ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަނެއްކާ ވެސް ވެއްޓިއްޖެއެވެ.

ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޑޮލަރުގެ އަގު މިވަގުތު ހުރީ 17.30 އާއި 17.60 އާއި ދެމެދުގެ އަގެއްގައެވެ. އެއީ ޑޮލަރު ވިއްކާ ނަމަ 17.60 އަދި ގަންނަ ނަމަ 17.30 ރޭޓުންނެވެ.

މިއަހަރުގެ ފެށުނުއިރު، ޑޮލަރުގެ އަގު ހުރީ 17.70 އާއި 18.00 އާއި ދެމެދުގެ އަގުތަކެއްގައި ކަމަށް އެމީހުން ވަނީ ބުނެފައެވެ. އެއެން ކަމުން މިއީ އޭރާއި އަޅާބަލާއިރު، 20-40 ލާރީ ކުޑަ އަދަދެކެވެ.

އެފަރާތްތަކުން ބުނާ ގޮތުގައި ޑޮލަރުގެ އަގު ދަށަށް ގޮސްފައިވަނީ ބާޒާރުގައި ދައުރުވާ ޑޮލަރުގެ އަދަދު އިތުރުވެފައިވާތީއެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީންނާއި ރާއްޖޭގައި ހުއްދަ ނޫން ގޮތެއްގައި ވިޔަފާރި ކުރާ ބިދޭސީންގެ އަދަދު އިންތިހާ އަށް ވަނީ އިތުރުވެފައެވެ. ގަވާއިދާ ހިލާފަށް އެތައް ހާސް ބިދޭސީންނެއް ރާއްޖޭގައި އުޅޭ އިރު ސަރުކާރުން ވަނީ މިކަން ހައްލު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެފަދަ މީހުން އަނބުރާ ގައުމަށް ފޮނުވައި ގަވާއިދަށް ފެއްތުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޔާގީ

    ކަޅު ބާޒާރު އޮންނާކަށެއް ނުޖެހޭ. ހުސް ދޮން ބާޒާރު އޮންނަން ޖެހެނީ.

    3
    1
  2. ޢަހޫތަ

    ތިއަގުގަ ޑޮލަރު ލިބެނީ އާދަނުގެ އަތުންތޯ

  3. ކަލޯ

    ޑޮލަރު އަގުވެއްޓެނީ ޑޮލަރު ގިނަވެގެން އެކަންޏެއްނޫން. މިހާރު ޑޮލަރުގެ އަގުވެއްޓިފައިމިވަނީ ސަރުކާރުން އެޅި ފައިސާ ޗާޕު ނުކުރުމުގެ ސަބަބުން ޑޮލަރު ގަންނާނެ ފައިސާނެތީމަ. އަބަދުވެސް ޑޮލަރު ހުރޭ. ދިވެހި ފައިސާ މީހުންގެ އަތުގައި ގިނަވީމާ ޑޮލަރު ޑިމާންޑު ބޮޑުވަނީ. ފައިސާ ޗާޕް ނުކުރަން ނިންމި ނިންމުމަކީ މިސަރުކާރުން އެޅެ ވަރަށް ހަރުދަނާ އިގްތިސާދީ ފިޔަވަޅެއް

  4. ހަސަންޓޭ

    ހުރިހާ ޕްރޮޖެކްޓް ތަކެއް ހުއްޓާލައިގެން އިޤްތިޞާދު މަޑު ޖައްސާލައިގެން ރައްޔިތުންނަށް ދައްކާ އަވާ މެންދުރެއް

  5. ނަސީދު

    ކާކު ބުނި ވާހަކަ އެއް އަހަރެންމީ ގިނައިން ޑޮލަރު ގަނެ ވިއްކާ މީހެއް ޗާންދަނީ މަގު އެމް އެމް އޭ ކައިރި ކަންމަތީގަ އިންނަތަނައް ދުވަހަކުވެސް އަދި ތިރޭޓުގަ ނުލިބޭ...

  6. Anonymous

    މިއަދު ޤައުމުތަކާއި އަފުރާދުން ބަނގުރޫޓުވެ އިނދެޖެހެނީ ވޯލްޑު ބޭންކާއި އެބޭންކުގެ ދަށުން ޤައުމުތަކުގައި ހިންގާ ރިބާ ބޭންކު ތަކުން ދޫކޮށްފައިވާ ރިބާ ލޯނުގެ ސަބަބުން، ރިބާ ކެއުން އެންމެން އެއްފަހަރާއި ހުއްޓާލައިގެން !