މ. ދިއްގަރުގެ ލޯންޗެއް ރޭ ވަގަށް ގެންދިޔަ 14 އަހަރުގެ ފިރިހެން ކުއްޖާ އާއި އޭނާގެ ލޯބިވެރިޔާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެއެވެ.

ދިއްގަރަށް މީގެ ދެ ދުވަސް ކުރިން ގެންދިޔަ ލޯންޗެއް ގެއްލުމާއި ގުޅިގެން ރޭ މީހަކު ވަނީ ލޯންޗު ވަގަށް ނަގާފައިވާ ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ޖަހާފައެވެ.

މިއަދު އެމީހާ ކުރި އެހެން ޕޯސްޓެއްގައި ބުނެފައިވަނީ ލޯންޗް ފެނިފަައިވާ ކަމަށެވެ. އަދި އެރަށުން މާލެއަށް ލޯންޗް ވަގަށް ނަގައިގެން ދިޔައީ އުމުރުން 14 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ބުނެފައިވެއެވެ. އެކަން އެހެން މަސްދަރުތަކުން ވެސް "ވަގުތު"އަށް ވަނީ ކަށަވަރުވެފައެވެ.

ފުލުހުން ވިދާޅުވީ މ. ދިއްގަރުން ލޯންޗެެއް ގެއްލިގެން މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ ލޯންޗު ފެނިފައި ވަނީ ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލް ފަޅުގައި އޮއްވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

މައުލޫމާތު އެނގޭ މީހަކު ކިޔާދިންގޮތުގައި އޭނާ މާލެ އައީ ލޯބިވެރިޔާ އާ ބައްދަލު ކުރާށެވެ. އެ އަންހެން ކުއްޖާއަކީ 13 އަހަރުގެ ކުއްޖެކެވެ. އެ ކުއްޖާވެސް ވަނީ މި ފިރިހެން ކުއްޖާއާ ބައްދަލު ކުރުމަށް ގެއިން ފިލައިގެން ގޮސްފައެވެ.

އަދި އެ އަންހެން ކުއްޖާ ގެއިން ފިލުމުން އާއިލާއިން ފުލުހުންނަށްވެސް ރިޕޯޓް ކުރިއެވެ.

އެނގިފައިވާގޮތުން ފުލުހުން ވަނީ އަންހެން ކުއްޖާ އާ ފިރިހެން ކުއްޖާވެސް ހޯދާފައެވެ.

މިކަމާއި ގުޅިގެން ފަހުން ފުލުހުން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. 20000

    އަހަރެން ހީކުރީ މިހާރު ރޯމިއާ ޖޫލިއަޓް ، އަދި ދޮން ހިޔަލަ އާއި އަލިފުޅު މަރުވެއްޖެ ކަމަށް. މިހާރު އުލެނީ އެއްޗިސަން ވާ ލޯބި ފައިސާއަށް ވާ ލޯބި. އެކަން ނިމުނީމަ ނިމުނީ. ކެހިވެރި ލޯބި

  2. ސަނީ

    ހިންދީ ޑްރާމާ އަކަށް ވުރެވެސް ކުރީގައި. އުމުރުން އަދި އެންމެ 13، 14 އަހަރު.

  3. މއކ

    ދަރިން ތަރުބިއްޔަތު ކުރެވޭގޮތް މޮޅީ ހަމަ. ތިކަމުގަ ބެލެނިވެރިން ޒިންމާދާރު ކުރުވާ ފިޔަވަޅު އަޅަންވީ

    4
    4
    • ކަލޯ

      ތިޔަކު ބެލެނިވެރިންގެ މައްސަލައެއް ނެތް. ދަރިން މަގުފުރެދިގެން ދަނީ ހަމަ އެދަރިން އަމިއްލައަށް. ނޫންނަމަ ނޫޙުގެފާނު އަދި ޔައުގޫބުގެފާނު ދަރިން މުޢުމިނުން ކަމުގައި ވީސް. ވއލހއއލމ

