ގައުމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބޭއްވުމަށް ނިންމާފައިވާ "އުފާ" ކުޑަކުދިންގެ ހަވީރު މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނީ މި ފެސްޓިވަލުގައި ބައިވެރިވާ ކުޑަކުދިން ގުރުއަތުގައި ބައިވެރިވެ ވަރަށް ޚާއްސަ އިނާމުތަކެއް ލިބުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

އުފާ ފެސްޓިވަލް ކުރިއަށްދާނީ 10 އަދި 11 މެއިގައި ދެ ސެޝަނަކަށް ބަހާލެވިގެން، ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނީ މި ދެ ދުވަހު ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައާ ކަމަށާއި އެގޮތުން ތަފާތު ގޭމް ސްޓޯލްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ރޮބޮމޭންގެ ހަރަކާތްތައް ހުކުރު ދުވަހުގެ ހަވީރު ފެށިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ބައުންސިންގް ކާސަލް އަދި ތަފާތު މެސްކޮޓްތަކުގެ އިތުރުން، ރީޑިންގެ ވިތް މިސް ޔޫލީ ކިޔާ ހަރަކާތެއްވެސް ހުކުރު ދުވަހު ކުރިއަށް ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި އެމް.އެން.ޑީ.އެފްގެ ފަޔަރ ޓްރަކް، އެމް.ޓީ.ސީ.ސީ ބަސް އަދި އެމް.ޕީ.އެލް. ރީޗް ސްޓެކަރ އަށް އަރާލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުންޏެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން އެ ވުޒާރާއިން ކުޑަކުދިންގެ ހަވީރެއް ބާއްވާއިރު، މިދުވަހާއި ގުޅިގެން މިއަދު ސްޓެލްކޯއިން އިންތިޒާމު ކޮށްގެން ވެސް ހަރާކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ސްޓެލްކޯއިން ބުނީ، އެކުންފުނީގެ މާލޭ އިންޖީނުގެ ދައްކާލައި އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރި ކުރުވުމަށް މަޢުލޫމާތުދީ، ފަންނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުޞަތާއި ހަދިޔާ ބެހުމާއިއެކު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ހަރަކާތެއް މި ކުންފުނީގެ ހެޑް އޮފީހުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހަރަކާތް ކުރިއަށް ދާނީ މިއަދު 8:00 ން 10:00 ށް އަދި ހަވީރު 16:00 ން 18:00 އަށް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އދ ޔޫއެންޑީޕީ ޔުނިސެފް ވޯލްޑު ބޭންކް މިއީ ރީތި ނަންނަމުގައި އިސްލާމް ދީނާއި ހަނގުރާމަކޮށް މުސްލިމުންގެ ބިންތަކަށް ޔަހޫދީން ވެރިވެގަތުމަށް ޔަހޫދީން ފަންޑުކޮށްގެން ހިންގާ ޓެރެރިސްޓް މާފެޔާ އޮގަނައިޒޭޝަން ތަކެއް ! މިމީހުންގެ ހުރިހާ ހަރަކާތެއް މުސްލިމުން ބޮއިކޮޓް ކުރަންވީ !

  2. ޙެހެހ

    ހުރިހާ ވާހަކައެއް ލިޔުނު އިރުވެސް މި އިވެންޓް އޮތްތަނެއް ޖަހާލަން ނޭނގުނުތޯ

  3. މަ

    އޮތް ތަނުގެ ވާހަކަ އެއް ނެތް

  4. ޥާވާ

    މި ހަރަކާއްތައް ކުރިޔައް ދަނީ ކޮން ތަނަކުކަމެއް މި ކިޔާ ކޮޅުންލީ އިރުވެސް ނޭގުނު

  5. ސަކޫރުބޭ ލަވްލީ އުފާއްތަ

    އުފާ ކާނިވަލެއް މުހިއްމެއް ނޫން، ދިނަށް ފުއްސާކުރި ޗަ އުފާ އަށްގަންނަ ހޭވޭނު ހައްޔައްރު ކޮށްގެން ގެނެސް ހަވަރަށް ނުދެވުނު 5 އަހަރު ދައުރެއް ނިންމޭލީ، އުފާ ފަހުމީ ގެނެސް ހައްޔަރު ކޮށްދީ، އޭ ގައްދާއެއް
    ގުއިތަފާލުގޭ ދަދިން ދަޅޭބަލޭ