ސަރުކާރުން ރައްޔިތުންނަށް މިހާރު ދޫކޮށްފައި ހުރި ބަންޑާރަ ބިންތައް އަމިއްލަ ބިންތަކަށް ހަދައިދޭން ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްގެންދާ ބިމާބެހޭ ބިލަށް ބަހުސްކުރައްވައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ގާނޫނުތައް ތަންފީޒުކުރުމުގައި ރައްޔިތުން އެގާނޫނުތަކަށް ހޭލުންތެރިކުރަން ޖެހޭ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ، ރައްޔިތުންނަށް މިހާރު ދިމާވެފައި ހުރި މައްސަލަތަކެއްގެ ހައްލު އެބިލުން ލިބިގެންދާނެ ކަމަށެވެ. ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ރިއަލްއެސްޓޭޓް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮމޯޓަރުންނާއި، ޑިވެލޮޕަރުންނާއި ރަޖިސްޓްރީކުރުމުގެ އުސޫލުތަކާއި، އެފަދަ މަޝްރޫއުތައް ހިންގުމުގެ ޒިންމާތައް ބަޔާންކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"މިހާރު އޮންނަ ގޮތަށް ވެއްޖިއްޔާ ރިއަސްއެސްޓޭޓް ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮމޯޓަރުންނާއި، ނުވަތަ ޑިވެލޮޕަރުން އޭނާ މަޝްރޫއެއް ހިންގަން ފަށަނީ، އެ މަޝްރޫއުގައި ބައިވެރިވަނީ އެކި ފަރާތްތައް. ކޮންމެ ފަރާތެއް، މިސާލަކަށް ހުޅުމާލެއިން ބަޔަކު ބިމެއް ނަގަނީ، އެބިން ނަގާފަ ހައުސިން މަޝްރޫއެއް، 72 އެޕާޓްމަންޓުގެ މަޝްރޫއެއް ހިންގަނީ، އެމަޝްރޫއުގައި ބައިވެރިވާ ފަރާތްތަކުން އެބަ ދައްކާ ޑައުން ޕޭމަންޓުވެސް، އެމީހުންގެ އަތުން ވަރަށް ގިނަ އަދަދަކަށް ފައިސާވެސް ނަގާ." ބޮންޑެ ވިދާޅުވިއެވެ.

އެހެން ނަމަވެސް، މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށާއި، ފައިސާކޮޅު އެހެން ގޮތަކުން މަކަރާއި ހީލަތުން ބޭނުންކޮށްގެން އެމީހުން ފިލާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެހެން ނަމަވެސް މަޝްރޫއުގައި ބައިވެރިވާ ފަރާތްތަކުގެ އެދޭ ފައިސާވެސް ވަކި އެކްސްކްރޯ އެކައުންޓެއްގައި ބަހައްޓައިގެން ހަމައެކަނި އެ މަޝްރޫތަކަށް އެފައިސާ ހަރަދުކުރެވޭ ގޮތަށް ބިލުގައި ހިމަނާފައިވާ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ، މާލެ ސަރަހައްދުން ގާތްގަނޑަކަށް 30 ބިލިއަނަށްވުރެ ރުފިޔާގެ އެސެޓްސް ނުވަތަ އެއަގުހުރި ބިންތައް މާލޭ ދާއިރާގެ ރައްޔިތުންނަށް ދެވިފައިވާ ކަމަށާއި، މިހާރު ހުރި ހުރިހާ ބިންތަކަކީވެސް ސަރުކާރުގެ ބިންތައް ކަމަށެވެ. ގާނޫނު އޮންނަ ގޮތުން ސަރުކާރުން ބިންތައް ރައްޔިތުންނަށް ދޫކުރަނީކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބަންޑާރަ އޭ ކިޔާފަ އޮންނަނީ ނަމެއްގަ. އެބިންތައް ޕްރައިވެޓް ލޭންޑުތަކަށް އަމިއްލަ ބިންތަކަށް ބަދަލުކުރަަންޖެހޭ. %10 ނުދެއްކިގެން އެބިން ބާއްވަން ޖެހޭނީ ނުހެދިފަ، ދުނިޔެ އުމުރަށް، މުސްކުޅިވާއިރުވެސް،" ބޮންޑެ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބިންތައް އަމިއްލަ ބިންތަކަށް ހަދައިފި ނަމަ އެއީ ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. ބިމެއް ދިނުމުން މިހާރު އޮންނަ ގޮތަކީ މަޝްރޫއެއް ފަށާފައި ހުރިހާ ތަކެތި ގެންނަނީ ބޭރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، ބިލު ފާސްކޮށްފި ނަމަ ރާއްޖޭގައި ގެދޮރު އަޅާ ކުންފުނިތަކަށް އެކަމުގެ ފައިދާ ވާނެ ކަމަށާއި ރާއްޖޭގެ ހާޑްވެއާ ފިހާރަތަކުން މަސައްކަތަށް ބޭނުންވާ ސާމާނު ވެސް ގެންނާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން އަމިއްލަ އެހެން ވިޔަފާރިތަކަށް ވެސް ފުރުސަތުތައް ފަހިވެ އިގްތިސާދު ފުޅާވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރޭގަނޑު ވިޔަސް ކޮމިޓީ ބާއްވައިގެން ބިމާ ބެހޭ ބިލާއި ރިއަލް އެސްޓޭޓް ބިލު ފާސް ކުރަން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެކަން ކޮށްފި ނަމަ ރައްޔިތުންނަށް ފަސޭހަވެ، އިންތިހާއަށް އިގްތިސާދު ކުރިއަރައިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނުޒްރަތް ނަޖީބް

    މި މީހުން ޗުއްޓީ އަށް ވެސް ނުދަނީތަ؟

    27
  2. ކައިދާ

    މިފަހަރު ނުހޮވުނީމަ ތި ހުރީ ބުއްދި ގޯސްވެފަ ކަމަށް ހީވާން ފަށައިފި އެހެންނާ ފަހެ

    33
  3. ހުސްވައުދު

    މި ގައުމު ވިއްކާ ލަމާތޯ އޭދުން އަޅުންގެ ގޮތުގައި ނިކަމެތިން ކޮންމެވެސް ބަޔަކު މިގައުމުގައި ގެންގުލޭނެ ނޫނީ ޣާޒާގައި ޔަހޫދިން ހަދާހެން ސަހީދުކޮށްލާނެ ފައިސާހުރި މަހުޖަނުން ކޮންމެވެސް އެހެންގައުމަކަށް ހިޖުރަކުރާނެ!

    24
  4. ްސްކޭމް

    އާނ، އޭރުންތާ ޖަރީމާއިން އެމްޑީޕީ/ޑިމޮކްރެޓްސް ހޯދާފަ ހުރި ބިންތައްވެސް ސަރުކާރަށް އަނބުރާ ނަގަން ނުކެރޭނީ.

    29
    1
  5. އިސްޢާފް ސަލީމް

    ވެރިކަމާ މަޖްލިސްގެ ސްޕަރމެޖޯރިޓީއާ ، ހުރިހާ މުއައްސަސާގެ ފުލް ޕަވަރާއެކު 5 އަހަރު ތިބެ އެކަން ނުކޮށްފަ މިހާރު ތިހެންކިޔުން ވާނީ ކަދުރު ހަލުވާޔަށް! ވަރަށް ވެދުން

    39
  6. ގަބުޅި ކަތީބު

    ނިމެންކައިރިވީމަ ޖަހާލަކިތަށް އަވަސް ވާނެ....

  7. ކިޔުންތެރިއެއް

    މޮޔަވެދާނެ..

  8. އަނިޔާ

    އަމިއްލަ އެދުމުން ފޯވެފަ ތިބި ބައިގަނޑެއް.

    13
  9. ނަހުލާއަލީ

    ދިރިއުޅެން ސަރުކާރުން ހިލޭ ދޭގޯތި އަބަދުވެސް އޮންނާނީ ބަންޑާރަ ގޯއްޗެއްގެ ގޮތުގައި އެތަންތަން އަމިއްލަ ކުރަނީނަމަ ޖެހޭނީ ފައިސާ ދައްކާ އިމިއްލަ ކުރަން މާލޭން ވިޔަސް އެހެން ތާކުންވިޔަސް އޮންނަނީ އެހުކުމް

  10. އެކޮއި

    ރައްޔިތުންނަށް ދޫކޮއްފާހުރި ލޯނުތައް ފްރީކޮއްދީ އަދި މަޖުލިސްކޮންމެ މެންބަރަކަށް ފަޅުރަށެއް ދީ،

    8
    2
  11. ހަސަން

    އޭ ބޮންޑު މައިތިރިވެގެން ބަސްއަހައިގެން ރީތިކޮއްހުރޭ ބިރުފަހަނައަޅާދާ އޮޑިފެތިއްޖެ ދެނަހުރިންތަ ބަލަތިހިރީ އެކުސްޕަޔާ ވެފަ ސައިޒުގަހުރޭ ރާކަނިމަސް ކެވިފަ ތިހިރީ

    14
  12. މުލޭ

    މިހިރީ ބިންވެރިޔާ ސްކޭމްގައި ހިންގި ސްކޭމުގައި ހިންގާފައިހުރި ޖަރީމާތަކުގައި މިމީހުންގެ ވެސް ބައިވެެރިވުން އޮތްކަން ހާމަވާ ހެކިތައް. މިހާރު މިހިފަނީ އެބިންތައް އަމިއްލަ ބިންތަކަކަށް ހަދަން. ތިކަން ކުރުމުގެކުރިން ކުރަންޖެހޭ އެހެން ކަމެއް އެބައޮތް. ގާނޫނުގައި ލިޔެ ފާސްކުރަންވީ އެއްކަމަކީ ގަވާއިދާ ޚިލާފަށް ދޮގުމަޢުލޫމާތު ދީގެންނާއި ނުފޫޒުގެ ބޭނުންކޮށްގެން ހޯދާފައިހުރި ގޯތިތަކާއި ފުލެޓުތައް، ރަޖިސްޓްރީ ކޮށްދީފައި ހުއްޓަސް އަތުލެވޭނެގޮތުގެ އިސްލާޙެއް. ޢިޚްލާސްތެރިކަމެއް ހުރިއްޔާ މިކަންކޮށްބަލަ!

  13. އަބްދޫ

    ބިން އަމިއްލަ ކުރާ ވާހަކަ ވިދާޅުވި އިރު ބިން އަމިއްލަ ކޮށްދެވޭނެ އުސޫލު ތަކަކީ ކޮބައިކަމެެއް ވިދާޅެއްނުވޭ .ދުނިޔޭގެ ގައުމުތަކުގަ ގެދޮރު އިމާރާތް ކުރަނީ ބިން ގަނެގެން ބިން އަމިއްލަ ކޮށްގެން .ރާއްޖޭގެ އަންޒަމާނުއްސުރެ ރައްޔިތުންނަށް ބިންދެނީ ހިލޭ . މަގުމަތި ވެފަ ރައޔިތުންނެތީ މިހެންވެ.ދަނޑިފަނުން ބޮލުހިޔަލެއް ޖެހެނީވެސް ހިލޭ ބިންލިބިފަ އޮތީމަ . އަދިވެސް ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ބިންގަނެވޭ ވަރުގެ ތަނަަވަސް ކަމެއްނެތް. އެމްޑީޕީ ގެ 2 ވެރިކަމުގަ ނެގި 78.5 ބިލިއަން ރުފިޔާ ރައްޔިތުގެ ބޮލުގަ ދަރަނި އަޅުވާފަ އެފައިސާ ބޭނުންކުރި މީހުން ގެއަތުގަ ބިންގަނެވެހާ ފައިސާ ހުއްޓަސް ގިނަރައްޔިތުންގެ މަސައްކަތުންއެއުޅެނީ ޓެކެްސްދައްކާފަ ކެއުމާއި ބުއިމާއި ބިލްދެއްކުން ދެކޮޅު ނުޖެއްސިގެން.އަމިއްލަ އަތުގަ ފައިސާ ގިނަވެގެން އުޅޭ ފަރާތްތަކަށް މޮޅުހިޔާލެއްހެން ހީވާ މިކަހަލަ ހިޔާލު އަންނާނެ.

