ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށްގެންދާތީ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ބެލެވެނީ ހުޅުމާލޭގެ ބޯގަންވިލާމަގު އަދި އަސުރުމާ ހިނގުން ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 15:00 އަށް ކަމަށެވެ.

ސްޓެލްކޯގެ މަސައްކަތްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނައިރު، ބައެއް ފަހަރު މަދުން ނަމަވެސް އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލައެވެ. އެހެން ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ކަރަންޓް ފޯރުކޮށްދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ސްޓެލްކޯއިން މާއާފަށް އެދޭއިރު، މަސައްކަތެއް ފެށުމުގެ ކުރިން އެކުންފުނިން އަބަދުވެސް ރައްޔިތުންނަށް އެކަން އަންގައެވެ.