ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހުމަދު ޒުހޫރު މިއަދު ވަކިކޮށްފިއެވެ.

ޒުހޫރު އެ މަގާމުން ވަކިކުރި ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ. އެކަމަކު، ޒުހޫރު އެ މަގާމުން ވަކި ކުރީ ކީއްވެ ކަމެއް އަދި ސާފެއް ނޫނެވެ.

ޒުހޫރު އެ މަގާމަށް ޕީސީބީން އައްޔަން ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޒުހޫރު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވައިފައެވެ. އޭގެ އިތުރުން އޭނާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމާއި ޔޫތު މިނިސްޓަރުކަމާއި ހޯމް މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.

އޭނާ ވަނީ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމް ވެސް ފުރުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ނެތްތަ ބާމަގާމުގަނޑެއް!

    19
    4
  2. ހަންޑިބޭ

    ހާދަ ވަރުގަދަ ވިއްސާރަ އެކޭމިކުރަނީ މިގަދައިގަ ހާދަ އެއްޗިއްސެކޭ ބިމާހަމަ މިވަނީ

    39
    1
  3. މާޟި

    6 މަހުން 6 މަހުން ބަދަލު ކުރާ ގޮތައް ދޯ

    15
  4. ކީއްކުރާނީ

    އެމް،ޑީ،ޕީ އިން ވިކިވެގެން ދިޔަ މެންބަރުންނަށް ވަޒީފާ ދޭންވެގެން ކުރާކަމެއްތީ!

    11
    1
  5. ވަޒީފާގެ ފެންވަރު ފެންނާނެ6މަނުން.ސޯ ކަޑއިންޔާ ޗޭންޖް

    އިބޫ ހެދިހެން ބަލަދު އަރާތީ ނޫނީ ސިޔާސީ ކެމްޕޭން ކޮއްދިން ނުކިޔަވާތިބި އެކްޓިވިސްޓުން 5އ ވަންދެން ދައުލަތުގެ ލާރީގަ ތިކަރަންޓް ޚަރަދު ބޮޑުކުރަން ބައިތިއްބައިގެން ހުރީ.ނަތީޖާ ނުދެއްކި އާންމު ރައްޔިތުންގެ ހާލުގަ މި ކަނެކްޝަންސްއޮތް މީހުންގެ އާއިލާ އެކަނި ފުދިގެން އުޅުނީ. އެންމެން ކާރާ ލޯންޗާ ގަނެ ވިޔަފޭިފަށާފަތިބީ. އަމިއްލަ ލާރިން ގެދޮރު ގަނެވޭ މުއްސަނދިންގެ އަތުން އާ ގޯތި ތައްނަގާފަ ދަތި ހާލުގަ އުޅޭމޟހުންނާ ގޯތިދީ ނިންމާލާފަ.ނަތީޖާކުރީކޮޅު ދައްކަންފަށާ.ވަގުތު ކުޑަތަން ވަނީ. މޑޕ ކޮޅުބަދަލު ކުރާ ޖާސޫސުން ނުވައްދާތަންތަނަށް މިހާރުވެސް ފަޅަފަޅައިގެންދާވަރު ކުރަން ރެޑީގަ އެތިބެނީ.އަންނިގެ ފަނިފަކްސާގެވެސް ބާރުގަދަވާނެ.މަތިފަޑި އަދިވެސް ލުއިކުރޭ.ބޮޑެތި ކޮންމެ މަގާމެއްގަ އެކަކު ބަހައްޓާ.ގަޓުރައީސް ކުރިޔަށް.ދެން މިފްކޯތަންތާ ތިބި ތައި ކުދިން ދިވެހިންނަށް ބަދަލުކޮއްލަދީ.ބޭރުއައުޓް ދިވެހިން އިން

    7
    1