ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ހުސް ސަރަހައްދަކަށް ބަދަލު ކުރުމަށް ހައުސިން ޑޮވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީިސީ) އިން އަންގައިފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގެ ދެވަނަ ވަނަ ފިޔަވީގެ ރުއްގަނޑު ތިނެއްގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި މި މަހުގެ 31 ވަނަ ދުވަހުގެ ގެ ނިޔަލަށް، އެ ކޯޕަރޭޝަންގެ އިރުޝާދުގެ ދަށުން، ބިމުގެ އިމުގެ ތެރެއިން ހުސްކޮށް އޮތް ސަރަހައްދަށް ބަދަކުލުރަން އަންގާފައިވާނެ ކަމަށެވެ.

އެ ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ބަދަލުކުރަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓްތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށެވެ. އެޗްޑީސީއިން ބުނީ އެ ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި، ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން، އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި އެ ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށް ބުންޏެވެ.

އެޗްޑީސީއިން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިތުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ހަދާފައިވާ ހަޓްތައް ނަގައި އެސަރަހައްދު ތަރައްގީކުރަނީ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަށު މުދިންކަލޭފާނު

    ރާއްޖޭގަ މިހާރަކައް އައިސް ކަންކަމުގަ އެއްވެސް ކޮލެޓީއެއް ތާހިރުފާހިރު ކަމެއް ނެތި ބިދޭސީ ބޮންދުންގެ އައްމައްޗައް ދޫކޮއްލާފަ ހޭވެސް ބަލާނުލާ. ދިވެހިންނައް ކިހިނެއް ވީތޯ؟ މާދަންވެސް ފަލަސްތީނު ބިމުގަ އެބައިމީހުން ނިކަމެތިވީ ގޮތައް ނޫންތޯ ދިވެހިންނައް ވާނީ؟ ދުވަހުން ދުވަހައް ބިދޭސީން މި ރާއްޖޭގެ ހިންގަމުންދާ ޖަރީމާތައް ދަނީ އިންތިހާޔައް ގިނަވަމުން. ސަރުކާރު ކުންފުނި ތައްވެސް މައިތިރި ނުވެ ބިދޭންނައް ވަޒީފާއައް އެބަގެނޭ.