ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީއިން ބުނީ ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށި ޒޯން އޭގެ އޭރިއާ ބީގައިވާ ނުވިކި ހުރި ބިންތައް ކަމަށެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ:

ޕްލޮޓް 1، ޕްލޮޓްގެ އަދަދު: 64، ބޮޑުމިން (އަކަފޫޓުން) 4،999-2،500

ޕްލޮޓް 2، ޕްލޮޓްގެ އަދަދު: 42، ބޮޑުމިން (އަކަފޫޓުން) 9،999-5،000

ޕްލޮޓް 3، ޕްލޮޓްގެ އަދަދު: 2، ބޮޑުމިން (އަކަފޫޓުން) 14،999-10،000

އެޗްޑީސީން ބުނި ބިން ވިއްކާނީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ކަމަށާއި ނުވަތަ 100 އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުންޏަކަށް ކަމަށެވެ. ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ވަނީ ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިންގަތުމަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.

މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް ބިން ގަތުމަށް އެދޭ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމު ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމުން މައުލުމާތު ހިއްސާ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި މިކަމާއި ބެހޭ އިތުރު މައުލުމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުއްވުމުން ލިބޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު