ވިއްސާރައާ ގުޅިގެން ސައުދީ އަރަބިއްޔާގެ ދަހްރާންގައި ހުންނަ ކިންގް ފަހުދު ޔުނިވާސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްގެ ކެމްޕަހުގައި ހުންނަ ދަހްރާން މިސްކިތުގެ ބައެއް ވެއްޓިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި މިސްކިތުގެ ބޭރުން ބޮޑުކުރި ބައިގެ ފުރާޅު ވަނީ ވެއްޓިފައެވެ. މިކަން ހިނގި މިވަގުތަކީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ވައިގަދަވި ވަގުތެކެވެ.

ގެއްލުން ލިބުނު އިމާރާތަކީ މީގެ 20 ވަރަކަށް އަހަރު ކުރިން މެޓަލް ޕެނަލް ރޫފިން އާއި އެކު ގިނަ އަދަދެއްގެ މީހުން ނަމާދު ކުރެވޭ ގޮތަށް ތައްޔާރު ކުރި މިސްކިތުގެ ބައެކެވެ. މިސްކިތުގެ ކެޕޭސިޓީ ފުޅާކުރުމަށް ފަރުމާކޮށްފައިވާ މި ސަރަހައްދަކީ މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުންވި އެއް ސަރައްދެކެވެ.

1974 ވަނަ އަހަރު ބިނާކުރި ޒަމާންވީ ބިނާކަމުގައިވާ މި މިސްކިތަކީ ޔުނިވަރސިޓީގެ ކެމްޕަހުގެ ވަރަށް ބޮޑު ބައެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން މި ސަރަހައްދުގައި އާންމުވެފައިވާ މިފަދަ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.