ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސައިފިއެވެ.

ޝިޔާޒް ހަމަޖައްސާފައިވަނީ އިކޮނޮމިކް މިނިސްޓްރީގް ސްޓޭޓް މިނިސްޓަރަކަށެވެ. އޭނާ ވަނީ މީގެ ކުރިން ޔާމީންގެ ސަރުކާރުގައި ވެސް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައެވެ.

އޭނާ އެމަގާމަށް ހަމަޖައްސާފައިވާކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ އެމަގާމަށް ހަމަޖައްސަވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަކަށް ޝިޔާޒް ހަމަޖައްސާފައިވާއިރު، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ހައިކޯޓުން މިމަހުގެ 18 ވަނަ ދުވަހު ހުކުމް އިއްވި އިރު، އެ އަޑު އެހުމުގައި ވެސް ޝިޔާޒް ބައިވެވަޑައިގެންނެވިއެވެ.

އެ މަގާމަށް އޭނާ ހަމަޖެއްސުމާއި ގުޅިގެން އޭނާ ކުރިއަށް އޮތްތަނުގައި ޔާމީންގެ ވަކީލެއްގެ ގޮތުގައި ހުންނަވާނެތޯ ނުވަތަ ނޫންތޯ އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރާގޮނޑިި ރާޖާ

    ފިލި ޖަހަނީ ޔާމީނުގެ ހަލާކަށް

    14
    23
  2. Anonymous

    ދެން ތިޔާހެންގޮސް ޖަމީލާ މަލީހައްވެސް ވަޒީފާދީ އޭރުން ޔާނު އެކަނިވާނެ

    17
    18
    • ކޮރަކައްޔާ

      ބޮޑާބެ އަމިއްލަޔަކަށް އެކަނިވެގެން އުޅެނީ ހަމަ ބޮޑާކަމުން.

      13
      16
  3. ވާނުވާ

    ރޭގަނޑު ދަންވަރު ވަޓްސްއޕްއިން ގުޅައިގެންތޯ ވަޒީފާލިބުނީ ނޫނީ ޗައިނާ ސަރުކާރުން ބުނެގެންތޯ

    12
    23
  4. ހަވާސާ ހަމީދު

    ދެކޮޅުންކާ ކަޅުވެން ރާއްޖޭގެ ފަޅުތަކުގައި އުޅޭ!

    9
    15
  5. އިސްޢާފް ސަލީމް

    ވަކީލަކަށް ހުރުމާ ، ވަޒީފާއާ ގުޅުމެއް ނެތް! އެހެންވީމާ ތިޔަ ސުވާލު އުފައްދާކަށް ނުޖެހޭ! އަހުރެންނަށް ކަށަވަރުވެ އެނގޭކަމަކީ ޑ މުޢިއްޒް ރައީސް ޔާމީނަށް ހެޔޮއެދިވަޑައިގަންނަވާނޭކަން! އެކަން ފިތުނަކޮށް ޚަރާބުކުރަނީ ރައީސްޔާމީންގެ ދެފަރާތުން މިފަހަކަށްއާސް ފެންނަމުންދާ ޖަމީލު މަލީޙް! މި ދެމީހުންނަކީ ބޭރުފުށުން ޔާމީންގެ މިތުރުންގެގޮތުގައި ދެއްކިޔަސް ވަރަށް ސާފްކޮށް އެނގެންއޮތްގޮތުގައި ރައީސް ޔާމީންގެ ދެ ހަތުރުން! ރައީސް ޔާމީނަށް ނިސްބަތްކޮށް ވަރަށް ހުތުރު ވަރަށް ލަދުކުޑަ ބަސްތަކުން މިދެމީހުން ޕަބްލިކްގައި ވާހަކަދައްކާފައިވޭ! އެއީ އަޞްލު އެދެމީހުންގެ ސިފައަކީ!

