ފާއިތުވެދިޔަ ފަސް އަހަރު ތެރޭ ރަށްރަށުން މާލެއަށް 4،500 އެއްހާ ދަރިވަރުން މާލެއަށް ކިޔެވުން ބަދަލުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރަށްރަށުގެ ކިޔެވުން ރަނގަޅު ނުވުމުންނާއި، އަދި ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ކޮންމެ އަހަަރުވެސް މާލެ އަށް ކިޔަވަން ބަދަލުވާ ދަރިވަރިންގެ އަދަދުތައް ގިނައެވެ.

އިއްޔެ ތައުލީމާ ބެހޭ ވުޒާރާއިން ވަނީ އާއްމު ކުރި ތަފާސްހިސާބުތަކުގައިވާގޮތުން 2020/2021 ގައި 480 ދަރިވަރަކު ވަނީ މާލެ އަށް ކިޔަވަން ބަދަލުކޮށްފައެވެ. 2021/2022 ގައި 716 ދަރިވަރަކު މާލެ ބަދަލު ކުރިއިރު، 2022/2023 ގައި 780 ދަރިވަރަކު މާލެ އަށް ކިޔެވުން ބަދަލު ކޮށްފައި ވެއެވެ. އަދި 2023/2024ގައި 1،500 ދަރަވަރަކު ބަދަލުވިއިރު، މި އަހަރު 967 ދަރިވަރަކު ބަދަލު ކުރަން ފޯމް ހުށަހަޅާފައި ވެއެވެ.

އެހެންކަމުން އެކު ޖުުމްލަ 4،434 ދަރިވަރަކު މާލެ ސްކޫލް ތަކަށް ބަދަލު ކޮށްފައި ވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަތޮޅު ތެރެއިން މާލެ ސަރަހައްދުގެ ސްކޫލްތަކަށް މިފަހަރު ބަދަލުވުމަށް ފޯމް ހުށަަޅާފައިވާ ގްރޭޑްތަކަށް ބަލާއިރު

  • އެލްކޭޖީ - 68 ފޯމް
  • ޔޫކޭޖީ - 30 ފޯމް
  • ގްރޭޑް 1 - 171 ފޯމް
  • ގްރޭޑް 2 - 81 ފޯމް
  • ގްރޭޑް 3 - 92 ފޯމް
  • ގްރޭޑް 4 - 69 ފޯމް
  • ގްރޭޑް 5 - 96 ފޯމް
  • ގްރޭޑް 6 - 87 ފޯމް
  • ގްރޭޑް 7 - 87 ފޯމް
  • ގްރޭޑް 8 - 103 ފޯމް
  • ގްރޭޑް 9 - 55 ފޯމް
  • ގްރޭޑް 10 - 28 ފޯމް

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޓީޗަރުންނަށް ސްކޫލްތައް ބަންދުވެ، މަސް ދުވަހަށް ވުރެ ބޮޑު ޗުއްޓީއަކަށް ދިޔައީ އޭޕްރިލް 30 ވަނަ ދުވަހުއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުްން ދެން ފެށެނީ މެއި 26ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދުންފިނި

    ރަށްރަށުގެ ތަޢުލީމު ދަށްނަމަ ގަދަ ދިހައެއްގައި ކުދިން ހިމެނޭބާ؟ މާލެއިން ލިބޭ މޮޅިތި ވަސީލަތްތައް ނެތި އަތޮޅު ތަކުގެ ކުދިން ވަނަތައް ކިހިލި ޖަހާލައިގެން އެތިބަ އަންނަނީ