މިރޭ ވެސް އުތުރާއި މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް ރާއްޖޭގެ ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެެވެ.

މާދަމާ ހެނދުނު 6:00 އަށް މެޓްއިން މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު، މެދު ރާއްޖޭގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

އަދި ދެކުނުގެ އަތޮޅުތަކުގައި ހުނޅަގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މެޓުން ލަފާ ކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ކަނޑުތައް އާންމު ގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި ރާޅުގެ އުސްމިނުގައި 7-10 ފޫޓް ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު