ވެމްކޯ މުވައްޒަފުން މާލޭގެ ގެއެއްގެ ދޮރުމަތީގައި ކުނިކޮތަޅުތައް ބެހެއްޓީ ކުނި އަޅާ ބޮޑު ޑަސްބިން ފުރިންގެން ކަމަށާއި ފަހުން އެ ކޮތަޅުތައް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެތެރެ ސާފުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ ވެމްކޯގެ މުވައްޒަފަކު ގެއެއްގެ ދޮރުމައްޗަށް ކުނި ކޮތަޅެއް އެއްލާފައި ދާ މަންޒަރު ދައްކުވައިދޭ ވިޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. މި ވީޑިއޯ އާންމުކޮށްފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝިދު (ބޮންޑެ)އެވެ. މި ވީޑިއޯ އާންމު ކުރަމުން ބޮންޑެ ވިދާޅުވީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ވެމްކޯ މުވައްޒަފަކު މާފަންނު ޖަވާހިރު މަގު އައިލެކްސް ދޮރު މަތީގައި ކުނި ބަހައްޓާފައި ދިޔަ ކަމަށެވެ.
ރޭގެ ވަގުތެއްގައި މާފަންނު ޖަވާހިރުމަގު އައިލެކްސް ދޮރުމަތީގައި ކުނިބަހައްޓާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް .@MaleCitymv @WAMCOmv @PoliceMv @adamazim pic.twitter.com/0d5IALZmsR
— Ibrahim Rasheed (@BondeM4) April 25, 2024
މި ވީޑިއޯއިން ފެނިގެންދަނީ ކޮންމެ ރެޔަކުވެސް އާދަވެގެން ކުނި ނަގަން ބޮޑު ޑަސްބިން ހިފައިގެން އައި މީހުން ކުނި އަޅާފައި ހުރި 5 ކޮތަޅު އެގޭގެ ކުރިމަތީ ބާއްވާފައި އޮތް ޕެލެޓެއްގެ މަތީގައި ބަހައްޓާފައި ހަމައެކަނި ފުޅިތައް ނަގައިގެން ދާ މަންޒަރެވެ.
މި ކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިިލްގެ މީޑިއާ ކޯޑިނޭޓަރު އައިމިނަތު ޝަތުފާ "ވަގުތު" އަށް ވިދާޅުވީ ވެމްކޯ މުވައްޒަފުން މަގުމަތިން ކުނި ނަގަމުން ދިޔައިރު ކުނި އަޅަން ގެންގުޅޭ ބޮޑު ޑަސްބިން ފުރިގެން ކުނި ކޮތަޅުތައް ޕެލެޓް މަތީ ބެހެއްޓި ކަމަށާއި ބޮޑު ޑަސްބިންގަ ހުރި ކުނި ޕިކަޕަށް އެޅުމަށްފަހު އެ ކުނި ކޮތަޅުތައް ނަގަން ވެމްކޯ މުވައްޒަފުން އަނބުރާ ދިޔަ ކަމަށެވެ. އަދި އެ ކުނި ކޮތަޅުތައް އެވަގުތު ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ މައުލޫމާތުދީފައެވެ.
"އަސްލު އެއީ ހަނި ގޯޅިއެއް ވީމަ ޕިކަޕް އޮތީ ތަންކޮޅެއް ދުރުގައި. ވެމްކޯ މީހުން ގެންގުޅުނު ބޮޑު ޑަސްބިންވެސް ފުރިފައި ހުރީ. އެހެންވެ ކުނި ކޮތަޅުތައް ބަހައްޓާފައި ފުޅިތައް އަތުން ހިފައިގެން ދިޔައީ. އެމީހުން އަނބުރާ އައިސް އެ ކުނި ނެގި ކަމަށްވަނީ. ވީޑިޔޯގެ އެއްބައި އާންމުކޮށްފައި އެވަނީ." ޝަތުފާ ވިދާޅުވިއެވެ.
ހަނި ގޯޅިތަކަށް ޕިކަޕް ނުވަންނާތީ ދުރުގައި ޕިކަޕް ބާއްވައިގެން ވެމްކޯ މުވައްޒަފުން ދަނީ ކުނި ކޮތަޅުތައް ނަގާ ބޮޑު ޑަސްބިނަށް އަޅަމުންނެވެ. ޑަސްބިން ފުރުމުން ގެންގޮސް ޕިކަޕަށް ކުނި އަޅާފައި އަނެއްކާވެސް އެނބުރި ކުނި ނަގަން އެ މުވައްޒަފުން އަންނާނެއެވެ.
އެއްބަޔަކު އަބަދުވެސް އުޅޭނެ ފިތުނަ އުފައްދަން...
މަގު މަތިން ކުނި ނަގާ މުއަޒްފުން ވީމަތަ " އެމީންނޭ" ތިބުނީ، ރެސްޕެކްޓް ކުރަން ވާނެ
ވަރަށް މުޑުދާރު މަގުތައް އަދިވެސް އެބަހުރި އެއްގޮތަކަށްވެސް ސާފުނުކުރާ މިދިޔަ ރޯދަމަހުއްސުރެ އަދި އޭގެ ކުރިންވެސް.އެ މަގުތަކުގެ ގޭގޭގެ މީހުން ނިކުމެ އެ ސާފުތާހިރު ކުރަންވާނެ ދޯ. އެމަގުތަކުން ހިނގާލަން ނުކެރޭ ދުވާ ވަހުން. ސްކޫލް ކުދިންނާ ކުޑަކުދިންނާ ދުވަސްވީ މީހުން އަދި އެކި އެކި ބަލިތައް ތަޙައްމަލްކުރާ މީހުންނަށް އެކަމުން އުދަގޫތަކާ ކުރިމަތިލާން ޖެހިދާނެ.
މި ބޮންޑާ މިއުޅެނީ ގޮނޑި ގެއްލުނީމަ ހަޖަމު ނުވެގެން.
ދެންފެންނާނެ ވަރަށް ގިނަތަންތަން.. މިވީހުރިހާދުވަހު ލޯމަރައިގެންތަ ހިނގާއުޅުނީ..