ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ޓްރާންސްފަރ ސްޓޭޝަންތަކުން ގޭޓު ފީގެ ގޮތުގައި ނަގަމުން އައި 150 ރުފިޔާ ނުނަގާގޮތަށް އެ ކުންފުނިން ނިންމައިފިއެވެ.

ވެމްކޯއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފުރަމާލެ ސަރަހައްދުގައި މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ގޭޓުތަކަށް ނަގާ ފީ ކަނޑާލަން ނިންމާފައިވާ ކަމަށެވެ.

  • ވެމްކޯ އިން ބުނީ ޓްރާންސްފަރ ސްޓޭޝަންތަކަށް ވަންނަ ކޮންމެ އުޅަނދަކުން ނަގަމުން އަންނަ 150 ރުފިޔާގެ ގޭޓްފީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ނެގުން ހުއްޓާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، ޓިޕިން ފީގެ ގޮތުގައި ކުނި ޓަނަކަށް ނަގަމުން އަންނަ ފީވެސް އެކުންފުނިން ވަނީ ކުޑަކޮށްފައެވެ. އެގޮތުން، އާންމު ފަރާތްތަކާއި، ކުދި ވިޔަފާރިތަކާއި، ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ހިދުމަތް ފޯރިކޮށްދޭ ފަރާތްތަކުން ޓްރާންސްފަރ ސްޓޭޝަންތަކަށް ގެންނަ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ 750 ރުފިޔާއިން 500 ރުފިޔާ އަށް ވަނީ ކުޑަކޮށްފައެވެ.

  • މީގެ އިތުރުން، މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފަރ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް (ވެއި ބްރިޖް) ގާއިމުކުރެވެންދެން، މާލެ ޓްރާންސްފަރ ސްޓޭޝަންގައި ބަރުދަން ރިއާޔަތްކޮށް އަގު ނެގުންވެސް ހުއްޓާލާފައިވާ ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާދީއަލީ

    އަސްލު ކޮންމެވެސް ރީޒަނަބަލް ފީއެއް ނެގިޔަސް ރަނގަޅު. ރަނގަޅު ބަދަލެއް. އެހެން މިބުނީ ބައެއް ގޭގެއިން ސޯފާއެއް އެއްލާލަފާނެ 1 ފަހަރު އެއް އަހަރު ތެރޭ. ހުރިހާ އެންމެނަށް އެއް ވަރެއް ނުނަގާ ތަންކޮޅެއް ކެޓެގަރީތައް ގިނަކޮށްލަން ވީ އެކި އަގުގަ. ޕްރިރެޖިސްޓަރ ކޮށްގެން އޮންލައިކޮށް އުކާނީ އާންމުކުނި. މަހަކު 1 ފުރުސަތު ލޯކޯސްޓް ކޮށް ގެޔަކަށް ލިބޭ ކަހަލަ ގޮތަކަށް.

  2. Anonymous

    ކުންފުނިތަކުންވެސް އެކި ނަންނަމުގައި ވައްކަން ކުރުމާއި، ރައްޔިތުންގެ ޖީބު ލޫޓުވުން ހުއްޓާލި ކަމައްޓަކައި ޝުކުރު ދަންނަވަން !