  4. ބުރޯ

    ތިވަނީ ހަގީގީ ލޯބި. މިލޯބީގައ ދެވޭތަނެއް ކުރެވޭކަމެއް ނޭނގޭނޭ

    2
    1
  5. ކޮޔާ

    ތިދެކުދިން ލައްކަ ކަމެއް ނުހިންގަނީސް ތިވަރަކުން ނުފިލާނެ އަންހެންކުއްޖާއަށް ތޭރަ ފިރިހެންކުއްޖާއަށް 15 މިހެންވީމައޭ މަބުނީ މަޖިލީހުން ބޮޑެތި މީހުނާކުޑަކުދިން ގެ ޢުމުރު ކަނޑައެޅީމަ ކަމކުނުދެޔޭ ކުއްޖާ ނުވ އަހަރުން ބާލިޣުވޭ މަދު ކއްޖަކު ނޫނީ ދެން މަޖިލިސް ވަންނަން ޖެހޭތަ މިކަމަށް

  6. Anonymous

    މީގެ ދެއަހަރު ކުރިން ލ އަތޮޅުގެ ދެ ލޯބިވެރިން ވެސް ބޮއްކުރާ އެއްގައި ދަނިކޮށް ބަންޑުން ޖަހާލައިގެން ލޯބިވެރިޔަކު ގެއްލުނު ވާހަކަ ވެސް ނޫސްވެރިން ނޫސްތަކުގައި ލިޔާ އުޅުނު، މިހާރު އަނެއްކާ މިއޮތީ ލޯބިވެރިންގެ ވާހަކައެއް، ލޯބިވެރިން އެމީހުންގެ ލޯބީގެ ތަރަހަ ވަކި ހިސާބެއްގައި ބަހައްޓަން ޓުރޭނިން ކޯސްހަދަން އެބަޖެހޭ، ލޯބީގެ މައިދާނަށް ފަރިތަ ނުގުޑަފަދަ، ނަފުސު ކޮންޓުރޯލް ކުރެވޭ ފަދަ އަޒުމް ވަރުގަދަ މީހަކަށް، ލޯބީގެ ގުލް ގަސްތާ ތަކުން ލޯބީގެ ފޮނިމީރުކަން ލިބޭނީ ! ލޯބީގެ ކުލަތަކަކީވެސް ވަރަށް ތަފާތު އެއްޗެއް، ލޯބީގެ ރަހަޔާއި އިހުސާސަކީވެސް ތަފާތު އެއްޗެއް، ލޯބީގެ މަސްތަކީ އެއިގެ ޒާތުގައި ނަފުސު ހަލާކު ކޮށްލާނެ ވަރުގަދަ ވިހަ ޒަހަރެއް، ހަމަގޮތުގައި ބެލެންސު ނުކުރެވިއްޖެނަމަ، އެއިގެ މިސާލެއް ލައިލާ މަޖުނޫނު އަކީ ! ލޯބިވެރިން ނަށް ﷲ ކެއްތެރިކަން ދެއްވާށި !

  7. މުޙައްމަދު

    ޖީޓީއޭ!!؟

  8. the Maldivians

    ތިއޮތީ ރޯމިއޯ ޖޫލިއަޓް މަލްޑީވް ވާޝަން ފެށިފަ

  9. ރަހީމު

    މިއީވަރުގަދަލޯތްބެއް މައްޟޫރުވާނީ ލައިލާ އާއި މަޖުނޫނު ޢަދި ދޮނހިޔަލަ އާއި ޢަލިފުޅު މިދެލޯބިވެރިންގެ ނަންވެސް ވާނީމިލިސްޓުގަ ހިމަނަން މި ސްޓޯރީގެ މައްޗައް ފިލްމެއް ކުޅެން ޑަރެކްޓަރު ޓެޑުރީ އައް ހަރުއަޑުން ގޮވާލަން

  10. ފަލަކް

    ފުލުހުން ހާދަ މޮޅޭދޯ މިހަާރު،

  11. ޑަބިޔާ

    ރާއްޖޭގައި މިހާތަނައް އެންމެ އާދަޔާހިލާފް ލޯއްބެއްގައި ކުރެވިފައިވާ އެންމެ އާދަޔާ ހިލާފު ކަންތައް. ލައިލާ މަޖުނޫން

  12. Anonymous

    ފިރިހެން ކުއްޖާގެ އެއް އަތާއި އަންހެން ކުއްޖާގެ އެއް ފައި ކަނޑައި އަދަބުދޭންވީއެވެ. އަދަބު ނުދިނުމަކީ ވައްކަންކުރުމަށް ހިތްވަރުދިނުމެކެވެ.

    4
    2
  13. ާޮޖޫލިޔަޓް

    ލޯބި ވެއްޖެ