މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މި މައްސަލައިގައި ހޯދަން އިއުލާން ކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު 1817، ހުސައިން ޖަޒްލާން (28އ) އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ޖަޒްލާން ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އެހެންކަމުން، މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އަށް ހުޅުމާލޭ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    އެޑްރެސް ކ.މާލެ ކަމަށް ޖެހީމަ މާލޭމީހުންނަށް ވެސް ހުތުރު! އެކަމަކު ދަފްތަރ ވީމާ އެއީ ރާއްޖޭގެ ކޮންމެވެސް ސަރަހައްދަކަށް ނިސްބަތްވާ ރެފިއުޖީއެއްކަމަށް ތުހުމަތުކުރެވޭ!

    13
    6
    • ރާއްޖެމީހާ

      ރާއްޖެ މީހުންނަވެސް ހުތުރުނޫންތޯ.

      13
      2