ރާއްޖޭގައި އާޓް ސްކޫލެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިއަދު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްވާޑު ވިދާޅުވީ މި ސްކޫލްގައި ނޫސްވެރިން ތަމްރީނު ކުރުމާއި ވީޑިއޯ އެޑިޓް ކުރުމާއި ކެމެރާ ކުރުމާއި ފިލްމު ކުޅުމާއި އަދިވެސް އެކިއެކި ހުނަރުތައް ތަރައްގީކޮށް ތަމްރީނު ކުރެވޭނެ ކަމަށެވެ.

އަދި މިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ވެސް މަޝްވަރާ ކުރައްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގައި ހިމެނޭނެ ޖާނަލިޒަމް، އެކްޓިން، އެޑިޓް ކުރުުން، މި ހުރިހާ ކަމެެއް ހިމެނޭނެ މީގެ އިތުރުންވެސް ކުރެހުމާއި ފަންނުވެރި ކަމާއި، އެކަހަލަ ވަރަށް ގިނަ ކަންކަން ހިމެނޭނެ" އަސްވާޑު ވިދާޅުވިއެވެ.

"ރަނގަޅު ފެންވަރުގެ އާޓް ސްކޫލެއް އިރާދު ކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭފުޅުންނާއި ހަމަޔަށް ގެނެސްދޭނަން"

އަސްވާޑް ވިދާޅުވި ގޮތުގައި ރާއްޖެ އަށް އާޓް ސްކޫލެއްގެ ބޭނުން ވަރަށް ބޮޑެވެ. އަދި މިކަމުގެ ކަރުދާސްތައް އެކުލަވާލުމުގެ މަސައްކަތް ޓެކްނިކަލް ބޭފުޅުން ކުރިއަށް ގެންދަވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ރައީސްގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެއް އެއީ ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއްގެ ގޮތްޕެއް އެންމެ ކުޑަމިނުން ހުންނަން ޖެހޭ ކަމަށް. އެ މަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން ރާއްޖޭގައި އާޓްސް ކުރިއެރުވުމަށްޓަކައި ރަނގަޅު ފެންވަރުގެ އާޓް ސްކޫލެއް ބައިނަލަގުވާމީ ފެންވަރު ގަބޫޅުކުރާ އާޓް ސްކޫލެއް އަޅުގަނޑުމެން ރާއްޖޭގައި ގާއިމު ކުރާނަން" އަސްވާޑް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު