ވިލިމާލޭގެ އިމާރާތްތައް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތް ހަދައިފިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެވެ.

"ރައްޔިތުން ބޭނުންވަނީ ގެދޮރު ޢިމާރާތް ކުރުމުގައި 10 ބުރިއާ ހަމައަށް ވިލިމާލޭގައި ޢިމާރާތް ކުރެވެން. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން. ދެން މަޖިލީހުން އެކަން ކޮށްދޭނެ ކަމަށް މި ބަލަނީ،" ރައީސް ޑރ. މުއިއްޒު މީގެ ހަތަރު މަސް ކުރިން ވިދާޅުވިއެވެ.

މިއަދު ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުނު އާ ގަވާއިދުގައި ބުނެފައި ވަނީ، ވިލިނގިލި އަވަށުގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ފިޔަވައި އެހެނިހެން ބޭނުމަށް ހަދާ އިމާރާތްތައް ހެދޭނެ އެންމެ އުސްމިނަކީ 10 ބުރިއަށް ކަމަށެވެ. އަދި މިފަދަ އެއްވެސް ޢިމާރާތެއްގެ އުސްމިން 30.48 މީޓަރު ނުވަތަ 100 ފޫޓަށްވުރެ އުސްވެގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މިގޮތަށް 10 ބުރިޔާ ހަމަޔަށް ހެދޭނީ، އިމާރާތް ހަދާ ގޯތީގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަ ނޫންނަމަ ކަަމަށްވެސް ބުނެފައިވާއިރު، ބިމުގެ އޭރިޔާ 185.806 މީޓަރު ނުވަތަ 2000 އަކަފޫޓަށްވުރެ ކުޑަނަމަ އިމާރާތް ކުރެވޭނ،ީ 6 ބުރިއަށް ކަމަށްވެސް ބުނެފައި ވެއެވެ. އެއީ 18.5 މީޓަރު ނުވަތަ 54.134 ފޫޓަށްވުރެ އުސްނުވާ ވަރަށް ކަމަށްވެސް ބުނެފައި ވެއެެވެ.

އެ އުސޫލުގައި ބުނެފައި ވަނީ އު އުސޫޅުގައިވާ އުސްމިނަށްވުރެ މައްޗަށް އިމާރާތުގެ ސިޑިގޮޅިއާއި ލިފްޓް މެޝިންރޫމް ހިޔާކުރާބައި ހެދިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    މިއި ވިލިމާލެ އަށް އުފަވެރި ހަބަރެއް ނުން ވިލިމާލެގެ އާމު ގޯތީ ގެ ބޮޑު މިނަކީ 1500 އަކަފޫޓް. އިންޑަސް ޓްރިއަލް ބިން ތަކަށް އޯކޭ