ސަރުކާރުން ހަދަން ނިންމާފައިވާ މަސްވެރިކަމާ ބެހޭ ކޮލެޖް ނުވަތަ ފިޝަރީޒް ކޮލެޖް މާލޭގައި ގާއިމު ކުރަން ނިންމުމާ ގުޅިގެން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލޭގައި މަސްވެރިކަމާއި ބެހޭ ކޮލެޖެއް ގާއިމު ކުރުމަށް ފިޝަރީޒް މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީން އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ ޔުނިވާސިޓިގެ ވައިސް ޗާންސެކަރު، ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، އެ މަސައްކަތް ފެށިފައިވާ ކަމަށާއި ކޮލެޖް ގާއިމު ކުރަނީ މާލޭގައި ކަމަށެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ނިޒާރު ވިދާޅުވީ، މަސްވެރިން ގިނަ ހުވަދޫ ނުވަތަ އެހެން އަތޮޅެއްގައި މިކަން ފެއްޓެވިނަމަ އެކަން ވެދާނީ ރަގަޅު ފާލަކަށް ކަމަށާއި އަތޮޅުތެރޭ ތިއްބެވި މަސްވެރިން ވެސް ނުވަތަ ޝައުގުވެރިވާ އެހެންބޭފުޅުން ވެސް މާލެ ގެންދަން ނުވަތަ މާލެ "ތޮއްޖައްސަން" އިތުރު ސިޔާސަތެއް އައުމަކީ ރަގަޅު ނިންމުމެއް ނޫން ކަމަށެވެ.

މިކަމާއި ބެހޭ ގޮތުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް އިއްޔެ ވިދާޅުވީ މަސްވެރިކަމާ ބެހޭ ކޮލެޖުގެ ކިޔެވުން ފަށާއިރު މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނިމުގެ އިތުރުން ޔުނިވަސިޓީގައި މިހާރު ވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ވެސް ކޮލެޖްގައި ކިޔަވައި ދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަދަދު

    މީކާކު ކަލޭރުހުނަ ނުރުހުނަސް ހެޔޮ

    3
    1
  2. ކަލޯގަޔާ

    ރަގަޅު ވާހަކައެއް...

    3
    1
  3. ތާއީދު

    ހުރިހާ ކަމެއް މާލޭގައި ކުރުމުގެ ބަދަލުގައި ރަށްރަށުގައި ކުރަންވީ. މާލެ މިހާރު އޮތީ ކަންތައް ގިނަވެގެން ބަންޑުންވެފައި. ޖާގައިގެ ދަތިކަން އެހާ ބޮޑު. ކޮލެޖެއްހިނަގަން ބޮޑު ޖާގައެއް ބޭނުންވާނެ. 12 ފޫޓް 12 ފޫޓް ތަނެއްގައި ނުހިންގޭނެ ދޮއްތޮ. ރަނގަޅަށް ހިނގާނުލެވޭ، ދުއްވައެއް ނުލެވޭ މީހުން ގިނަކަމުން. ކޔވ ކދނނށ ބނނވ ރަނގަޅު މާހަވްލެއް.

    3
    2
  4. މޭޔަރު

    ދެން މަހަށްދޭ

  5. Anonymous

    ކަލޯ ކޯޗެކޭ ތިކިޔަނީ. މަސްވެރިންނެއް ނޫން ކޮލެޖްތަކުގައި ކިޔަވަނީ.

    1
    1