ފަލަސްތީން މިނިވަން ކުރުމަށް ޔޫކޭއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ދިވެހިންގެ ބަޔަކު ރޭ މުޒާހަރާކޮށްފިއެވެ.

ހުޅުމާލޭ ބީޗު މަގުގައި ހުންނަ އެ ގެކޮޅު ކައިރީގައި ބަޔަކު ވަނީ ރޭ އެއްވެ ޔޫކޭ ސަރުކާރުން އިސްރާއީލަށް ވާގިވެރިވާތީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި ފަލަސްތީނު މިނިވަން ކުރުމަށާއި ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓާލުމަށް ވެސް ގޮވާލާފައިވެއެވެ.

އެ ފަރާތްތަކުން އެ ސަރަހައްދަށް އެއްވެ ތިބީ ފަލަސްތީނުގެ ދިދައާއި އެކި ޕޯސްޓަރުތައް ހިފައިގެނެވެ. އަދި އަޑުގަ ކުރާއިން އެ ފަރާތްތަކުގެ ޝުއޫރުތައް ފާޅުކުރަމުން ދިޔައެވެ.

އިނގެރޭސިވިލާތުން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކަށް ވަނީ ބީރު ކަންފަތެއް ދީފައެވެ. އަދި އެ ގައުމުން ދަނީ އިސްރާއީލަށް ބޭނުންވާ ހަތިޔާރުތައް ފޯރުކޮށްދެމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް، މިމަހުގެ 7 ވަނަ ދުވަހު ނިރުބަވެރިން ވަނީ ޣައްޒާގެ ދެކުނުން އޮންނަ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ ރަފާހަށް ވަދެގަނެފައެވެ.

ރަފާހަށް ވަދެގަނެ، ވަރުގަދަ ހަމަލާތަކެއް އެސަރަހައްދުގައި ދެމުން އަންނައިރު، މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވެ، އެތައް ބަޔަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހނހ

    ތިއީ ސިޔާސީ ގޮތުން ކުރާ ކަމެއް. ތިއީކީ ފަލަސްތީނައް އެއްވެސް ބަދަލެއް އަންނާނެ ކަމެއް ނޫން. އެމީހުންގެ ގައުމު މީހުންގެ އަޑު ނާހާ ބަޔަކު އެހެން ގައުމެއްގެ މީހުންގެ އަޑު ނާހާނެ

    11
    14
  2. ޢާދަމް

    ޙނހ އަށް ބުނެލަން އޮތީ އަޑު ނޭހިއަސް އަޑުއިއްވޭނެއޭ.

  3. ބިންސަލްމާން

    ސައުދީ މީހުން ކައިރި މުޒާހަރާ ނުކުރަނީ ކީއްވެބާ؟