ރާއްޖޭގައި އިހުސާސްކުރެވޭ ފިނި ހޫނުމިން މިހާރު ހުރީ 40 ޑިގްރީ ސެލްސިއަސްގައި ކަަމަށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ(މެޓް)އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން ވަނީ މިއަދު 11:00ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން ހުރި މިންވަރާއި އިހްސާސް ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ފިނިހޫނުމިން ހުރި ވަރުގެ ތަފްސީލްތައް ދީފައެވެ.
މެޓް އޮފީހުން ކުރި ބުނިގޮތުން ހދ. ހަނިމާދޫގެ ފިނިހޫނު މިން 32.4 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 40.8 ގައެވެ. މާލެ ސަރަހައްދަށް ފިނިހޫނުމިން 33.2 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 46.0 ގައެވެ.
ލ.ކައްދޫ ފިނިހޫނުމިން ހުރީ 31.9 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 41.6 ގައެވެ. އައްޑޫ ސިޓީ ގަމުގައި ފިނިހޫނު މިން ހުރީ 32.1 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 43.5 ގައެވެ.
ގދ. ކާޑެއްދޫގެ ފިނިހޫނު މިން ހުރީ 31.9 ޑިގްރީ ސެލްސިއަސްގައެވެ. އަދި އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 43.2ގައެވެ.
މެޓް އޮފީހުން ބުނީ އިހުސާސް ކުރެވޭ ފިނިހޫނުމިން ބިނާވަނީ އެ ސަރަހައްދެއްގެ އަސްލު ފިނިހޫނުމިނާއި ވައިގެ ތެތްކަމުގެ އެވްރެޖް ނިސްބަތަށެވެ.
މިއަދު މާލޭގައި ހޫނުމިން 50 ގައި ހުންނާނެ ހެދުނު 10 ގައިވެސް !
އިންޑަސް ޓުރިއަލް ވިލެޖު ކިއާތަނެއް ހިއްކީ ކުރީގެ ސަރުކާކުން ކުރީސަރުކާރުން ކުރިކަމަކައް ނޫހުންހެދިއަސް ނުވާނެ
40 އަށް އެރީމަ އޮފީސްތަކާއި ސްކޫލްތައް ބަންދުކުރަންޖެހޭނެ.