އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ފަށާފައިވާ ކަމަށާއި އެ ބިލު މިހާރު ދައްކާފައިވާ ފަރާތްތަކަށް އަންނަ މަހު ޑިސްކައުންޓް ދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ، އެންމެ ފަހުން ތައްޔާރު ކޮށްފައިވާ އޭޕްރިލް މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލުތައް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ފެނަކައިން ބުނީ، މިއަދު ޑިސްކައުންޓް ބިލުތައް ފޮނުވާއިރު، އެބިލުތަކުގެ ޑިސްކައުންޓް ހިމެނުމުގެ ކުރިން ބިލް ދައްކާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެ ކަމަށެވެ.

އޭޕްރިލް މަހުގެ ފެން ބިލާއި ކަރަންޓް ބިލު ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނައިރު، ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު މީގެ ކުރިން ވިދާޅުވީ، ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓް ބިލުތަކުން ރައީސް އެދިވަޑައިގެންނެވި ގޮތަށް ލުއި ދެވިފައި ނުވާކަން ފާހަގަ ކުރެވިފައިވާތީ، އެކަން އިސްލާހު ކުރުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ކުރިޔަށް ދިވެހިގައުމު. ރައީސް ޑރ.މުއިޒް ޒިންދާބާދު.

    4
    2
  2. އަބދޫ

    ކުރީމަހުގެ ބިލުގެ އިތުރަށް ރަމަޒާނަމްހު ފެނާއި ކަރަންޓަށް އިތުރަށް އަރާފައިވާ މިންވަރު އެކުގަ ކަނޑާލަންޖެހޭނެ. އެއީ މިކަމުގަ ވެފައިވާ ވައުދަކީ.

  3. އަބްދޫ

    ފެނާއި ކަރަންޓް ބިލްތަކަށް މަކަރުހަދަންފަށާފަ ވަނީ 2009 ގެ އެމްޑީޕީ ސަރުކާރުން .2009 ގަ އެމްޑީޕީ ންވަކިވަކި ބޭފުޅުންނަށް ޒީރޯ ބިލްތަކާއި 2000 ން މަތީ ޑިސްކައުންޓް ދީގެން ބިލްކުރުމަށްފަހު އެފައިސާ ނެގީ ފެނާއި ކަރަންޓް ދޫކުރާ ޕަވަރ އަށް ބަދަލުހެނެސްގެނަ ކަމަށް ތުހުމަތުކުރެވޭ.. އެގޭކަމަކީ މީޓަރ ޗެކްކުރަން އޮންނަ ޕަވަރަށް ވުރެ އިތުރަށް ޕަވަރ ދީފިނަމަ ފެންވެސް ކަރަންޓް ވެސް މީޓަރ ބާރަށް އެނބުރިގަންނާނެކަން.

  4. ދިރާސާ

    އަންނަމަހު ބިލް ބޮޑުވާނެ އެއީ ކުލަބޮކިފަތި ދިއްލާތީ،

  5. Anonymous

    ޑިސްކައުންޓުދީފަ ބަހައްޓާ، އަންނަ މަހު އެބައި އިތުރުކޮއްލާނެ، ދެން ލިބޭނި ހުސް ބޮޑު ވެފަ ހުރިބިލް، .