  14. އަބްދޫ

    ބިން އަމިއްލަ ކުރާ ވާހަކަ ވިދާޅުވި އިރު ބިން އަމިއްލަ ކޮށްދެވޭނެ އުސޫލު ތަކަކީ ކޮބައިކަމެެއް ވިދާޅެއްނުވޭ .ދުނިޔޭގެ ގައުމުތަކުގަ ގެދޮރު އިމާރާތް ކުރަނީ ބިން ގަނެގެން ބިން އަމިއްލަ ކޮށްގެން .ރާއްޖޭގެ އަންޒަމާނުއްސުރެ ރައްޔިތުންނަށް ބިންދެނީ ހިލޭ . މަގުމަތި ވެފަ ރައޔިތުންނެތީ މިހެންވެ.ދަނޑިފަނުން ބޮލުހިޔަލެއް ޖެހެނީވެސް ހިލޭ ބިންލިބިފަ އޮތީމަ . އަދިވެސް ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކަށް ބިންގަނެވޭ ވަރުގެ ތަނަަވަސް ކަމެއްނެތް. އެމްޑީޕީ ގެ 2 ވެރިކަމުގަ ނެގި 78.5 ބިލިއަން ރުފިޔާ ރައްޔިތުގެ ބޮލުގަ ދަރަނި އަޅުވާފަ އެފައިސާ ބޭނުންކުރި މީހުން ގެއަތުގަ ބިންގަނެވެހާ ފައިސާ ހުއްޓަސް ގިނަރައްޔިތުންގެ މަސައްކަތުންއެއުޅެނީ ޓެކެްސްދައްކާފަ ކެއުމާއި ބުއިމާއި ބިލްދެއްކުން ދެކޮޅު ނުޖެއްސިގެން.

  15. ހައުލަތު

    މީނާއަށް ކިތައް ބިން ލިބުނު؟؟؟

  16. މަގޭދެކޭގޮތް

    މާލެ ސަރަހައްދުން އެއްވެސް ގޯއްޗެއް ހިލޭ ދެވިގެން ނުވާނެ. އެތަންތަން ހިއްކުމަށް ޚަރަދުކުރި ފައިސާ އެތަންތަނަށް ދައުލަތަށް ލިބެންޖެހޭނެ. ގޯތި ލިބުމުގެ ޝަރުޠުތައް ހަމަވެ އެންމެ މަތިން މާކްސް ލިބޭ ތަރުތީބަކުން ގޯތި ވިއްކުން މައްސަލައެއް ނޫން. މާބޮޑު އަގަކަށްނޫން ވިއްކާނީ. ބިން ހިއްކުމަށް ޚަރަދުވި ފައިސާ އެވްރެޖުކޮށް ޖެހޭ އަގަށް ކޮންމެވެސް މިންވަރެއްގެ ފައިދާއެއް ލާންވާނެ.

  17. ރަޝީދު ފޭދޫ

    ރައްޔަތުންނައް ދޫކުރި ބިންތަކޭ ނުކިޔާ މަޖިލީހައްވަދެތިބަ ގައުމުލޫޓުވި ދާއްބަތައް ފޭރިގެންއުޅޭބިންތަކޭކިޔާ އެމްޑީޕީގެ ވަގުބައިގަންޑައް ހައްގުނޫން ރައްޔަތުންގެ ފައިސާއިން ޚަރަދު ކޮއްގެންބަޔަކުހިއްކާފަ އޮއި ރައްޔަތުންގެ ބިމެއް އެއްބަޔަކައް ހިލޭބިން އާއްމު ރައްޔަތުން އަތުންހިތުހުރިވަރަކައްރުފިޔާ މީދެން ކިހާބޮޑުބަލާއެއް ޔާއައްލާހު މިގައުމުގައިމިވާލާދީނީބައިގަނޑައް ނުބައިބައްޔެއްފާކުރައްވައިފާނދޭވެ އާމީން