ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯއިން ތަފާތު ހަރަކާތެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށްޓަކައި، ތަފާތު މާޙައުލަކުން ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުޞަތާއެކު، ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

އެ ހަރަކާތް ބާއްވަނީ އަންނަ ހުކުރު ދުވަހުގެ ހެނދުނު 8:00 އިން 10:00 އަށް އަދި ހަވީރު 4:00 އިން 6:00 އަށް މާލޭގައި ހުންނަ ސްޓެލްކޯ އިމާރާތުގައެވެ. އެ ހަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުވަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހަކީ މޭ 10 އެކެވެ. ކޮންމެ އަހަރަކުވެސް ސްކޫލްތަކުގައި ކުލަގަދަކޮށް ކުޑަކުދިންގެ ދުވަސް ފާހަގަކުރެއެވެ. ކުޑަކުދިންގެ ހައްޤުތައް ރައްކާކޮށް ކުޑަކުދިން ހިމާޔަތްކޮށް އެކުދިންނަށް ފާގަތި މުސްތަގުބަލެއް ހޯދައި ދިނުމަށް ކޮންމެ މަންމައަކާއި ބައްޕައަކު ވެސް ބޭނުންވާނެއެވެ. އަދި ސަރުކާރުންވެސް މިކަމަށް އަންނަނީ ބާރުއަޅަމުންނެވެ. އެގޮތުން މިކަހަލަ ދުވަހެއްގައި އެކުދިންނާއެކީ ތަފާތު ކަމެއް ކޮށްލާ ހަދިޔާ ބަދަލުކޮށް ހެދުމުން އާއިލީ ގުޅުން ބަދަހިވެ އެކުދިންނަށް އުފާވެރިކަން ލިބިގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސުވާލަކީ މިއަދު އެކަނި ހެއްޔޭ ކުޑަކުދިންގެ ދުވަހަށް ވާންވީ. ނުވަތަ ކޮންމެ ދުވަހަކީވެސް އެ ކުދިން ބަލައި ބޮޑުކޮށް ތަރުބިއްޔަތު ކުރަން ޖެހޭ ދުވަހެއް ތޯ.
    މިއަދު އެކަނި ކުޑަކުދިންގެ ދުވަހަށް ވަންޏާ އެއީ ވަރަށް ބޮޑު ބޭއިންސާފެއް ނޫންތޯ؟