ހދ. ކުޅުދުއްފުށީ ގެއެއްގެ ބަދިގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ ކުޅުދުއްފުށި ސިޓީ، "ގޮންބުލިމާ" ގޭގެ ބަދިގޭގައި މިއަދު ހެނދުނު 10:30 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

އެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަ ސްޓޭޝަންގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކުރިއެވެ.

އެގޮތުން ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 10:40 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެޕްއިން ބުނީ މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަށެވެ.