ގދ. ފަރެސްމާތޯޑާއަށް ދަތުރު ކުރަމުން ދަނިކޮށް ފަރަށް އެރި ބޯޓު ފުންކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، 16 މީހުންނާއި އެކީ ދަތުރު ކުރަމުން ދަނިކޮށް ފަރަށް އަރާފައިވަނީ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެ ބޯޓު ފަރަށް އަރާފައިވަނީ މާލޭން ފުރައިގެން ގދ. ފަރެސްމާތޮޑާއަށް ދަތުރު ކުރަމުން ދަނިކޮށް އެމްއެންޑީއެފުން ވަނީ ވިދާވެފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ ބޯޓު ފުންކޮށްފައިވަނީ މިއަދު ހެނދުނު 11:10 އެހާކަންހާއިރު ކަމަށެވެ.

ބޯޓު ފުން ކުރުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިހާދިސާއާއި ގުޅިގެން ވޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަންބު

    އަޅެފަހެ ކޮންތަނަކު އޮތް ފަރަކަށްހޭ ދޯނި އެރީ؟