މޮރޮކޯއިން ދޭ ސްކޯލާޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހާމަކުރި ގޮތުގައި މޮރޮކޯއިން ދޭ ސްކޯލާޝިޕުގެ ދަށުން 20 ކުދިންނަށް ފުރުސަތު ލިބިގެންދާނެއެވެ. "މޮރޮކޮން ސްކޮލަޝިޕް" ސްކީމްގައި ޕީއެޗްޑީ އާއި މާސްޓާސް އަދި ބެޗެލާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލާފައެވެ.

މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހު ހެދުނު 10:00 އާ ހަމައަށް އޮންނާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ސްކޮލަޝިޕްތަކަށް މައި އެޑިއު ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. އަދި ސްކޮލަޝިޕްތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ސްކޮލަޝިޕް ސްކީމްގެ ދަށުން ކޯސް ފީ ހިލޭ ހަމަޖެހިފައިވަ ކަމަށާއި ކޯސް ދޭ ފަރާތުން ކޮންމެ މަހަކު ދަރިވަރުންނަށް 750 ދިރްހަމް (1،158.26ރ.) ދޭނެ ކަމަށެވެ.

މި ސްކޯލާޝިޕްތަކާއި ގުޅޭ އިތުރު މައުލޫމާތު http://mohe.gov.mv އިން ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު