ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް ކަމަށް އައްޔަން ކުރެއްވި ހަމްދީ އަގީލާއެކު ބޯޑަށް އައްޔަންކުރި ފަސް މެމްބަރުންނަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީން ރުހުންދީފިއެވެ.

ޕީސީބީއަށް އައްޔަނުކުރި މެންބަރުން:

  • ޕީސީބީގެ ރައީސަކަށް: ހަމްދީ އަގީލް
  • އިކޮނޮމިކްސް ދާއިރާއިން: ހަސަން ޒަރީރު
  • އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިން: އަހުމަދު މުޝްތާގު
  • ބޭންކިންގެ ދާއިރާއިން: ލީނާ އަބްދުލް ޖަލީލް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: މޫސާ ފަތުހީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީސީބީ ބޯޑަށް އިތުރު މެންބަރަކު އައްޔަން ކުރެއްވިއިރު، އެ ބޯޑުގެ ކޯރަމް ހަމަނުވެގެން ނުހިނގާތާ އެތައް ދުވަހެއް ވެއްޖެއެވެ.