މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ މަރަދޫ ފޭދޫ، ޓިއުލިޕްމާ ގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން ސިފައިން އެހީވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، މިއަދު 11:59 ހާއިރު އެ ރަށު "ޓިއުލިޕްމާ" ގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން އެ ފުރާޅު މަގުމަތިން އެއްފަރާތްކުރުމުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުން ފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ.

އަދި ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވަނީ ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކޮށް އައްޑޫ އާއި ފުވައްމުލައް ސިޓީއަށް އޮރެންޖް އިންޒާރު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ރަނުގަޅު ކޮލައްވާ މަގުމައްޗަށް ނޫން ފުރާޅު އެއްފަރާތަށް ކަހާލީ

  2. Anonymous

    ތިހެންވާތީއޭ މި ބުނަނީ އައްޑޫ ރައްޔިތުންގެ ގެދޮރު ކޮންކްރީޓުން އަޅާށޭ، ދަނޑި ފަނުން ނާޅާށޭ.

  3. ނިކަމެތި ރާއްޖެތެރެ މީހާ

    ސަރުކާރުން އެހީއެއްނުވާނެ. އައްޑޫ ރައްޔިތެއްނު. އެވެސް މާލޭ މީހެއްގެ ގެއެއް ނަމަ. އެހީވެސް ލިބޭނެ.