ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު އެތަނުގެ މުވައްޒަފުންތަކަކާއި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި ފަތުރުވެރިޔާ ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައެވެ. ނަމަވެސް އޭނާގެ މައްޗަށް ކޮށްފައިވަނީ ކޮން ޝަރުތުތަކެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި ޔޫއޭއީއަށް ފުރަން ދިޔަ އެ މީހާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް ތެރޭގައި މާރާމާރީ ހިންގާފައިވަނީ އޭނާ ގެންދިޔަ ލަގެޖް ބަރުވެގެން ފައިސާ ދައްކަން އެތަނުގެ މުވައްޒަފުން އެންގުމުން އެކަމާއި ރުޅިގަދަވެގެން ހިންގި ޒުވާބެއްގެ ތެރެއިންނެވެ.

ހަމަލާދޭ ވީޑިއޯ މީސް މީޑިއާގައި އާންމުވެފައިވާއިރު، ފުރަން ގޮސް ހުރި ބިދޭސީ މީހާ އެތަނުގައި އަޑުގަދަކޮށް މުވައްޒަފަކަށް ހަމަލާދޭތަން ފެނެއެވެ. އަދި އިތުރު މުވައްޒަފަކު އޭނާ ކޮށްޕާލުމުން އެ މުވައްޒަފަށްވެސް ހަމަލާދީފައިވެއެވެ. ދިފާއުގައި މުވައްޒަފުވެސް އޭނާ ކޮށްޕާލާތަން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނާބެ

    ދިވެއްސަކު ދިވެހިރާއްޖޭގަ މިފަދަ އަމަލެއް ކުރިނަމަ ކޯޓުން ހަމަ ވަގުތުން އެމީހަކު ދޫކޮއްލާނެބާ ؟

    60
    2
    • ހުވަދޫ އަލިބެއްޔާ

      މި ބިދޭސީންގެ ރާއްޖެ..

    • ޙައްގުބަސް

      ކޯޓެއްނޫން މިރާއްޖޭގައި ހުރީކީ! ކޮރަޕްޝަންގެ ހާއްޔެއް!

      10
    • މަހުދީ

      މިއީ ކޯޓުގައި ފުލުހުން އެދުންގޮތަށްވާނީ އެއީ ކެފްޓަން އިހުސާނަކީ އެމެރިކާގެ އެޖޭންޓެއް.

  2. ހިޔަޅު

    ސެކިއުރިޓީ ބަލަހައްޓަމުންގެންދާފަރާތަށް ރަނގަޅު ގަވާިދެއް ހެދިފައެއް ނޯވޭ މީހުން ވައިލެނޓްވާހިސާބުން..ގައިގަ އަތްލުން މަނާ..މިދެން ހަމނުޖެހޭ ކަމެއް.މިދައްކަނީ އެވްސެކް ވާހަކަ...އެމީހުންނީ ޕެސެންޖަރުން ނާއެންމެކައިރިން މަސައްކަތްކުރާ ރިސްކް އެންމެ ހައި ފަރާތް...އެމީހުންނަށް ގާނޫނީ ބާރު ދޭންޖެހޭ ކަސްޓަމް އިމިގްރޭޝަން ގޮތައް.މިކަން މިއީ ވަރަށް ގިނަ ދުވަސްވެ އެއްވެސް ގޮތަކަށް މިއަށް އަމަލީ ސިފަނުޖެހޭކަމެއް .މިކަމުގައި ސަރުކާރުން އަމަލީ ސިފަ ޖައްސަން ޖެހޭ...ޕޮލިހުން އަދި ސިފައިންގެ ތަހުްްގީގު ނުވަތަ ހޭންޑް އޯވަރ ކުރުމުގެ ކުރިން ޕެސެންޖަރ ކޮންމެވެސް ގޮތަކައް ބާރުގެ ދަށައް ގެންނަން ޖެހޭ.

    4
    0
  3. ޙސހސ

    ރަންބިސް އަޅާ ކުކުޅު

  4. ފުއާޑް

    ސިންގަޕޫރުމަމަތާ، ތި ގޮލާ ދުވަސް ދިޔައީސް.

    ބައެއްފަހަރު ރޭސިސްޓުން އުފެދެނީ މިކަހަލަ މީހުންނަށް އެހެންމީހުން އެގޮތަށް އުޅެން ހިއްވަރުދިނީމަ.

  5. އަލީ

    މައްސަލަބަލައި ފިޔަވަޅުއަޅާ! ނޫނީ ގައުމުގެ އަގުވެއްޓޭނީ!

  6. އައްމަޓީ

    މީވެސް ދިވެއްސަކު ކުރިކަމެއްނަމަ ވަގުތުން ހައްޔަރުކޮށް 3ފަހަރަށް ކޯޓު އަމުރުގެ ދަށުން ބަންދުގައި ބަހައްޓާނެ. ޤާޞީން ކިހިނެއްތަ މި ކަންކުރައްވަނީ ބޯހަލާކު

  7. ޖުއްބާ

    ހެހެހެެހ ދިވެހިންނަން ވަރިހަމަވާނެ އެމެރިކާ މީހަކު ރާއްޖެއައިސް ދިވެއްސެއްގެ ފުއްކިބަ ދުއްވާލިޔަސް. ދިވެހިން އަބަދު ތިބޭނީ ފަލަސްތީނުގަ ހިނގާ ކުޅިސަމާ ހަބަރުތައް ކިޔާލަ ކިޔާލަ، ފަލަސްތީނައް ފަންޑުފޮށި ހުޅުވާ، ފަލަސްތީނައް މަސްދަޅު ފޮނުވާ، ފަލަސްތީނު މީހުންތިބީ ކައިގެންތޯ ބޮއިގެންތޯ ބަލަބަލަ

  8. އިސްލާމް

    ޤާޟީ ނަކީ އަސްލު މިގައުމުގެ ހަލާކު! މުޅި ދުނިޔޭގެވެސް ހަލާކު.

  9. ނާޗްނޭ ވާލީ

    ދިވެއްސަކަށް ވީތީ މިއަދު ހިތާމަކުރަން. މީ ވަަރަށް ވާހަކަ

  10. ޙެހެހ

    ދިވެހިންނަކީ ކޮންއަގެއް އޮތްބައެއް ! ވަކި ފެންވަރެއްގެ ދިވެހިންނަށްތޯ އިންސާފް ލިބެންވާނީ ، ވީޑިއޯއަށް ބަލާއިރު އަހަރެންވިޔަސް އެ ބިދޭސީމީހާ ގާގަ ޖަހާވަރުވޭ ، އެފެންވަރަށް ދިޔާމަ ބޮޑުވަރު

  11. ޙެހެހ

    ކޯޓުތަކުން ކަންކަން ނިންމާއިރު ދެން މުޖުތަމައުއަށް އަންނާނެ ހަލަބޮލިކަމަކަށް ނުވިސްނާ ، ބަލަނީ ހަމައެކަނި ލިޔެފަ އޮންނަ އެއްޗަކަށްތަ