އިންޑިއާ ސިފައިންގެ ފަހު ބެޗް ރާއްޖެއިން ފައިބައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް ފުރިކަން ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު ވަނީ "ވަގުތު" އަށް މިއަދު ކަށަވަރުކޮށްދެއްވާފައެވެ.

ހަލީލު ވިދާޅުވީ އެކަމުގެ ތަފްސީލު ސަރުކާރުން ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު މެޗު މިހާރު އަނބުރާ ގައުމަށް އައިސްފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓްކުރަން މަދަނީ މީހުން ރާއްޖެ ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާގެ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެ އިން ފޭބީ މާޗް މަހުގެ ކުރީކޮޅު އެވެ. އަދި ދެވަނަ ބެޗް ފޭބީ މިދިޔަ މަހުގެ ކުރީކޮޅުއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ބާއްވާ ހައިލެވެލް ކޯރ ގްރޫޕްގެ ބައްދަލުވުންތަކެއް ވެސް މިކަމާއި ގުޅޭގޮތުން މީގެކުރިން ބޭއްވިއެވެ. ދެ ގައުމުގެ ވާހަކަތަކަށް ފަހު އެއްބަސްވީ ރާއްޖޭގައި އޮޕަރޭޓު ކުރާ އިންޑިއާ އުޅަނދުތަކަށް ސިފައިންގެ ބަދަލުގައި މަދަނީ މީހުން ލުމަށެވެ.

މީގެ އިތުރުން ހައިލެވެލް ކޯރ ގްރޫޕްގެ ފަސްވަނަ ބައްދަލުވުން ޖޫން/ޖުލައި މަސް ތެރޭގައި މާލޭގައި ބޭއްވުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާ އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ.

ރައީސް އިއުލާން ކުރެއްވި 100 ދުވަހުގެ ޕްލޭންގައި ވެސް އިންޑިއާ ސިފައިން ފޮނުވާލުން ހިމެނޭ އިރު، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި ރާއްޖޭގައި 88 އިންޑިއާ ސިފައިން ތިއްބެވެ.

ބަލި މީހުން އުފުލުމާއި އިންސާނީ އެހީ ފޯރުކޮށްދޭ އުޅަނދުތަކުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް މީގެ ކުރިން އިންޑިއާ ސަރުކާރުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    ؟

    • ދިވެހި

      ޔުނީފޯރމް ބާލާފައި ގަންޖުފަރާސް ލައިގެން އަޔަސް ސިފައިން ވާނީ ސިފައިންނަށް. މިަދުވެސް މިކަމުގައި އަޑި ނޭގޭ ޑީލްތަކެއް ވާކަމަށް މަގޭ ހިއްބުނޭ. އިންޑިޔާގެ ރާޑަރުތަށް ނުނަގާ އެވާހަކަވެސް ނުދައްކާ، ހެލްކޮޕްޓަރު ނުގެންގޮސް ސިވިލް މީހުން ގެނައުން. ޑޯނިޔާވެސް ސިފައިންނާ ހަވާލުނުކޮށް އިންޑިޔާ ގަންޖްފަރާސް ފައުޖުން ދުއްވުން މިހުންނަނީ ވިސްނައިފިބަޔަކަށް އިބްރަތް ލިބޭކަހަލަ ދެކޮޅުނުޖެހޭ ކަންކަން. ވިސްނާށޭ ޤައުމް.

  2. Anonymous

    ކޮބާ ފޮޓޯ؟

    3
    1
  3. ވަތަނީ

    އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ރާއްޖެ ހޯދި ކާމިޔާބެކެވެ އަދި ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަ ކަމަށް ލިބުނު ކުރިއެރުމެކެވެ މޑޕ އިން ރާވާފައި އޮތީ
    ރާއްޖޭގެ އަމަން ބެލެހެއްޓުމަށް ބޭރުގެ ސިފައިންގެންނާށެވެ
    ރާއްޖޭގެ ޑިފެންސް މިނިސްޓްރީ އާއި ފުލުހުންގެ މުއައްސަސާ އުވާލުމަށްފަހު އިންޑިއާގެ އަތްމައްޗަށް ރާއްޖެ
    ދޫކޮށްލުމަށެވެ މިފަދަ ފިކުރެއް އުފަންކުރި ބަޔަކު ގައުމަށް
    ޣައްދާރުވާނެ މިންވަރު އަންދާޒާވެސް ނުކުރެވޭނެއެވެ.

    21
    1
  4. ހިުދުހުދު

    އިންޑީޔާއަށް ސާބަހާއި އައްސަރިބަސް... ތިގޮތަށް ބަސްއަހައިގެން އުޅޭނަމަ މަވެސް އިންނަންވެސް ބޭނުންވަނީ އިންޑީއާމީހަކާ... ހަމަ ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ ނިޔަތުގަވެސްމެ....

    10
  5. ާނުވޭސް

    މިހާރު ޒަމީރު ހުރީ އިންޑިއާގައި އިތުރަށް ގުލުން ރަނގަޅުކުރަން

    • ވިލް

      ތިބުނީ ޒަމީރު އަންނާނީ އިންޑިއާއިން މީހަކާ އިނދެގެންނޭތަ؟

  6. އިންޑިއާ

    ސޯ، ޓޯޓަލް ހައުމަޗް؟

    3
    0
  7. ޔޫޕެ

    ޝާާބަހޭ ރައިސް މުއިޒު ހީރޯއެއްތީީީީީ ތީރައިސް އަކީ

    20
    6
  8. ނަޒީރު

    ޢެއުޅޭ ދޮގުދޮލަނގު ޞާހިދު ޖަލްސާއެއްގަބުނި ރާއްޖެއަކުނެތޭ އިންޑިއާ ސިފައިންނެއް ކޮބާހޭ ކޮންތާކުހޭތިބީ ރައްޔިތުން ހިތުގަބިރުވެރިކަން އުފައްދަނީއޭ އެހެންވީއިރު ގުރޫޕުގުރޫޕައް މިފާއިބަނީ މީއީކޮން ބައެއްބާ

  9. ާއެނޮނީމިއަސް އަށް

    ފޮޓޯ ތިޔޮތީ ސޫތަކަށް ފައިބާފަ އެއްނުން.

  10. ނުރަބެ

    ޗޯރަށް ހަލާކުހުރި ޗޯރަކީ ނުކިޔަވާހުރި ގަމާރެއް އެހެންވެ ގައުމުގަ އިންޑިއާ ސިފައިން ބޭތިއްބީ އޭނައަކަށް ނޭނގެ އެއީ ކިހާވަރެއްގެ ކަމެއްކަން ދެންވެސް ނުކިޔަވާހުރި މީހަކަށް މިގައުމުގެ ވެރިކަން ރަށްޔަތުން ހަވާލު ނުކުރަމާތޯއެވެ އެމްޑީޕީގެ ސުންޕާ ރައީސްގެ ސުންޕާކަމުން މިގައުމު ސަލާމަތުގެ އަށްސޭރިއަށް ގެނައުމަށް މެދުވެރި ކުރެއްވި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޝުކުރުކުރަން އަދި އެއަށްފަހު ރައީސް ޑޮކުޓަރ މުއިއްޒުއަށް އަށްސަރިބަހާ ސާބަސް ރާއްޖޭގެ ކަންކޮޅުތަކުގެ ރަށްޔަތުންގެ ފަރާތުން އަރުވަން.

  11. ނުރަބެ

    ޗޯރަށް ހަލާކުހުރި ޗޯރަކީ ނުކިޔަވާހުރި ގަމާރެއް އެހެންވެ ގައުމުގަ އިންޑިއާ ސިފައިން ބޭތިއްބީ އޭނައަކަށް ނޭނގެ އެއީ ކިހާވަރެއްގެ ކަމެއްކަން ދެންވެސް ނުކިޔަވާހުރި މީހަކަށް މިގައުމުގެ ވެރިކަން ރަށްޔަތުން ހަވާލު ނުކުރަމާތޯއެވެ އެމްޑީޕީގެ ސުންޕާ ރައީސްގެ ސުންޕާކަމުން މިގައުމު ސަލާމަތުގެ އަށްސޭރިއަށް ގެނައުމަށް މެދުވެރި ކުރެއްވި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޝުކުރުކުރަން އަދި އެއަށްފަހު ރައީސް ޑޮކުޓަރ މުއިއްޒުއަށް އަށްސަރިބަހާ ސާބަސް ރާއްޖޭގެ ކަންކޮޅުތަކުގެ ރަށްޔަތުންގެ ފަރާތުން އަރުވަން ތިޔައީ ޒައީމެ އަދު ގައުމު ފަހުރުވެރިވާ .

  12. ދޮގުދަނޑި

    ނުފައިބައޭ

  13. ފިރިހެނާ

    ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި ބޯޓުތަކެއް ނޫންކަން މިހާރު ވަރަށް ސާފު. ޤައުމެއްގެ އަސްކަރީ ބޯޓު ދުއްވަން އެހެން ޤައުމަކުން މަދަނީ މީހުން އަންނަނީ ކީއްވެ؟

  14. މަރީ

    އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު ނޭނގޭ ބަޔަކަށް ހުރިހާ ސިފައިން ފޭބިކަން އެނގޭނީ ކިހިނެތް؟

  15. ވަތަނީ

    ވަގުތު ނޫހުން ސަރުކާރުގެ ޜިޝްވަތު ކައިގެން ތި ޖައްސާ ކުލައެއް މަށަކަށް ނުކުރެވޭ ޤަބޫލެއް. މިރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ހަދައި ތި އަޅުވާ ނަމަކީ އާއްމު ދިވެހީންގެ ކަންބޮޑުވުިމެއް އޮތް ކަމެއް ނޫން . އެއީ މިލިޓަރީ ބޭނުމަކު އިންޑިއާ ސިފައިން މިރާއްޖޭގައި ނުއުޅޭތީ .