މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން ޖަލްސާ ނުބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހު ޖައްސާ ފެށުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ހެނދުނު 9:30 އެކެވެ. ނަމަވެސް މިއަދު ޖަލްސާ އެ ވަގުތަށް ފެށިފައެއް ނުވެއެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މިއަދުގެ ޖަލްސާ ނުފެށި ލަސްވީ ކޯރަމް ހަމަނުވާތީ ކަމަށެވެ. 10:00 ވާއިރު ކޯރަމް ހަމަވޭތޯ ބައްލަވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަދު ހެނދުނު 10:00 ޖަހާއިރު ކޯރަމް ހަމަވޭތޯ ބެއްލެވުމަށްފަހު ކޯރަމް ހަމަނުވާނަމަ ޖަލްސާ ނިންމާލައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއަށްފަހު 11:00 ޖަހަށްދެން ކޯރަމް ހަމަވޭތޯ އިންތިޒާރުކުރެއްވުމަށްފަހު މެންބަރުން ވަޑައިނުގެނެވުމުން އަސްލަމް ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ. ޖަލްސާ ނުބާއްވަން ނިންމެވި އިރު ތަޅުމުގައި ވަޑައިގެން ތިއްބެވީ އެންމެ 10 މެންބަރުންނެވެ.

އަސްލަމް ހެނދުނު ވިދާޅުވީ ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށުނު އިރު ބައެއް މެންބަރު ބޭރުގައި ތިއްބެވި ކަމަށް ވެސް މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މެއި 15ގައެވެ. މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު މިދައުރުގެ އެންމެ ފަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 13 ވަނަ ދުހަވު ކަމަށް މަޖިލީހުގެ ރައީސް އަސްލަމް ކުރިން ވިދާޅުވެފައިވެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކޮށްފައިވާއިރު، އެ މެމްބަރުން ހުވާ ކުރުން އޮންނާނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހުސޭނުބޭ

    މުސާރަ ކުޑަކަމުން ދެކޮޅުނުޖެހޭތީ މުށިސްކޮޅެއް ބާނަން މެމްބަރުން ވަޑައިގަތީ. ބާނާ މުށިމަސްކޮޅު ވިއްކައިގެން ކޮންމެވެސް އެތިކޮޅެއް ލިބޭނެދޯ!

  2. މުޙައްމަދު

    އަދިވެސް އަމިއްލައަށް ބޮޑުކުރި މުސާރަ ކުޑަވީ ތޯއްޗެއް. ކޯރަމޭ

  3. ބުއްޅަބޭ

    މިވަރުބައެއް މި އަމިއްލަ ފުޅު މުސާރައަމިއްލަ ފޫޅަށް ބޮޑުފުޅުކުރީ ކުޑަފުޅުވެގެން. މުސާރަފުޅު ހަލާލުވާނެބާ.

  4. ޥައުދުބޮޑޭ

    މިވަރުބައެއް މި އަމިއްލަ ފުޅު މުސާރައަމިއްލަ ފޫޅަށް ބޮޑުފުޅުކުރީ ކުޑަފުޅުވެގެން. މުސާރަފުޅު ހަލާލުވާނެބާ.

  5. ރައްޔިތު މީހާ

    އަސްލަމޫ ދެން މިހާރު އަޒުލުކުރުމުގެ ކުޅިގަޑު ކިހިނެއްތޯ؟؟؟

  6. Anonymous

    އަދި މުސާރަ ބޮޑުކޮއްލަން ފެންނަނީ ، އޭރައް އެތަނައް ނުދިޔަޔަސް ލިބޭވަރު ބޮޑުވާނީ.

  7. ޢަލީ

    ލާރި ލިބޭނަމަދެން ކޮބާ މައްސަލައަކީ؟

  8. މުޙައްމަދު

    އޯކޭ މަޖިލީހައްނަޔަސް އެހެންނަމަވެސް މުސާރަކޮޅުން 1 ލާރި މަދުވިޔަސް ކޯޓައްދާނެ.

  9. ހަސަނުގ

    ސަޅި. ގަނޑި ނުޖެހޭނެ. ނުދާ ލާރި އެއް ނުކެނޑޭނެ. ދާނެ ކަމެއްނެތް. މުސާރަ ދާނެ އެކަންޓަށް ބަރާބަރަށް. އަދި 100 މެމްބަރުން އިތުރު ކޮއްލަން ފެންނަނީ. ބޮޑު ތަނެއް ހަދާފަ.

  10. އަހައްމަދޫ

    ކުޅޭ ކުޅޭ ތަނެއް އުތަ. މުސާރައިން އެންމެ ލާރިއެއްވެސް ކެނޑެނީޔެއް ނޫންވިއްޔަ. ދެން ތިބެންވީނު ނިދަން

  11. ބަރުގޮނު

    މަޖްލިސް ގެ ތަޅުމަށް ޙާޒިރުނުވެ ކުޑަ ދަށުގައި ތިއްބެވިޔަސް ބަރާބަރަށް މުސާރަ ލިބޭނަމަ އެގޮތްވެސް ހަމަ ރަގަޅު.

  12. ބޮލިފ

    ރައީސްކަން ލިބުނު ފަހުން އަސްލަމްވެސް ހާޒިރުވަނީ.
    ޢެހެން ނޫނީ ހާޒިޜީ އެއްމެ ފުލުގައި އޮންނަ މީހާ ތިއީ.

  13. އަހުމަދު ލަތީފް

    މުސާރަ ބަރާބަރައްލިބެންޖާ އޯކޭ ނުދިޔަސްއޯކޭވާނެ

  14. ނަސީރު..

    ދެން ކަލޭނޭ އަޒުލުކުރުންގަނޑު ކިހިނެއް މިވަނީ...

    10
  15. އިއްބަ

    ނަމުަަގަ ރަށްޔިތުންގެ ޚާދިމުންނޯ ނުޖެހޭ
    ދައުރު ނިމުނީމަ ރަށްޔަތުންގެ
    ލާރިން މުސާރަދޭކަށް އެމީހުން ހޮވުނަސް
    ނުހޮވުނަސް ގެއްލޭނެ އެއްވެސް
    އެއްޗެއްނެތް
    ސަރުކާރުން އެބަޖެހޭ މިކަންހުއްޓުވަން
    ވަރަށް ސަލާމް