ހުޅުމާލޭން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ބިން ގަތުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

އެޗްޑީސީން އާންމުކުރި އިއުލާނެއްގައި ވަނީ ހުޅުމާލޭން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ބީޗްސައިޑުން 13 ބިމެއް ބިޑް ޕޯޓަލް މެދުވެރިކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ބިންތަކުގެ ބޮޑުމިނުގައި ހުންނާނީ 1864-2408 އަކަފޫޓު ކަމަށް އެ އިއުލާނުގައިވެއެވެ.

ބީލަން ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމަނާފައި ވަނީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައި ވުމެވެ.

ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވާ މަރުހަލާތަކަކީ ޕޯޓަލް މެދުވެރިކޮށް ޝައުރުވެރިލައްވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމާއި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ އެ ބިމަކަށް ބިޑް ކުރުމެވެ.

އެޗްޑީސީން ބުނީ ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި ހުށަހަޅާނީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެހެންވެ، ޕޯޓަލްގައި ރަޖިސްޓަރީކޮށް މިއަދުން ފެށިގެން ބީލަށް ހުށަހެޅޭނެ ކަމަށެވެ.

އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516އިން ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިކި ކިރު

    ބޮޑު ވެގެންވާ ޖަރީމާ ތަކެކޯ މިއީ! މި ވެރިން ވެރިކަމުން ފައިބާ އިރު ރާއްޖޭގައި ނުވިއްކާ ހުސް ފަސްކޮ ލެއްވެސް ނޯންނާނެޔޯ ރަށު ތެރޭގައި ކިޔާ.

  2. ބިން

    ފުލެޓޗެސް ބިންވެސް މުއްސަދީންނާ