ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދިމާވެފައިވާ ޓެކްސީގެ މައްސަލަ ހައްލު ކުރުމަށް، އެސަރަހައްދުގައި ޓެކްސީގެ އަގުތައް ފެންނާނެ ބޯޑުތައް ހަރުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ވީއައިއޭގެ ޓެކްސީ ކިޔުއިން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ވަކި ތަނަކަށް ދަތުރު ކުރުމާއި ނަގާ އަގު އިތުރުވާ މައްސަލައިގެ ޝަކުވާ ލިބޭ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެފަދަ މައްސަލަތައް ހައްލު ކުރުމަށް ކުރަމުން އަންނަ މަސަައްކަތުގެ ތެރެއިން މިނިސްޓްރީއާއި އެމްއޭސީއެލް ގުޅިގެން ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނެ ފަދައިން އެއާޕޯޓުގައި ބޯޑުތަކެއް ހަރުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ބޯޑުތަކުގެ އިތުރުން ވެސް ޝަކުވާ ހުށަހެޅުމަށް ކިއުއާރު ކޯޑެއް ތައްޔާރުކޮށް އާންމުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް ގިނަ ބައެއްގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި ލިބެމުން އަންނަ ޝަކުވާތަކަށް ބަލައި، އެކަމަށް ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ. އަދި ބައެއް ޝަކުވާތަކާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ޝަކުވާތަކަށް ބަލައި، ބައެއް ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައިވާއިރު، ބޭނުންވާ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުން ބައެއް ފަރާތްތަކާއި މެދު ފިޔަވަޅު އެޅިފައި ނުވާކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

މިނިސްޓްރީން ވިދާޅުވީ، އެއާޕޯޓަށް ދިމާވެފައިވާ ޓެކްސީ ކިޔުގެ މައްސަލަ ހައްލު ކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން މިހާރު އެއާޕޯޓުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުން އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙެހެހ

    ކޮންއަިރަކުންތޯ ، ރާއްޖޭގައި ދުއްވާ ލޯންޗުފެރީތަކުގެ އަގުތަކެއް ކަނޑައަޅާނީ އެވެސް ހަމަ ޓްރާންސޕޯޓްުގައި ރަޖިސްޓްރީކޮށް ވިޔަފާރި އުޞޫލުން ދަތުރުކުރާ އުޅަނދުތައް ، އަދި މިއަށް ދިވެހި އުދުހުންތައްވެސް އެޑްވާންޖެހޭ ، މިތަކެއްޗާއި އެއްގޮތަށް ޓެކްސީއަކީވެސް ހަމަ ވެރިމީހާ ގެ ފައިސާއިން ތެޔޮއަޅާގެން ދުއްވާ އެއްޗެއް ، ދުނިޔޭގެ ތެލަށް އަންނަ ބަދަލުތައް ޓެކްސީއަށް އަޅާތެލަށްވެސް އަންނާނެ ދޯ ،

    22
    9
    • ފެލި ޓެކުސި

      ެައްޔިތުން ފެލާނެ އެއްޗެކޭ ކިޔާތި ޓެކުސް ޑުރައިވަރުން

  2. އިބުރާހިމް

    އަގުތައް ފެންނަ ބޯޑު ބަހައްޓަންވީ ޓެކްސީގަ

    23
    1
    • ހލބލ

      އަގުތަށް ނޭންގިގެންތަ ތިއުޅެނީ ކައެގެ ބުރަކަށީގަ އަގުތަށް ހިއްޕަންވީ

  3. Anonymous

    ތިޔައީ ދުވަސް ކޮޅެއްގެ ކަމަކައް ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު ، ޓެކްސީއަކައް 500 ރުފިޔާ ތެޔޮ އަޅައިފިއްޔާ ، އެތެލުން ދުއްވައިގެން އެބަނަގާ 4000 މަތި.

  4. ފެލި ޓެކުސީ

    ޓެކުސީ ދަތުރުތަކުގެ އަގު ފެންނަ ބޯޑު ހުޅުމާލެ ބުރިޖާ ދެވަނަ ފޭސް ގަ ވެސް ޖަހާދެއްވާ
    ޓެކުސީ ޑުރައިވަރުން ރައްޔިތުން ފެލުން ހުއްޓުވާ!

  5. Anonymous

    މާލޭގައި ކުއްޔަށްދޭ ޢިމާރާތްތަކާއި އެޕާޓްމަންޓްތަކުގެ ކުލި ކަނޑައަޅާނީ ކޮންއިރަކުތޯ؟

  6. ވަފަންކޫބެ

    ހައްލު ކުރީ އޭ މަ ދެން އެކޮޅުކޮޅުން މުޅި އުމުރު ހިނގާނިީ އަދި ތިހެން ތިކަން ހައްލުވާނެ ނަމަ

  7. ގުދޯގުދޯ

    ކީކޭތަ ކިޔަން ތި އުޅެނީ؟ ބަލަ މީގެ ކުރިންވެސް ތިޔަބުނާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓްގަ، ޓެކްސީ ދަތުރުތަކުގެ އަގު ފެންނަ ގޮތައް ބޯޑެއް ހަރުކޮއްފަ ހުރޭ. އަދި އަގުބޮޑުކޮށް ދަތުރުކުތާ ޓެކްސީތަކުގެ ޝަކުވާ ކުރަން ނަންބަރެއްވެސް އެ ބޯޑުގަ އިނދޭ...!