ކަނބަލުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް މިހެން ވިދާޅުވީ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީ" ގެ ދެވަނަ ދައުރު އިފުތިތާޙުކޮށްދެއްވުމުގެ ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިސްނަންގަވައިގެން ކުރިއަށް ގެންދަވާ އެ ކޮމިޓީ މެޑަމް އިފުތިތާހުކޮށް ދެއްވާފައިވަނީ އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.

އެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިން ވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް މުހިންމުވާކަމުގައެވެ.

އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން ފުލުހުންގެ މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން ފުލުންގެ މުއައްސަސާގެ އެކި ޚިދުމަތްތަކުގައި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި، އެކަނބަލުންގެ ބައިވެރިވުމާއި، އެ ކަނބަލުންގެ އިސްކަން ވަރަށް މުހިންމުކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރައްވާ މުހިންމު ދައުރަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް މެޑަމް ވިދާޅުވިއެވެ. އަދި އެ ގޮތުގައި ކުރިޔަށް ދިޔުމަށް އެކަމަނާ ގޮވާލެއްވިއެވެ.

“އަންހެން ކަނބަލުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގު ހޯދުމުގެ މުހިންމުކަމަށާއި، ކަނބަލުންގެ ގާބިލުކަން އިތުރުވި ވަރަކަށް މުޖުތަމައުގައި އަންހެނުންގެ ތަޖުރިބާތައް ހިމެނޭ މައްސަލަތަކަށް ހައްލު ލިބުމުގެ މަގު ފަހިވެގެންދާނެ.” މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެ ހަފުލާގައި މެޑަމް ވަނީ 'މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަރ' "ސްޕެޝަލް އިނައުގުރަލް އިޝޫ" ފޮތް ވެސް އިފުތިތާހުކޮށްދެއްވާފައެވެ. މި ފޮތަކީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީން އެކުލަވާލައްވައި ޝާއިއުކޮށްފައިވާ ފޮތެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލުބާ

    ގާބިލުކަން އިތުރުކުރަން ކަމަނާވެސް އެހީތެރިވަނީ ވަކިބަޔަކަށް ނޫންތޯ؟

    7
    1
  2. ތޭރަވާ

    އަންހެނުންގެ ގާބިލުކަން އިތުރުކުރުމަކީ ރަނގަޅުކަމެއް. އެކަމަކު އެމީހުނަށް އެންމެ ހެޔޮކަން ލިބޭނީ ގާބިލު ފިރިހެނުންގެ ފަރާތުން. އެކަން ކުރަން ޑްރަގްގެ ވަބާއިން އެމީހުން ސަލާމަތްކޮށް، ދީންވެރި، މަސައްކަތްތެރި ބަޔަކަށް ހަދަންޖެހޭ

  3. ގާބިލް

    ގާބިލުކަމުގެ ވާހަކަ ނިދައްކަނީ މައުމޫނުގެ ދުވަސްވަރުން ފެށިގެން. އަދި މިހާހިސާބަށް އެކަކުވެސް ގާބިލުވެގެން ސެޓްފިކެޓް ނުދެވޭ. އަބަދު ތިހެން ކުކިޔާ ގާބިލުކަމުގެ މިންގަޑެއް ހަދަންވީ ނޫންބާ. އެއިރުން އެމިންގަޑަށް އާދެވުމުން ގާބިލުވީ ކަމަށް ބަލާނީ.

  4. އިބްރާހިމް

    އަންހެނުން ފިރިހެނުންނާއި ވާދަނުކޮށް، އަންހެނުން ފިރިހެންނަށް ދޫދީ ފިރިހެނުން އަންހެނުން ދޫދޭންވީ!

  5. ވިލިމާލެ ކަމަނަ

    މެޑަމް ތިކުރައްވާ ހިތްވަރަށް ހަމަސާބަސް ދަންވަން ތިޔައީ މިރާއްޖޭގެ އަން ހެނުންގެ ދިރުން ތިފެންވަރުގެ މެޑަމްއެއް އަދި ނުލިބެ މިރާއްޖެއަކަށް ޕޯޑިއަމްގަ ވާހަދެއްކޭ ފެންވަރުގެ.

  6. އިބްރާހީމް

    ރައްރަށުގަ ތިބޭ އަންހެން ފުލުހުން ތުންފަތުގައި ކުލަ ހާކައިގެން ތިއްތިދެއްކުން ނޫން ކަމެއް ނުކެރޭ. ފޮނިބޮޑާ ކަން އިންތިހާ. މުސާރަ ބޮޑުކުރަން ޖެހޭވެސް ބައެއްނޫން.