    51
    9
  6. ޙައްގުބަސް

    އަޅުގަނޑު ދެކޭގޮތުގައި ސަރުކާރުގެ ނިންމެވުން ރަގަނޅު! އަދި ޝިޔާޒު މަގާމު ބަލައިގަތުންވެސް ރަގަނޅު! މިސަރުކާރަކީ، އަދި ރައިސް މުއިއްޒަކީވެސް ހަމަ އެއްބައެއް! ރައިސް ޔާމީނާ ރައިސް މުއިއްޒުއާއި އަދި މިހާރުގެ ސަރުކާރުގެ އިސް ހުރިހާ ފަރާތްތަކަކީ ހަމަ އެއްވިސްނުމެއްގެ ބޭފުޅުން! ގައުމަށް ހެޔޮ އެދޭ ގައުމު ކުރިއަރުވަން ބޭނުންފުޅުވާ ބޭފުޅުން! ރައިސް މުޢިއްޒަކީ ހަމަ ނަމޫނާ ބޭފުޅެއް! ގައުމަށް ލިބުނު ރަގަނޅު އިޚްލާސްތެރިވެރިއެއް! އެއްވެސް ކަހަލަ ހިތް ނުތަވަސްކަމެއް ނުބާއްވާ ރައިސް ޔާމީނާ ރައިސް މުޢިއްޒުއާ ދެބޭފުޅުން ގުޅިގެން ގައުމުގެ ޙާލަތު ބަދަލުކުރަން މަސައްކަތްކުރާތަން ފެނުމަކީ މިރާއްޖޭގެ ގިނަ ރައްޔިތުން ބޭނުންވާގޮތް! ޚުދު ރައިސް މުޢިއްޒުއާއި މުޢިއްޒުގެ އަރިހުގައި ތިއްބެވި ބޭފުޅުންވެސް ބޭނުންފުޅުވާނެގޮތް! މިސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި 95% ބޭފުޅުންނަކީ ރައިސް މުޢިއްޒުވެސް ހިމެނޭ ގޮތުން ފާއިތުވެދިޔަ ފަސް އަހަރު ރައިސް ޔާމީން މިނިވަންކުރަން ރެއާއި ދުވާލު މަގުމަތީގައި އުޅުއްވި ބޭފުޅުން! އެހެންކަމުން ޔާމީންއާއި މުޢިއްޒު އާއި ދެބޭފުޅުން ގުޅިގެން މަސައްކަތްކުރުން ވެގެންދާނީ ގައުމަށް އިތުރު ހަމަޖެހުން ލިބިގެންދާނެކަމަކަށް! ވަސްވާސްދީ ފިތުނަ އުފައްދަން އަނިޔާވެރިން ޢައްދާރުން އަބަދުވެސް މަސައްކަތްކުރާނެ! އެކަމަށް ރައިސް ޔާމީންވެސް އަދި ރައިސް މުޢިއްޒުވެސް ވިސްނަވާނެކަމާއިމެދު ޝައްކެތް ނުކުރަން!

  7. ޖޯކަޜޭ

    ޥަކީލުންނަށް އިތުބާރު ކުރަާކަށްނުވާނެ، އަބަދުވެސް ކުށްވެރިއާ އާއި އެއްކޮޅަށްބޯޅަޖަހާނީ، ރފދިންވަރަކުން

    6
    5
  8. އިބުރާހިމްފުޅު

    ރައީސް މުޢިއްޒު ރައީސް ޔާމީންއަކައް ދެރަގޮތެއް ނުހައްދަވާނެ އަދި އަޅުގަނޑުމެން ބޭނުމެއްވެސްނޫން އެގޮތައް އެކަން ރައީސް ޔާމީން އަކައްވެސް އަދި މިސަރުކާރަކައްވެސް ވާކައް މިހާރު މިގައުމު މިދެކޭ ޒަމާނީ ތަރައްގީގެ ތަނބު ރައީސްޔާމީންއަކީ މިއީ ޚުޝާމަދެއް ނޫން މިކަމައް މުޅި މިޤައުމު ހެކިވާނެ

    20
    4
  9. ކާމިލް

    ދެން ރައީސް ޔާމީންގެ ތަރި މިޤައުމުގައި އަރާނެ ހެނެއް ހިއެއްނުވޭ. އެހެންވީމާ އޮއްސި ގެއްލެމުންދާ މީހެއްގެ ފަހަތުގައި ބޭކާރު ވަގުތު ދުއްވާލުމުގެ ބަދަލުގައި އެމީހަކަށާއި ޤައުމަށް ފައިދާހުރި ގޮތުގައި ވަގުތު ހޭދަކުރުމަކީ ހެޔޮ ވިސްނޭ މީހުން ކަންކުރަން އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެން.