ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އިންޑިއާ ސިފައިންތަކުގެ ތެރެއިން މިހާތަނަށް 51 ސިފައިންގެ މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރާއްޖޭގެ ތިން ޕްލެޓްފޯމެއްގައި އިންޑިއާގެ ސިފައިން ތިބި ކަމަށާއި އެފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފައިބާނެ ކަމަށް މީގެ ކުރިން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި ސިފައިން ފޭބި ކަމަށް ސަރުކާރުން ހާމަކުރިނަމަވެސް، ފޭބި ސިފައިންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މީހުންގެ ތެރެއިން ދެ ޕްލެޓްފޯމެއްގައި ތިބި 51 ސިފައިން މިހާރު ފޮނުވާލެވިފައިވާ ކަމަށެވެ.

އަދި ސަރުކާރުން ކުރިން ވެސް ހާމަކުރި ގޮތަށް މިމަހުގެ 10 ގެ ކުރިން ހުރިހާ ސިފައިން ފޮނުވާލެވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.

"މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި 51 ފައިބައިގެން ދިޔަ. މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބައިގެން ދިއުން އެއީ ސަރުކާރުން އަދި އެކަން އޮތް ގޮތަކީ" ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބައިގެން ދިއުމުން އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.

ރާއްޖޭން ފޭބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރުން ހާމަކޮށްފައިވާއިރު، ރާއްޖޭން އިންޑިއާ ސިފައިން ބޭލުމާއި ގުޅޭ ރަސްމީ މަޝްވަރާތައް ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރަމުންނެވެ. އެގޮތުން މިހާތަނަށް އޭގެ ހަތަރު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހުމަދު

    الله أكبر! އެމީހުން އެންމެން ފައިބައިފިނަމަ އެދުވަސް ދިވެހިތާރީހުގައި ލިޔެ ދެންއަބަދު ފާހަނގަކުރަންޖެހޭނެ!

    28
    1
  2. ޅަސޮރު

    އެއީ ރާއްޖޭގައި ނެތް ކަމަށް އ މ ޞ ވިދާޅުވެލެއްވި މީސްކޮޅުދޯ

  3. ޙެހެހ

    އަދިވެސް ޖުމްލަތިބި އަދަދު ބުނެނުދެވޭތޯ ! ޙަމަ ނުރައްކަލީދޯ !!!!

  4. އަލީ

    މުއިއްޒަކަށް އެމީހުން ނުބޭލޭނެ މުއިއްޒައްބޭލޭނީ އެމީހުންގެ ޔުނީފޯމް މުއިއްޒުއިތުރުފުޅު ނަހައްދަވާ އަހަރެންނަކީ އެމީހުންއުޅޭރަށެއްގެ ރައްޔިތެކީމެވެ.

  5. ކުކުޅޭ

    އިންޑިއާ ސިފައިންގެ އަޅުވެތިކަމުން މިގައުމު ސަލާމަތް ކޮށްދިން ގާޒީ އަލްއަމީރު ރައީސް ޑޮކުޓަރ މުއިއްޒުއަށް ސެލިއުޓުކުރަން އަޅުގނޑުމެންގެ ގައުމަށް މިއަދު ބޭނުންވަނީ ރައީސް ޑޮކުޓަރ މުއިއްޒުފަދަ ކުޅަދާނަ ގައުމުދެކެ އިންތިހާއަށް ލޯބިވާފަދަ އަބުތޯލުން އިންޑިއާސިފައިންގެ އަޅުވެތިކަން މިގައުމުގަ ދެމެހެއްޓި އެންމެހާ ހާއިނުންނަށް މިއަދު ރާއްޖޭގެ ރަށްޔަތުން ގޮންޖަހަން.

    3
    2
  6. Anonymous

    ސޯލިޙޫ ނެތް ސިފައިން ދޯ މިބާލަނީ
    ކޮންހާ ދޮގު ތަކެއްތަ ޗަހެދީ

  7. ޅަސޮރު

    މިއީ ނެތް މީހުންތަ؟

  8. 2222

    އެހެންވީމާ އިބުރާހީމް މުހައްމަދު ޞާލިހު ރިޔާސީ ބަހުސްގައި ހެދީ ދޮގުކަން މިސާބިތުވީ. އަދި ދޮގުހަދާމީހުން ދޮގު ދޮލަނގޭ ކިޔާ އެހެންމީހުންނާ ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވަނީ.
    ކޮބާލަދު؟