ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 61 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ދެކުނުގެ ރަށެއްގައި ހިމެނޭ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ކުއްޖާ އަށް ޖިންސީ ގީނާކުރި މައްސަލަ ހޫނުވެ، އެމީހާ ހައްޔަރު ނުކުރާތީ އެރަށުގައި މުޒާހަރާވެސް ކުރިއެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސް ގޮތެއްގައި ތަހުގީގު ކުރަމުންދާ މައްސަލަތަކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ވަކިރަށެއް އަދި އެމީހާގެ ވަނަވަރުވެސް ޖަހަންވީ

    20
  2. ނަސީރު

    ފުލުހުންނައް ބުނެލަން އޮތީ ވަރައް ގިނައިން މިހާރު ، ވަކި މީހަކު ދުއްވާލަން ލަނޑު ޑެންވެސް މިކަހަލަ ކަންކޮއްފައި އެބަހުރި ، ވީމާ ކުއް ކުރިކަމައް ބުނާ މީހާ ހަތްޔަރު ކުރުމުގެ ކުރިން ރަނގަޅައް ބެލުން އެދެން