ފުލުހުން ތަހުޤީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ދެ ބިދޭސީއަކު ހޯދަން އިއުލާންކޮށްފިއެވެ.

ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝްގެ ދެ މީހުންނެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހޯދަމުންދަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޝޮހެދުއްލާ، (34)، އާއި އެ ގައުމަށް ނިސްބަތްވާ ކޮކޮން މިއާ، (40) އެވެ. މި ދެމީހުންނަކީ ވެސް ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ބައެކެވެ.

ފުލުހުން ބުނީ މި ދެ މީހުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރޭގަނޑު 8:00 އަށް މަނަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، ހާޒިރުވާން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ބިދޭސީން ފިލައިގެން އުޅުމަކީ ވަރަށް އާންމު މައްސަލައެކެވެ.

ރާއްޖޭގެ ނިސްބަތުން ބަލާއިރު ފިލައިގެން އުޅޭ ބިދޭސީންނާއި ކުށުގެ ވެށީގައި އުޅޭ ބިދޭސީން ވަރަށް ގިނައެވެ. އެހެންކަމުން ސަރުކާރުން ދަނީ އެފަދަ މީހުން ހޯދައި ސިސްޓަމް ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިޔަށް އޮތް އަހަރު ތެރޭ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ފާހަގަކޮށް ޤާނޫނާ ގަވައިދަށް ފެއްތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ކުށުގެ ވެށީގައި އުޅޭ ބިދޭސީން 48 ގަޑިއިިރުތެރޭ ޑީޕޯޓްކޮށްލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ރާއްޖެއަށް ވުރެ ފަސޭހަ އިން ބިދޭސީން ފާހަގަ ކުރެވޭނެ ގައުމެއްނެތް . ރަށްރަށުގެ ކައުނސިލްތަކަށް އަންގާ އެރަށްރަށުގަ އުޅޭ ހުރިހާ ބިދޭސީން ގެ ރަޖިސްތަރީ އެއް ތައްޔާރުކުރުމަށް .އެ ރަޖިސްޓަރީގަ ވޯކްޕާމިޓް ލިބިގެން ވަޒީފާ އަދާކުރާ ފަރާތްތަކާއި ޕާމިޓް ނެތި އުޅޭ ފަރާތަތައް އެގޭގޮތަށް ހުންނަނަޖެހޭ މައުލޫމާތުގެ ތެރޭ އެމީހުންދިރިއުޅޭ ތަނަކާއި އެމީހުން ރާއްޖެ އެތެރެވިގޮތަކާއި އެޖެންސިއަކުންއައި ނަމަ އެޖެންސީގެ ނަންފަދަ މުހިންމު މައުލޫމާތު ހިމެނުމަށް.ފުރާދުއްވާ އެއްޗެއްގަ ބިދޭސީން އެއްރަށުންއަނެއްރަށަށް ގެންދިއުމުގަ އަމަލުކުރަންޖެހޭ އުސޫލު ވެސް އާނަމުކުރައްވާ.އޭރުނަ އަވަސް ހައްލު ލިބިދާނެ. މިކަން ކުރަންވާނީ ވަޒީފާ ހޯދާދިނުމަށް ހަދާ ދަފްތަރެއްގެ ނަމުގަ.

  2. ިސސެ

    ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ފާހަގަކޮށް ޤާނޫނާ ގަވައިދަށް ފެއްތުމުގެ މަސައްކަތްދަނީ ކުރަމުންނެވެ!!!!!!!!!!!!ކާާކު ކުރަނީ ތިކަނ