މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާންމު މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލްގެ ހުސްވެފައިވާ އާންމު މެންބަރުގެ މަގާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު އިންތިހާބުގައި ވާދަ ނުކުރުމަށް ނިންމުމުން، އިންތިހާބު ބޭއްވޭވަރަށް ކެންޑިޑޭޓުން ނެތުމުގެ ސަބަބުން، ކުރިންކޮށްފައިވާ އިއުލާން ބާތިލްކޮށް އަލުން އިންތިހާބަށް ކުރިމަތިލުމަށް އިއުލާން ކުރާ ކަމަށެވެ.

އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ. ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.

މީޑިއާ ކައުންސިލުގެ އާންމު މެންބަރުކަމަށް އެދޭ ފަރާތްތަކުން މެއި 16ގެ ކުރިން ފޯމާއި ގުޅުން ހުރި ތަކެތި ހުށަހަޅަން ޖެހޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ 7 ވަނަ ދައުރުގެ މެމްބަރުންނަކީ:

  • އަޙްމަދު މުޞްޠަފާ – ކައުންސިލް ރައީސް
  • ހުސެއިން ޝަރީފް – ކައުންސިލް ނައިބް ރައީސް
  • އަޙްމަދު އާޒިފް – ކައުންސިލް މެންބަރު
  • އަޙްމަދު އަމީން މުޙައްމަދު – ކައުންސިލް މެންބަރު
  • މުހައްމަދު އަފްރާހް – ކައުންސިލް މެންބަރު
  • މުޙައްމަދު ސިމާޢު – ކައުންސިލް މެންބަރު
  • މޫސާ ރަޝީދު – ކައުންސިލް މެންބަރު
  • މުޙައްމަދު ނަޞީރު – ކައުންސިލް މެންބަރު
  • ޢަލީ ނިޝާން – ކައުންސިލް މެންބަރު
  • ފާޠިމަތު ޝާޒުލީ – ކައުންސިލް މެންބަރު
  • ޢަލީ ރަޝީދު އިބްރާހީމް – ކައުންސިލް މެންބަރު
  • ޢަލީ އާދަމް – ކައުންސިލް މެންބަރު
  • ޢަލީ އިސްމާޢީލް – ކައުންސިލް މެންބަރު
  • އަޙްމަދު މިޒްމާދް – ކައުންސިލް މެންބަރު

މޯލްޑިވްސް މީޑިއާ ކައުންސަލުގެ މައިގަނޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ގާނޫނު ތަންދޭ ގޮތުގެ މަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމެވެ. އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ގާއިމްކޮށްދިނުމެވެ. އަދި މީޑިއާގައި ދިވެހި މުޖުތަމައު ގަބޫލުކުރާ އެންމެމަތީ އަހުލާގީ ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ގާއިމުކޮށް ދެމެހެއްޓުމެވެ.

ކިޔުންތެރިންގެ ހިޔާލު