ހުޅުމާލޭގައި ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި އަށް މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކަމަށެވެ.
މި އޮޕަރޭޝަނުގައި 8 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 7 ފިރިހެނުންނާއި އަންހެނަކު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި އެންމެންނަކީ ވެސް ދިވެހިންނެވެ.
އެމީހުން ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކުރި ނަމަވެސް ހައްޔަރު ކޮށްފައިވަނީ ކޮންތަނަކުން ކަމަށާއި އެމީހުންގެ އަތުން ފެނިފައިވާ މަސްތުވާތަކެތީގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ތިހާވަރަށް ފުލުހުން މީހުން ހައްޔަރު ކުރިޔަސް ތިޔަ މަދެއް ނުވޭދޯ ވަނީ ގިނަ ... ފޯރި ހުންނަ ކަމެއް.....މީދަލަށް ބޭސް ލާހެން މާލެ ތެރެއަށްވީ ވިހަ ބޭސް ލާންވީ ބޮއެގެން މަރުވީމަ ކޮންމެސް ވަރެއް ވާނެ ކަމަށް މި ބަލަނީ
ހައްޔަރު ކުރި މީހުންގެ ލިސްޓް އާއްމުކޮށްލާތި ، އެއީ ޚަބަރުގެ ލިޔުމުގެ ބޭނުން