ޒަކާތާ ބެހޭ ހާއްސަ އޮންލައިން ލައިބްރަރީއެއް ގާއިމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވި ގޮތުގައި މިއީ ފާއިތުވީ ހަ މަސް ދުވަހު އެ މިނިސްޓްރީން ކުރި މަަސައްކަތުގެ ފޮނި ނަތީޖާއެވެ. މިކަމުގެ ސަބަބުން މިހާރު އޮންލައިންކޮށް ވަރަށް ގިނަ މައުލޫމާތު ދެނެގަނެވޭނެ ކަމަށާއި ޒަކާތާ ބެހޭ ހުރިހާ ފޮތެއް މި ލައިބްރަރީގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ޒަކާތާ ގުޅުންހުރި ލީފްލެޓްތަކާއި އިތުރު މައުލޫމާތުތައް ވެސް އޮންލައިންކޮށް ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ އޯޑިއޯ ފޮތްތައްވެސް މިހާރު ތައްޔާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތައް އޯޑިއޯ ފޮތްތައް އޮންލައިން ލައިބްރަރީއަށް ލުމުން ލޯފަން މީހުންނަށްވެސް އެ ފޮތްތައް ކިޔަން ފަސޭހަ ވާނެ ކަމަށް އިސްލާމިކް އޭނާ ވިދާޅުވިއެވެ.

މުދަލުގެ ޒަކާތާއި ފިތުރު ޒަކާތް އަދި ސަދަގާތާއި ބެހޭ ގޮތުން ގިނަ މައުލޫމާތު މި ލައިބްރަރީއިން ލިބިގެންދާއިރު ކިޔަވާ ކުދިންނަށްވެސް މިއީ ވަރަށް ބޭނުންތެރި ވެބްސައިޓަކަށް ވެގެންދާނެއެވެ.

މި ލައިބްރަރީން ޒަކާތާ ބެހޭ ފޮތްތައް ޑައުންލޯޑުވެސް ކުރެވޭނެއެވެ.

މިއީ ޒަކާތް ހައުސްއިން މިދިޔަ 6 މަސްދުވަހު ކުރި މަސައްކަތުން ރައްޔިތުންނަށް ފޯރުކޮށްދެވުނު ބޭނުންތެރި ޚިދުމަތެކެވެ.

ޒަކާތު ހައުސަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތާއި ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމުގެ ބޭނުމުގައި އިސްލާމިކް މިނިސްޓްރީގެ ދަށުން އުފައްދާފައިވާ އިދާރާއެކެވެ.

މި އިދާރާ އުފެއްދެވީ މިދިޔަ ޑިސެމްބަރު 18 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ...

    ޒަކާތް ދައްކަން ވަރަށް ފަސޭހަ އެވެ...އެކަމަކު ޒަކާތް ހައްގުވެރިޔާއަށް އެ ލިބުން އެއީ ވަރަށް ދަތި އުނދަގޫކަމެކެވެ...
    ޒަކާތް ނަގާ ބަހާތާ އެތައް އަހަރެއް ވެއްޖެ އެވެ.އެކަމަކު ޒަކާތުގެ ހަގީގީ މަގުސަދު ނިކަމެތިން ފުދުންތެރިކުރުވުން އެއްވެސް ވަރަކަށް ހާސިލް ނުވާއިރު ޒަކާތު ފަންޑުގައި ބާކީ ފައިސާ އެއްވެސް ނުހުރެ އެވެ..
    އާންމު ދިރިއުޅުމުގެ އެހީއަކަށް އެދިގެން ދިޔަ ކިތަންމެ ނިކަމެތިންނެއް ނުދީ ފޮނުވާލާދަ އެބަ ހުއްޓެވެ...
    ޒަކާތުގެ ފައިސާ އަކީ އެ ބަހާނެ ގޮތް ދީނުގައި ކަނޑައެޅިފައިވާ އެއްޗަކަށް ވާ އިރު، އެ ހައްގުވާ މީހާ އެ ހޯދަން ދިއުމުން ނުދީ ފޮނުވާލެވޭނެ އެއްވެސް ހައްގެއް އެކަކަށްވެސް ނޯންނާނެ ނޫންތޯ އެވެ...
    ނިކަމެތިންނަށް ފުދުންތެރިވުމަށް އެހީ ނުވެވޭ އިރު ޒަކާތް ނެގުމަށް މިހާ ވަރު ދައްކާ ސަބަބަކާމެދު ސުވާލު އުފެދެ އެވެ...

    4
    1