީ. ކައިރީގަތިއުޅޭދެތިންކެނަ ގޮވައިގެންމަޑުންހުންނަވާ. އިންތިހާބަކާކުރިމަތިލީމައެނގޭނީ ތީމިހާރު ކިތައްޕަސެނޓްކަމެއް. ދަނޑިމޯގިރިއައްވެސް ލިބުނީ ހަތްޕަސެންޓް. މަނިކުފާނުވެސްދާދި އެއްރޭޓަކުންދާނެކަމައް ފެންނަނީ. މަނިކުފާނުގެ ބޭބޭފުޅައްވީގޮތްނުވެއްޖެޔާރަނގަޅު. މިހާރުކައިރީގަތިތިއްބެވީ ރަނގަޅައް ދަސްވެފަތިއްބެވިބޭފުޅުންކޮޅެއް ދޮގެއްތޯ. އެއީމަނިކުފާނުވިދާޅުވި "އަޅުގަނޑައްނުވިކަމަކީ މީހުންދަސްނުވުން" ކަމައް

  30. އާސިމީ

    އިއްޔެ ޖަލުޙުކުމުން މިންޖުވީ، އަދި އެއީ އަލުންބެލުމަށް އަމުރުކޮށްފަ، އެހާއަވަހަށް ހަނދާންނެތުނީތޯ އެބޭފުޅާގެ މައްޗަށްކޮށްފަ އޮތީ ކޮރޮޕްޝަނާ ރިޝްވަތު ހިފުމާ މަނީލޯންޑާ ކުރުމުގެ ބޮޑެތި ތުހުމަތުތަކެއް، އެރައީސްގެ ދުވަސްވަރު ބައިއެޅޭގޮތަށް އަދީބަށް ފުރުސަތު ދެއްވީ އެރައީސް، ޓޫރިޒަމް މިނިސްޓަރ އަދީބުގެ އެޕޮއިންމެންޓަކަށް މަހުޖަނަކު އެދެފިނަމަ، އޭނާގެ ކާޑުގެ އަނެއްފަރާތުގަ ދެތިން ޢަދަދެއް ޖަހާލާނެ، އެއީ ޕާޓީއަށް މިއީ ބޮސްއަށް މިއީ މަށަށް. ބޮސްއަކީ ކޮބައިތޯ އޭރުގެ ރައީސް ޔާމީން. އެހެންވީމާ ހީވާނެ ހުރިހާމީހުންވެސް .ކަންކުރާނީއެހެންކަމަށް.

  31. އެޑްމުންޑޯ

    ކަލޯ ޔާމީން ، 70 ހެކްޓަރަށްވުރެ ބޮޑެތި ރައްތައްވެސް އެދެނީ 99 އަހަރަށް ރިސޯޓް ހަދަން ، ކިތައްފަޅާއި ކިތައް ރައްވިއްކާފައި ދައުރު ނިންމާލީ ،

  32. ބަރާބަރު

    ބަރާބަރު ވާހަކައެއް. ރޔ ވިދާޅުވީ އިންތިޚާބު ބޮއިކޮޓް ކުރާކަށްނޫންތޯ؟ އެވާހަކަ އަދުރޭ ގަބޫލު ނުކުރެއްވީ އުފުލަންޖެހޭ ތަކުލީފު ބޮޑުވީމާ، ރިޔާސީއިންތިޚާބުގެ ފޯމްލުމުގެ މުއްދަތު ކުޑަތަންވަމުންދާތީ، ޑޮކްޓަރ މުޢިއްޒު އިލެކްޝަންސަށް ފޯމްލައްވަން ވަޑައިގަތް މަގުމަތީން "ރައީސްޔާމީންއެންޑޯޒްކުރެއްވި" އަޑުގަދަވެގެން ދިޔައީ. އެހިސާބުން ހުސްގޮޑިއެއް ކޮންމެ ޖަލްސާއެއްގައި ހުންނަން މަޖުބޫރު ކުރުވީ ހަމައެބޭފުޅާ.

  33. Anonymous

    99 އަހަރަށް ބިން ދިނުމުން އެއްވެސް މައްސަލައެއް ނެތް. ސަބަބަކީ ދައުލަތުން އެެއްވެސް ފައިސާއެއް ޚަރަދުކުރަން ނުޖެހި އެ ބިން ހިއްކުމަކީ ދައުލަތުގެ ޚަރަދު ކުޑަވުން. ގެއްލުންވާނީ އިސްލާމްދީނުގެ އަޞްލުތަކާއި ޚިލާފުކަންކަން ހިންގޭ ގޮތަށް ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލޭގޮތަށް އެގްރިމެންޓް ހެދިފައިވާ އޮތްނަމަ. އެފަދަ ކަންކަން ހުއްޓުވުމުގެ ބާރު ދައުލަތަަށް އޮންނަންވާނެ. ނޫންނަމަ ބަރާބަރު މަޝްރޫއެއް.