މަސްތުވާތަކެއްޗާއެކު ގދ. ވާދޫން ހައްޔަރު ކުރި އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކު ބަންދާއި މެދު ގޮތެއް ނިންމުމަށް އެރަށު ކޯޓަށް ހަޒިރު ކުރުމުން ޝަަރުތުތައް ކުރުމަށްފަހު ދޫކޮށްލަފައިވާ ކަމަށް މިރޭ ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި އެ މީހާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލާ ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ވާދޫ ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތައް ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.