ނިމިދިޔަ ރޯދަ މަހު އެކަނިވެސް މާލެ ސަރަހައްދުގައި 800 އެއްހާ އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު އެކްސިޑެންޓްތައް ވަރަށް ގިނަ ވެއެވެ. ހާއްސަކޮށް ބައެއް ގަޑިތަކުގައި މާލެ ސަރަހައްދުގެ ޓްރެފިކް ވަރަށް ބާރު ބޮޑު ވެއެވެ.

އެކްސިޑެންޓްތަކުގައި އެތައް ބަޔަކަށް ބޮޑެތި ގެއްލުންތައް ލިބޭއިރު، މުދަލާއި ތަކެއްޗަށްވެސް ގެއްލުންތައް ލިބިގެން ގޮސްފައި ވެއެވެ.

ފުލުހުން މިއަދު އާއްމު ކުރި މައުލޫމާތަށް ބަލާއިރު، މި އަހަރުގެ ރޯދަ މަހު އެކަނި މާލެ ސަރަހައްދުގައި 798 އެކްސިޑެންޓް ހިނގާފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މާލެ ސަރަހައްދުގައި ހިނގާފައި ވަނީ 321 އެކްސިޑެންޓެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް އިތުރުވެފައިވާއިރު، މާލެ ސަރަހައްދުގެ ޓްރެފިކް ބެލެހެެއްޓުމަށް ފުލުހުން ވަރަށް ގިނައިން ހަރަކާތްތެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެކްސިޑެންޓް ގިނަވަނީ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކުޑަވުމުން، މަގުވެސް ހެދިފައި ހުންނަން އެބަޖެހޭ ރައްކާތެރިގޮތަކަށް، ހިތަން އެރި ގޮތަކަށް މަގުގައި ހިގާ އުޅެގެން ނުވާނެ މަގުގައި އެއްޗެހި ދުއްވާއިރު، ހިގަން މަގު ހުރަސްކުރަން މަތިން ބުރިޖް އަޅަން އެބަޖެހޭ، ދުއްވާ ވެހިކަލް އަކީވެސް ރަގަޅު އެއްޗަކަށް ވާންޖެހޭ އޭގައި ހުންނަން ޖެހޭ ލޯގަންޑު ފުރޮޅު، ބުރަކި ރަގަޅަށް ހުންނަންޖެހޭ، ދުއްވާމީހާ ދުއްވަން ފަރިތަވާންޖެހޭ ސަމާލުކަން ދޭންޖެހޭ ، ތިމާގެ ފަހަތުން ކުރިން އަންނަ ވެހިކަލްތަކަށް !

  2. ޝަމްނާ ސަމްސަމީ

    ރަށުން އައިސް މާލެ ފައިބާގޮތައް އެބަޖެހޭވިއްޔަ ސައިކަލެއްނަގަން.... މުޅިއެތިފުރާ ކާނިވަލެއްހެން ބޮކިފަތިދިއްލައިގެން މޮޑިފައިކޮށްގެން ގޮސް ފޮނިކަނޑަމުން ގޮސް ތަނަކަށް ދެން މި އަރުވާލަނީ ، 95 ޕަސަންޓް އާރުޓީ މީހުން އުޅޭގޮތްމިއީ ... ރަށުގަ ވެލިގަނޑު މަތީގަ މިގޮތަށް ހިފާފަ ނުދުއްވޭތީ ކަންނޭނގެ މިތާ އެގޮތަށް އެއުޅެނީ... މާލެކުދިން ނޫޅޭނެ އެހެނެއް،،، ގެރެންޓީ...

    1
    1