މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގެ ބައެއް މަގުތައް ބަންދުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި، މާފަންނު ސްޓޭޑިއަމްގައި ހަރުކޮށްފައިހުރި ފެންސުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ރައްކާތެރިކަމުގެ ގޮތުން ބައެއް މަގުތައް ބަންދު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބަންދުކުރީ އަމީނީމަގުގެ ދެކުނުފަޅިން ހިލާލީ މަގުން ފެށިގެން މާފަތްތަކުރުފާނު މަގާ ހަމައަށެވެ.