ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލަައްވައިފިއެވެ.

ވަޒީރު ޒަމީރް އިންޑިއާއަށް ފުރާވަޑައިގެންނެވީ މެއި އަށް ވަނަ ދުވަހެވެ.

މި ދަތުރުފުޅުގައި ވަޒީރު ޒަމީރް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ދަތުފުޅުގެ ތެރެއިން ވަޒީރު ޒަމީރް އިންޑިއާގައި ހުންނަ ހައިކޮމިޝަނަށް ވަޑައިގެންނެވިއިރު، އެތަނުގެ މުވައްޒަފުންނާއި ބައްދަލު ކުރެއްވިއެވެ. އަދި ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާއިވެސް ވަޒީރު ވަނީ ބައްދަލު ކުރައްވާފައެވެ.

މީގެ އިތުރުން ވަޒީރު ވަނީ އިންޑިޔާގެ މީޑިއާތަކާ ބައްދަކޮށް، ރާއްޖެއާއި އިންޑިޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކުރިއަށް އޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މައުލުމާތު ދެއްވާފައެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްވެރިޔަކު އިންޑިއާއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަރުފުޅެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން އިންޑިއާ ރާއްޖެ ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ. އަދި މި ސަރުކާރުން ޗައިނާއެކު ގާތް ގުޅުމެއް ބަދަހިކުރާ ކަމުގެ އަޑު ވަނީ ފެތުރިފައެވެ.

އެހެންނަމަވެސް ސަރުކާރުން ބުނަމުންދިޔައީ ހުރިހާ ގައުމުތަކާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި އެއްވެސް ގައުމެއް ތަފާތު ނުކުރާނެ ކަމަށެވެ.

އިންޑިއާ އާ ގުޅުން ހީނަރުވެފައިވާ ކަމުގެ އަޑުތައް ގަދަވެފައިވާއިރު، އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮތް އިންޑިއާ ސިފައިން ރާއްޖެ ތިބޭ މައްސަލައަށް ހައްލު ހޯދުމަށް ބޮޑެތި މަޝްވަރާތަކެއް ވަނީ ކޮށްފައެވެ. މިގޮތުން މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ވަނީ ބާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު