އިންޑިއާގައި މި އަހަރު ތަމްރީންކުރާ ދިވެހިންގެ އަދަދު 300 އަށް އިތުރުކޮށްފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ އެ ގައުމުން ދިވެހިންނަށް ހިންގާ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމަށް ފާއިދުވެދިޔަ އަހަރުގައި ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން މި އަހަރު ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 200 އިން 300 އަށް އިތުރު ކުރާ ކަމަށެވެ.

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން، އައިޓީއީސީގެ ތަމްރީން ޕްރޮގްރާމްތަކަކީ ހުރިހާ ހަރަދެއް ދޭ ގޮތަށް ކުރިއަށްގެންދާ ޓްރައިނިން ޕްރޮގްރާމްތަކެކެވެ. އައިޓީއީސީގެ ޕްރޮގްރާމްތަކަކީ ނަތީޖާއަށް ބިނާކޮށްފައިވާ ޕްރޮގްރާމްތަކެކެވެ. އެންމެ ރަނގަޅު ގޮތުގައި މުއައްސަސާތައް ހިންގާ ބެލެހެއްޓުމުގެ ގާބިލުކަން ތަރައްގީ ކޮށްދޭން އެ ޕްރޮގްރާމުތަކުގައި ސަމާލުކަން ދެއެވެ.

އެ ޕްރޮގްރާމްތަކުގައި އިންޑިއާ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާއިރު އެހެން ގައުމުތަކުގެ ބައިވެރިންނާ މުއާމަލާތްކޮށް ތަޖުރިބާ ހިއްސާ ކުރުމުގެ ފުރުސަތު ހޯދައިދެއެވެ. މި ޕްރޮގްރާމްތަކުގެ ބައިވެރިންނަށް މާލީ ބުރައެއް ނޯވެއެވެ.

އައިޓީއީސީއަކީ އިންޑިއާ ސަރުކާރުގެ ހާއްސަ އިސްނެގުމެކެވެ. ބޭނުމަކީ ރަހުމަތްތެރި ގައުމުތަކުގެ ކެޕޭސިޓީ ބިލްޑިން އަދި ޓްރެއިނިން މަސައްކަތްތަކަށް އެހީތެރިވެ ދިނުމެވެ. އެ ޕްރޮގްރާމްގައި ރާއްޖެ ހިމެނި ފުރަތަމަ އަހަރު އިންޑިއާއިން 50 ސްލޮޓް ދިނެވެ. ނަމަވެސް ދާއިރާގެ އެއްބާރުލުން ހަރުދަނާ ކުރުމުގެ މުހިންމުކަން ދެ ގައުމުން ދެނެގަނެ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް ދޭ އައިޓީއީސީގެ ސްލޮޓްގެ އަދަދު އަހަރަކު 200 އަށް އިތުރު ކުރިއެވެ. އަދި މިހާރު ވަނީ ސްލޮޓްތަކުގެ އަދަދު 300 އަށް އިތުރުކޮށްފައެވެ.

އިންޑިއާއިން 2019 ވަނަ އަހަރު އައިޓީއީސީ ޕްރޮގްރާމް ފެށިފަހުން މިހާތަނަށް 3200 ދިވެހިން ވަނީ އެކި ޕްރޮގްރާމްތަކުގައި ތަމްރީން ފުރިހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 13ވގ

    މިސަރުކާރުން އިންޑިޔާ ގެ ބޭނުމެއް ނޯންނާނެ ތުރުކީ ޗައިނާ އޯކޭ

  2. އަބްދޫ

    އިންޑިޔަ ގެ ހިލޭ އެހީގަ ހިންގާ ތަމްރީނު ކޯސްތަކުގެތެރޭގަ ހިމެނޭ ގިނަ ކޯސްތަަކަކީ ކޮމަންވެލްތު ފަންޑިންއިން ހިންގާ ކޯސްތަކަކަށް ވެދާނެ. ހަމގައިމުވެސް މައުމޫނުގެ 30 އަހރުތެރޭ ރާއްޖެއިން އިންޑިޔާ އަށް ދާ ތަމްރީނު ކުދިން ދަނީ ކޮމަންވެލްތުގެ ފަންޑިން އިން.އޭރު އިނޑިޔާ އިންދޭނީ ކޯހުން ނުވަތަ ތަމަރީނު މަރުކަޒުން ޖާގަ އެޖާގަ އަށް ފޮނުވާ ކުދިންނަށް ފަނޑް ހޯދަން ކޮމަންވެލްތަށް ލިއުނީމަ ކޯސް ނުވަތަ ޓްރޭނިން ހިންގާ ފަރާތަށް ފަނޑް ޖަމާކޮށްދޭނެ.ވީމާ މި ތަމްރީނުތަކަކީވެސް ކޮމަންވެލްތުގެ އެހީގެ ދަށުން ހިންގާ ތަންރީން ތަކަށް ވުން ގާތް.އެމީހުން ރާއްޖޭގެ ނަމުގަ ވެސް މިކަން ކޮށްފާނެ.އެއީ ކޮމަންވެލްތުން ވަކިވެފަ އޮތް ދުވަސްކޮޅެއްވެސް ދިޔަ ވިއްޔަ.

    • މުރަކަ

      ތީރުން ކޮމަންވެލްތުން ފަންޑު ކޮޅެއް ހޯދައިގެން ތަމުރީން ތައް ޖައްސަ ބަލަ ، އިންޑިއާ އައުޓް