16 މީހުންނާއި އެކީ ދަތުރު ކުރަމުން ދިޔަ ބޯޓެއް ފަރަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، 16 މީހުންނާއި އެކީ ދަތުރު ކުރަމުން ދަނިކޮށް ފަރަށް އަރާފައިވަނީ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެ ބޯޓު ފަރަށް އަރާފައިވަނީ މާލޭން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް ދަތުރު ކުރަމުން ދަނިކޮށް އެމްއެންޑީއެފުން ވަނީ ވިދާވެފައެވެ.

މި ބޯޓު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއި އެކީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު