ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ޚާއްސަ މަންދޫބުގެ ގޮތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ގަމްބިއާއަށް ފުރާވަޑައިގެންފިއެވެ.

ޝަހީމް ގަމްބިއާއަށް ވަޑައިގެންފައިވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސަމިޓް އޮންނަނީ ކޮން ދުވަހަކު ކަމެއް އަދި ސަމިޓު ނިންމާލުމަށްފަހު ޝަހީމް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އަދި އެނގިފައެއް ނުއެވެ.

ޝަހީމް ގަމްބިއާއަށް ފުރާވަޑައިގެންފައިވަނީ ސައުދީގައި އޮތް މުސްލިމް ވޯޑް ލީގުގެ ސުޕްރީމް ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު